ޑްރަގް މައްސަލައެއްގައި ތައިލެންޑުގައި ހައްޔަރުކޮށްފައި ހުރި ދިވެއްސަކު ނިޔާވެއްޖެ
މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނަކު ނިޔާވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އިބްރާހީމް ނަބީހު ނަސީމް (22އ) އެވެ. ފުލުހުން ބުނި ގޮތުގައި، ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓާ ނަބީހު ނިޔާވިކަމުގެ މަޢުލޫމާތު އެ އިދާރާއަށް ވަނީ ލިބިފައެވެ. އިބްރާހީމް ނަބީހު ނަސީމް ތައިލެންޑުން ހައްޔަރުކޮށްފައިވަނީ 22 ފެބުރުވަރީ 2024 ގައެވެ. އޭނާ ހަ...