މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,476 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 953 ވަނަ ޞަފްޙާ

ދެވަނަ ދައުރަށްފަހު، ރައީސް ސާލިހު، ސިޔާސީ މައިދާނާ ދުރަށް ވަޑައިގަންނަވަނީ

ދެވަނަ ދައުރަށްފަހު، ރައީސް ސާލިހު، ސިޔާސީ މައިދާނާ ދުރަށް ވަޑައިގަންނަވަނީ

މި މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ދެވަނަ ދައުރަށްފަހު، ސިޔާސީ މައިދާނާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީ އިން ގެނެސްދޭ “ފަށާއިރު” ޕްރޮގްރާމުގައި ވެރިކަމަށްފަހު ދެން އެ މަނިކުފާނު ފެނިވަޑައިގަންނަވާނީ ކޮން މަގާމަކުންތޯ ސުވާލު ކުރެއްވުމުން ވިދާޅުވީ އިތުރަށް ދެން ސިޔާސީ މަސައްކަތުން ފެނިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެންނަމ...

މުޙައްމަދު އަފްރާޙް
އިންތިހާބުގެ ކަންކަމުގައި ރަަށުންބޭރަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ: ފުލުހުން

އިންތިހާބުގެ ކަންކަމުގައި ރަަށުންބޭރަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ: ފުލުހުން

މި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަމުގައި ރަަށުންބޭރަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ ކަމަށް ދިވެހި ފުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައެވެ. ތޮލާލް ވަނީ ފުލުހުންނާއި ސިފައިން، އެމީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެންތަންތަނަށް ޑިއ...

މުޙައްމަދު އަފްރާޙް
އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ފައިދާ ލިބޭނީ ގާސިމް ވެރިކަމެއްގައި: އަލީ ވަހީދު

އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ފައިދާ ލިބޭނީ ގާސިމް ވެރިކަމެއްގައި: އަލީ ވަހީދު

އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ލިބެން ޖެހޭ ފައިދާ އޭގެ ހަގީގީ މާނައިގައި ލިބޭނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ރޭ ވިދާޅުވެއްޖެއެވެ. ވީޓީވީން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ބޮޑު ދެ ޕާޓީ ކަމަށް ބުނާ އެމްޑީޕީ އަދި ޕީޕީއެމަށް ވެރިކަން ދީގެން 15 އަހަރު ތިބިއިރުގައި ވެސް، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ނުވާކަމަށެވެ. އެގޮތުން […]

މުޙައްމަދު
އެމްޕީއެލް ފްލެޓުތަކުގެ މަހު ކުލި ކުޑަކުރަނީ

އެމްޕީއެލް ފްލެޓުތަކުގެ މަހު ކުލި ކުޑަކުރަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހައުސިން ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2ގައި ހަދާފައިވާ “ޕޯޓް ރެސިޑަންސް”ގެ އެޕާޓްމަންޓުތަކަށް މަހުން މަހަށް ދައްކަންޖެހޭ ކުލި ކުޑަކުރަން ނިންމައިފިއެވެ. އެމްޕީއެލުން ބުނީ، މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުސޫލަށް އެ ކުންފުނީގެ ބޯޑުން ގެނައި ބަދަލާއެކު ޑައުންޕޭމަންޓަށްފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވާލާފައިވާ ކަމަށެވެ. ކުރިން މަހުން މަހަށ...

އަޙްމަދު ވަހީދު
ކޮލެޖު އަދި ޔުނިވާސިޓީ ދަރިވަރުންނަށް ވެސް ބަހާއި ފެރީގައި ހިލޭ ދަތުރު ކުރެވޭ ގޮތް ހަދައިފި

ކޮލެޖު އަދި ޔުނިވާސިޓީ ދަރިވަރުންނަށް ވެސް ބަހާއި ފެރީގައި ހިލޭ ދަތުރު ކުރެވޭ ގޮތް ހަދައިފި

ކޮލެޖު އަދި ޔުނިވާސިޓީގެ ދަރިވަރުންނަށް އެމްޓީސީސީގެ އާރުޓީއެލް ބަހާއި ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދައިފިއެވެ. އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ފަރާތުން މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ދެމުން އަންނަ އަންމު ބަހުގެ ހިދުމަތާއި މާލެ ސަރަހައްދުގައި ދެމުން އަންނަ ވިލިމާލެ އަދި ހުޅުމާލެ ފެރީ ހިދުމަތުގައި ގްރޭޑް 12 އިން މައްޗަށް ތައުލީމު ހާސިލުކުރަމުން ގެންދާ ކޮލެޖް އަދި ޔުނިވާސިޓީ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. […]

އަޙްމަދު ވަހީދު
ހަނިމާދޫގައި ދޫނިތައް ކޮށިން ބޭރަށް

ހަނިމާދޫގައި ދޫނިތައް ކޮށިން ބޭރަށް

މީގެ އެތައް އަހަރެއް ކުރިން ފެށިގެން ގޭގައި ކޮށި ހަދައިގެން ދޫނި ގެންގުޅޭ މީހުން ހަނިމާދޫގައި ވެސް ވަރަށް ގިނައެވެ. މިގޮތަށް ކޮށި ހަދައިގެން އެކި ވައްތަރުތަކުގެ ދޫނި ގެންގުޅެއެވެ. ހާއްސަކޮށް ގުރާ އާއިލާއަށް ނިސްބަތްވާ ގިނަ ދޫނިތައް އޭގެތެރޭގައި ހިމެނެއެވެ. ފާއިތުވި އަހަރެއްހާ ދުވަހަށް ނަޒަރު ހިންގާލާއިރު ފެންނަނީ ދޫނި ގެންގުޅުމުގެ މުޅީން އައު ބާބެއް ހަނިމާދޫގައި ފެށިފައިވާ ތަނެވެ. ފެންނަނީ ގިނަބަޔަކު އެކި ވައްތަރުގެ ދޫނި އޮޅުކޮށްގެން އެ ދޫނިތަކާއިއެކު ރަށުގެ އެކި ހިސާބުގައި […]

އިބްރާހިމް ޚަލީލް
ޕީޕީއެމް އާއި އެމްޑީޕީގެ ސަރުކާރު ވީ ބޮޑު ތަނުން ފެއިލް: ގާސިމް

ޕީޕީއެމް އާއި އެމްޑީޕީގެ ސަރުކާރު ވީ ބޮޑު ތަނުން ފެއިލް: ގާސިމް

ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވީ ބޮޑު ތަނުން ފެއިލް ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ. ވީޓީވީ އިން ގެނެސްދިން “ހާސްކަނޑާލާ ހަމަޖެހޭނެ” ޕްރޮގްރާމުގައި ގާސިމްގެ އިތުރުން އޭނާގެ ރަނިންމޭޓް އަމީން އިބްރާހިމާއި އިންތިހާބީ އެޖެންޓް އަލީ ވަހީދާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ވަނީ ފެހި ގާނޫނުއަސާސީގެ ދަށުން އުފެދުނު އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ […]

މުޙައްމަދު
ސިނަމާލެ ބުރިޖަށް ދެ ލޭން އިތުރުކޮށްދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

ސިނަމާލެ ބުރިޖަށް ދެ ލޭން އިތުރުކޮށްދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

ދިވެހި ރައްޔިތުންގެ (އެމްޑީޕީ) ގެ ރިޔާސީ ދެވަނަ ދައުރެއްގައި ސިނަމާލެ ބުރިޖަށް ދެ ލޭން އިތުރުކޮށްދިނުމަށް މެނިފެސްޓޯގައި ހިމަނައިފިއެވެ. އެކަމް ހާމަކުރީ ކާނިވާ ސަރަހައްދުގައި އެ ޕާޓީން ރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ. “އުފާވެރި މާލެ” ނަމުގައި އެ ޕާޓީ އާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭ ގެ އިސްވފަރާތްތަކާއި ގިނަބައެއް ބައިވެރިވި މި ޖަލްސާގައި ލޯންޗުކޮށްފައިވަނީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް ހަމަޖެހުން ގެނައުމުގެ ސިޔާސަތެކެވެ. އަދި ކާރޫބާރު ކުޑަކޮށް ގިނަ މަޝްރޫއުތަކެއް […]

މުޙައްމަދު އަފްރާޙް
ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޓީމް ރަޖިސްޓަރީ ކުރުމަށް ފުރިހަމަ ކުރަނެޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 13:00 ކުރިން ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީ […]

