އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން ނަން ނޯޓު ކުރުމުގެ ފުރުސަތު މި މަހު ހުޅުވާލަނީ
އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ” ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު” ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ މި އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވަނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަމަށް ވިދާޅު...