ގޮތް ދޫކުރުމަށްފަހު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަހަތްޕުޅަށް އެރުމަށް ގާސިމް އެޑްވައިޒާރ އަދި ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން މި ސަރުކާރަށް ގޮވާލައްވައިފިއެވެ.

އޭނާ މިފަދައިން ގޮވާލެއްވީ ރިޔާސީ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ނިހާން ވިދާޅުވީ މިސަރުކާރުގައި ނޫނީ ރައްޔިތުންގެ މަޖިލީސް ސަރުކާރަކަށް ލިބިފައި ނުވާ ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު ދެވަނަ ދައުރެއް ރައްޔިތުން ދޭން އެމްޑީޕީން ބުނެގެން ނުވާނެ ކަމަށެވެ. އަދި އެހެންކަމުން ރައްޔިތުން ކުރިމަތީ އޮރިޔާން ނުވަނީސް ގޮތް ދޫކޮށް ގާސިމްގެ ފަހަތަށް އެރުމަށް ނިހާން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ނިސްބަތް ކުރައްވާ ނިހާން ވިދާޅުވީ އަލީ ވަހީދަކީ މިސަރުކާރުގައި ވެސް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށާއި އެ ބޭފުޅާއަށް މިސަރުކާރުގެ ކަންތައް ހިނގަމުންދާގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

ނިހާން ވިދާޅުވީ ކޮންމެ މީހެއްގެ ބޮލުގައި ވެސް ކޮންމެފަދަ ވާހަކައެއް އެޅުވިދާނެ ކަމަށާއި ކޮންމެ މީހެއްގެ އަނބުރު ވެސް ކޮށާ ކުދި ކުރެވިދާނެ ކަމަށެވެ.

އެހެންނަމަވސް ހަގީގަތް ވާނީ ހަގީގަތަށް ކަމަށާއި އަލީ ވަހީދުގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައި މިސަރުކާރުން އޭނާ މަގާމުން ވަކިކޮށްލީ ކަމަށް ނިހާން ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ގާސިމްގެ އިސްތަށިފުޅުގައި ވެސް އެކަހަލަ ގިނަ ތުހުމަތުތަކެއް އަޅުވާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ނިހާން އިތުރަށް ވިދާޅުވީ މިފަހަރު ޖޭޕީގެ މެނިފެސްޓޯގައި ހިމަނާފައިވަނީ ރާއްޖޭގެ އެކި ރަށްތަކުގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތައް ކަމަށާއި އެގޮތުން ކޮންމެ ރަށަކުން ވެސް ހާއްސަ ފަސް ކަމެއް ގާސިމްގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.

އިންތިހާބުގެ ކެމްޕެއިންތަކަށް ރަށްތަކަށް ކެނޑިޑޭޓުން ވާ ވައުދުތައް ރައީސް ކަމަށް ހޮވުމުން ހަނދާންނެތިގެންދާ ކަމަށާއި އެ ވައުދުތައް އޭރު އޮންނާނީ އެއްޗެއްގައި ލިޔެވިފައިކަން ފާހަގަކުރައްވާ ނިހާން ވިދާޅުވީ ގާސިމް އެއާ ތަފާތުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގާސިމްގެ ސަރުކާރެއްގައި ރައްޔިތުންނަށް ވާ ވައުދުތައް އެމަނިކުފާނު ފުއްދަވައިދެއްވާނެ ކަމަށެވެ.