މެދުއިރުމަތީގެ ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ދަނީ ބަލަމުން
މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅާނެކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނެފި އެވެ. ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭން ބޭރުގައި ތިބި ދިވެހި ދަރިވަރުންގެ ހާލުބަލައި، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި...