ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވައި، އެއީ ސިޓީއެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށެވެ. “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށު...
މުޙައްމަދު އަފްރާޙް
ތަރައްގީ ކުރުމަށްފަހު ގައުމީ ދާރުލްއާސާރު އާންމުންނަށް ހުޅުވާލައިފިއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވިދާޅުވީ މިއަދުން ފެށިގެން ގައުމީ ދާރުލްއާސާރު އާންމުންނަށް ހުޅުވައިލާފައިވާ ކަމަށާއި އެތަން ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:15 އިން މެންދުރުފަހު 15:30 އަށް ކަމަށެވެ. ދާރުލްއާސާރު ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ހިދުމަތް ގާއިމްކުރުމަށް ކުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގްރާންޓް އެހީއާއި ދައުލަތާއި އަދި ހެރިޓޭޖް ޓްރަސްޓް ފަންޑުން ހަރ...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފާދިއްޕޮޅު ނައިފަރާއި ހިންނަވަރުގެ ދެމެދުގައިވާ ފަޅުތައް ބްރިޖަކުން ގުޅާލައި، އެ ދެރަށުގެ ބިން ހިއްކައި، އެ ސަރަހައްދު ބޮޑު ސިޓީއަކަށް ހަދައި ދެއްވާނެކަަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖޭޕީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅުގައި ނައިފަރަށް ވަޑައިގެން އެރަށުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުުންނާއި އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހ...
މުޙައްމަދު އަފްރާޙް
ރ. އިނގުރައިދުއާއި މ. ކޮޅުފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުންތަަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިގެ ޖެނެރަލް މެނޭޖަރު ހަސަން ސައީދުއެވެ. އިނގުރައިދޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން 56.4 މިލިއަން ރުފިޔާ އަށެވެ. މި […]
އަޙްމަދު ވަހީދު
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އަނެއްކާ ވެސް އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން ވަނީ މީގެ ދެމަސްކުރިން ވެސް ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާއިރު، މި މ...
އިބްރާހިމް ޚަލީލް
ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ބޮޑުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން ރާއްޖޭގައި ފައިސާ އިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،151،90 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟަކަށް ވާއިރު، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި […]
މުޙައްމަދު އަފްރާޙް
މ. މުލަކު ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން 44،500 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުން ކުރުމާއި 23،100 ކިއުބިކް […]
އަޙްމަދު ވަހީދު
ޝަރުއީ ދާއިރާ މިނިވަންކަމާއެކު ހިންގުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ)ގެ އެކުލެވޭ ގޮތް ބަދަލު ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޝަރުއީ ދައިރާ މިނިވަންކަމާއެކު ހިންގުމަކީ ދައުލަތަށް ވަރަށް މުހިންމު ކަމެއްކަމަށާއި، އެގޮތުން އެ މިނިވަންކަން ދިނުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވޭ ގޮތް ބަދަލު ކުރައްވާނެކަމަށެވެ. އަދި ޖޭއެއްސީން ސިޔާސީ މީހުން މަދުކޮ...
އިސްމާއިލް މޫސާ
ގޮތް ދޫކުރުމަށްފަހު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަހަތްޕުޅަށް އެރުމަށް ގާސިމް އެޑްވައިޒާރ އަދި ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން މި ސަރުކާރަށް ގޮވާލައްވައިފިއެވެ. އޭނާ މިފަދައިން ގޮވާލެއްވީ ރިޔާސީ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ނިހާން ވިދާޅުވީ މިސަރުކާރުގައި ނޫނީ ރައްޔިތުންގެ މަޖިލީސް ސަރުކާރަކަށް ލިބިފައި ނުވާ ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު ދެވަނަ ދައުރެއް ރައްޔިތުން ދޭން އެމްޑީޕީން ބުނ...
މުޙައްމަދު އަފްރާޙް
މ. މުލި އަދި އަދި ނާލާފުށި ގުޅުވާލުމަަށް ބޭނުންވާ ކޯޒްވޭ ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީވެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން މުއްޔާއި ނާލާފުށި ގުޅާލުމަށް 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެއެވެ. އަދި […]
އަޙްމަދު ވަހީދު
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަލް ޝަބާބް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު އަލް ނަސްރުން ކާމިޔާބު ކޮށްފިއެވެ. ލީގުގައި އަލް ނަސްރުން މިހާތަނަށް ވަނީ ހަތަރު މެޗު ކުޅެފައެވެ. ފުރަތަމަ ދެ މެޗުން އެ ޓީމް ބަލިވި ނަމަވެސް ފަހު ދެ މެޗު ވަނީ ތަފާތު ބޮޑުކޮށް ކާމިޔާބު ކޮށް ޕޮއިންޓް ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަލް ނަސްރަށް ހަތަރު މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. މިވަގުތު އެއްވަނާގައި އޮތީ އަލް […]
އިބްރާހިމް ޚަލީލް
އަންނަ މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އުތުރުގެ އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފަށައިފިއެވެ. އީސީން މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އުތުރުގެ އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި އުތުރުގެ އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް އީސީން ފެށިއިރު، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތ...
