ރަޖިސްޓްރީކޮށްގެން ހދ. ކުޅުދުއްފުށި ސިޓީގައި ހިންގާ ވިޔަފާރިތަކަށާއި ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ، "ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ގައި، ހިޔާކޮށްފައިވާ ޓެންޓް ގޮޅީގެ ގޮތުގައި އިތުރު 7 ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
އެ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ފުރުޞަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްގެން ކުޅުދުއްފުށީ ސިޓީގައި ހިންގާ ވިޔަފާރިތަކަށާއި، ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށެވެ.
މިކަމާގުޅިގެން އެ ކައުންސިލުން ކޮއްފައިވާ އިޢުލާނާއެކު، މި ބާޒާރު ރާވައި ހިންގުމުގެ އުޞޫލު ވެސް ހިމަނާފައިވެއެވެ.
އެ ގޮތުން ޖާގަ ދޫކުރުމާއި ސްޓޯލްތަކުގެ ތަފްޞީލާއި، ފީ ނެގުމުގެ އުޞޫލާއި، ކައުންސިލުން ފޯރުކޮއްދޭނެ ޚިދުމަތްތަކާއި، ބާޒާރުގައި ވިއްކޭނެ ތަކެތީގެ އިތުރުން، ކުރުން މަނާ ކަންތައްތައް ވެސް އެ އުޞޫލުގައި ބުނެފައިވެއެވެ.
ވީމާ، މި ބާޒާރުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން، 17 ސެޕްޓެމްބަރ 2026ގެ 14:00ގެ ކުރިން އެ ކައުންސިލުން އާންމުކޮއްފައިވާ ލިންކް މެދުވެރިކޮށް ބާޒާރުގައި ރަޖިސްޓްރީވުމަށް އެދިފައިވެއެވެ.
މީގެއިތުރުން، ރަޖިސްޓްރީވާ ފަރާތްތަކަށް ތަފްޞީލު މަޢުލޫމާތު ޙިއްސާކުރުމަށް ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުން ބައްދަލުވުމެއް ބޭއްވުމަށް ވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
މިކަމާގުޅިގެން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، އެ އިދާރާގެ ނަންބަރު 6527202 ނުވަތަ 6527201 އަށް ގުޅައިގެން ކުރިޔަށް ގެންދިޔުމަށް ވެސް އެ ކައުންސިލުން އެދިފައިވެއެވެ.
މި ބާޒާރު އޮންނާނީ 30 ސެޕްޓެމްބަރ 2026 އިން 04 އޮކްޓޯބަރ 2026ގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!