އަންނަ މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އުތުރުގެ އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފަށައިފިއެވެ.
އީސީން މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އުތުރުގެ އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އުތުރުގެ އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް އީސީން ފެށިއިރު، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމް އީސީން މިހާރު ދަނީ ހިންގަމުންނެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އަށް ހަމަވެފައިވާއިރު މި އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އާއި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް މާލޭ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމާއި، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް އާއި ދަ ޑިމޮކްރަޓިކްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި މިނިވަން ކެންޑިޑޭޓުން ގޮތުގައި ކުރިމަތިލައްވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ހަސަން ޒަމީލް ހިމެނިވަޑައިގަންނަވައެވެ.
މި އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ނަގާނީ ސެޕްޓެމްބަރު 30 ގައެވެ.
މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!