ޔުމްނާ ޢަލީ
ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަނި ދަންތުރަ އިން ގައުމު ސަލާމަތްކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ މީގެ 10 ވަރަކަށް ދުވަސް ފަހުން، އަންނަ އިންތިހާބުގައި ރައްޔިތުންނަށް އޮތް ދެ ޗޮއިސްއަކީ ނަތީޖާ ނެރެދެވޭނެ ބަޔަކާ ހަވާލު ކުރުން ނުވަތަ ނަތީޖާ ނުނެރެވުނު ބަޔަކާ ވެރިކަން ހަވާލު ކުރުން ކަމަށެވެ. މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި […]
މުޙައްމަދު
ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ގައުމުތަކަށް ފޮނުވާ ސިޓީ، ދައްކަން ރައްޔިތުން އެދިއްޖެނަމަ، އެކަން ކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ބ. އޭދަފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ ކޮންމެ ގައުމެއްގެ ވެރިއަކަށް ފޮނުވި ސިޓީއެއް ދައްކަން ރައްޔިތުން އެދިއްޖެ ނަމަ ވަގުތުން ނޫހުގައި ޖަހައިދޭނެ ކަމަށެވެ. މި ސަރުކާރުން ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށ...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވާ މެމްބަރުން އަލުން އެ ޕާޓީ އާ ގުޅެނީ އެއްވެސް ފަރާތަކަށް ފައިސާގެ މުއާމަލާތެއް ކޮށްގެން ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގައި އުފެދުނު ހިޔާލް ތަފާތުވުންތަކަށްފަހު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުންނާއި ބައެއް އެހެން މެމްބަރުން އެ ޕާޓީން ވަކިވުމަށްފަހު، އަލުން އެމްޑީޕީ އާ ގުޅެނީ ރިޝްވަތުދީގެން ކަމަށް ދެކެ...
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ” ދެން ތިދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތަ؟ އަހަރެމެން ދެމީހުންގެ ދެމެދަށް ތިންވަނަ މީހަކު ވައްދަން ނޫޅެއްޗޭ! އެވިސްނުން ވިސްނާހެން އަހަންނަށް އެބަ ހީވޭ! ވަރަށް ސާފުކޮށް މި ބުނަނީ… ތިއީ ބޭކާރު ޚިޔާލެއް! އަހަރެން ބޭނުންވަނީ ޔަޝްމީ! ހަމައެކަނި ޔަޝްމީ! އަހަންނަށް އެވަރުން ހުރިހާ އުފަލެއް ލިބުނީ ކަމުގައި ބަލާ! ދެން އަހަރެންގާތު ތިކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން މަސައްކަތް ނުކުރައްޗޭ!” ހާރޫން ތަންކޮޅެއް ބާރަށް އެހެން ބުނެލުމަށްފަހު ޔަޝްމީގެ އަތުގައި ފިރުމާލިއެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެވެ. 76 މިލިއަން އެމެރިކާ ޑޮލަރަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 30 މަސްދުވަސް ތެރޭގައި ނިންމާގޮތަށެވެ. އެ ދެ ރަށުގައި ވެސް އެޅުމަށް ނިންމާފައިވަނީ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެކެވެ. ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރ...
މުޙައްމަދު އަފްރާޙް
އަދުލްއިންސާފަށް ފިލައިގެން އުޅޭ، މ. ހަނީސަކްލް ޙުސައިން ޝިފާޢު ހޯދުމަށް، އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ. އޭނާ އަކީ މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގާއި އެނގިހުރެ ސައްހަނޫން ލިޔުން ދިނުމާއި މިބާވަތުގެ ތަފާތު 23 ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލިފައިވާ މީހެކެވެ. އުމުރުން 37 އަހަރުގެ ޝިފާއު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ އިތުރު މީހަކާއި ބައިވެރިވެގެން އިކޮނޮމިކް މިނިސްތްރީަގައި ރަޖިސްޓްރީކޮށްފައިވާ “ކިންގްޑަމް އޮފް ފުރުޓްސް” މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މ...
މުޙައްމަދު އަފްރާޙް