ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އަނެއްކާ ވެސް އިޢުލާން ކޮށްފިއެވެ.
އެ ކައުންސިލުން ވަނީ މީގެ ދެމަސްކުރިން ވެސް ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައެވެ.
މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާއިރު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފްކުރަން ބޭނުންވާނަމަ އެ އިދާރާއަށް މެއިލް ކުރެއްވުމަށް ނުވަތަ އެ އިދާރަގެ ފޯން ނަމްބަރަށް (6527192،6527182) އަންނަ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ގުޅައިގެން ކުރިއަށް ގެންދެވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން އަންނަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު 10:30 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ޖަލްސާކުރާ މާލަމުގައެވެ.
އެ ކައުންސިލުން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި މސައްކަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށާއި، ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތު އެ ކައުންސިލުގެ ވެބްސައިޓުން ސޮފްޓްކޮޕީ ފޯމެޓްގައި މިހާރު ލިބެން ހުންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!