އިބްރާހިމް ޚަލީލް
ލޯން އެއްބަސް ވުމެއްގެ ދަށުން އަމްރަބަތު ޔުނައިޓެޑަށް

ލޯން އެއްބަސް ވުމެއްގެ ދަށުން އަމްރަބަތު ޔުނައިޓެޑަށް

އިޓަލީގެ ފިއޮރެންޓީނާއަށް ކުޅެމުންއައި މޮރޮކޯގެ މިޑްފީލްޑަރ ސޮފްޔާން އަމްރަބަތު ލޯން އެއްބަސް ވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. ޔުނައިޓެޑުން އަމްރަބަތު ގެނެސްފައި ވަނީ މި ސީޒަންގެ ނިޔަލަށެވެ. ލޯން އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން 10 މިލިއަން ޔޫރޯގެ ފީއެއް ފިއޮރެންޓީނާއަށް ދައްކާނެއެވެ. ޔުނައިޓެޑުން އަމްރަބަތު ގެނެސްފައި މިވަނީ ސީޒަން ނިމުމަށް ފަހު އޭނާގެ އެއްބަސްވުން ދާއިމީ ކުރުމަށް ބޭނުން ވެއްޖެނަމަ އެކަން ކުރެވޭ ގޮތަށެވެ. އެހެން ވެއްޖެނަމަ ޔުނައިޓެޑުން 20 މިލިއަން ޔޫރ...

އިބްރާހިމް ޚަލީލް
މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރު 24 ގަޑިއިރު ބަހުގެ ހިދުމަތް ލިބޭނެ

މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރު 24 ގަޑިއިރު ބަހުގެ ހިދުމަތް ލިބޭނެ

މާލެ އާއި ހުޅުމާލޭގެ ބައެއް ރޫޓުތަކުގައި އެމްޓީސީސީން ދޭ އާރުޓީއެލްގެ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މާލޭ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް މީގެ ކުރިން ދެމުން އައީ ހެނދުނު 5:45 އިން ރޭގަނޑު 12:15 އާ ހަމައަށެވެ. އަދި ހުކުރު ދުވަހުގެ ބައެއް ވަގުތުތަކުގައި ދަތުރުތައް މެދުކަނޑާލައެވެ. އެމްޓީސީސިން ބުނީ، މިހާރު މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ވެސްޓްޕާކުގެ ރޫޓުތަކާއި އާރް-7ގެ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް، 24 ގަޑިއިރު ބަސް ދަތުރުތައް ކުރާނެ ކަމަށެވެ. […]

އަޙްމަދު ވަހީދު
މާލެއާއި އަތޮޅުތަކުގައި 4000 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

މާލެއާއި އަތޮޅުތަކުގައި 4000 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

މާލެއާއި އަތޮޅުތަކުގެ ތެރޭގައި 4،000 ސޯޝަލް ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސްޓްރަކްޗާސް އަންލިމިޓެޑާ ހަވާލުކޮށްފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއި ސްޓްރަކްޗާސް އަންލިމިޓެޑާ ދެމެދު ވަނީ މަސައްކަތުގެ އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ...

އަޙްމަދު ވަހީދު
ލ. އަތޮޅަށް މުއިއްޒުގެ ގިނަ ވައުދުތަކެއް، އެންމެ ބޮޑު ވައުދަކީ ޓްރާންޝިޕް ބަނދަރެއް

ލ. އަތޮޅަށް މުއިއްޒުގެ ގިނަ ވައުދުތަކެއް، އެންމެ ބޮޑު ވައުދަކީ ޓްރާންޝިޕް ބަނދަރެއް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެމްސީން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ލ އަތޮޅުގައި ޓްރާންޝިޕް ބަނދަރެއް ހައްދަވާނެކަމަށް ވިދާޅުވެއްޖެއެވެ. ރޭ ލ. ފޮނަދޫގައި ކުރިއަށް ޖަލްސާގައި ވާހަކަފުޅު ދައްވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގަންފި ނަމަ ލ.އަތޮޅު ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދަވާނެކަމަށެވެ. އަދި އެ އަތޮޅަށް ގިނަ ވައުދުތަކެއް ވެވަޑައިގެން މިރޭ އެކަން އިޢުލާން ކުރެވިއެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ލ.އަތޮޅުގ...

އިސްމާއިލް މޫސާ
މިއީ ސުމެއްގެ ސަރުކާރެއް، ދަރަނި އަޅުވައި ދެއްކީ ހުވަފެނެއްގެ މަންޒަރު: ގާސިމް

މިއީ ސުމެއްގެ ސަރުކާރެއް، ދަރަނި އަޅުވައި ދެއްކީ ހުވަފެނެއްގެ މަންޒަރު: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ “ސުމެއްގެ” ސަރުކާރެއް ކަމަށާއި ރައްޔިތުންގެ ބޮލުގަ ދަރަނި އަޅުވައި، ރައްޔިތުންނަށް ދެއްކީ ހުވަފެނެއްގެ މަންޒަރު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ވީޓީވީން ގެނެސްދިން ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ގާސިމްގެ ސްޕެޝަލްގެ އެޑްވައިޒަރު އަހުމަދު ނިހާން ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާ އިރު، ދައުލަތުގެ ދަރަނި 114 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އެ […...

މުޙައްމަދު
ވޯޓު ހޯދާށޭ ކިއާފައި ބޭކާރު ވާހަކައެއް ނުދައްކާނަން: މުއިއްޒު

ވޯޓު ހޯދާށޭ ކިއާފައި ބޭކާރު ވާހަކައެއް ނުދައްކާނަން: މުއިއްޒު

ވޯޓު ހޯދާށޭ ކިއާފައި ބޭކާރު ވާހަކައެއް ނުދައްކަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރަށްރަށަށް ވައުދުވެވަޑައިގަންނަވާތީ އޭނާއަކީ ކޮން ކަހަލަ ބޭފުޅެއްތޯ އާއި އަބަދު ހަރަދު ކުރާ ވާހަކަ ދައްކަމުންދާ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އިންވެސްޓް ކުރެވޭނީ ހަރަދުކޮށްގެންނެވެ. “އެ ކުރާ ހަރަދަކީ [...

މުޙައްމަދު
ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް ދިވެއްސަކު ބާކީއެއް ނުކުރާނަން: އިލްޔާސް

ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް ދިވެއްސަކު ބާކީއެއް ނުކުރާނަން: އިލްޔާސް

ދަ ޑިމޮކްރެޓްސްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް ދިވެއްސަކު ބާކީކޮށް ތަފާތު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބު ރޭ ވިދާޅުވެއްޖެއެވެ. އިލްޔާސް މިހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ މައި ހަރުގެ، ހައުސް އޮފް ޑިމޮކްރެޓްސްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އިލްޔާސްގެ ރޭގެ ވާހަކާގައި އޭނާ އެންމެފަހުން ކެމްޕޭނަށް ވަޑައިގެން ރ. އަތޮޅާއި ގުޅުވައި ވިދާޅުވީ އެ އަތޮޅުން ވެސް ލިބުނު މެސެޖަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް […]

ޔުމްނާ ޢަލީ
އެމްޑީޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޤާސިމް: އަމީން

އެމްޑީޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޤާސިމް: އަމީން

އެމްޑިޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ވައުދުވެ، ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ވެރިކަމެއް ކަމަށް ޤާސިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. ޑރ. އަމީން މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. އަމީން ވަނީ ފާއިތުވީ 15 އަހަރުގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދެ ސަރުކާރަކާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލ...

ޔުމްނާ ޢަލީ
އަތޮޅުތެރޭގައި ހުރި ހައުސިން ޔުނިޓްތައް 3،500ރ. އަށް ކުޑަ ކުރާނަން: މުއިއްޒު

އަތޮޅުތެރޭގައި ހުރި ހައުސިން ޔުނިޓްތައް 3،500ރ. އަށް ކުޑަ ކުރާނަން: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ އަގު 3،500ރ. އަށް ކުޑަކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔަސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމުނު މަޝްރޫއުތައް އެވްރެޖްކޮށް ހުންނާނީ 2،000ރ. އާއި 3،500ރ. އާ ދެމެދުގައި ކަމަށެވެ. މި ސަރުކާރުން […]

މުޙައްމަދު