ސަރުކާރުގެ އެހީ ލިބިގެންނާއި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ބޭރަށްދާ ދިވެހިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފިއެވެ. އެންސްޕާގެ އެހީ ލިބިގެން ބޭހަށް ބޭރަށް ފުރާ ބަލިމީހުންނަށް 2000 ޑޮރަރު އަދި އަމިއްލަ ޚަރަދުގައި ބޭހަށް ދާ މީހުންނަށް 1000 ޑޮލަރު ލިބޭގޮތަށް، 1 އޯގަސްޓުން ފެށިގެން ހަދަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. މި […]
ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމާގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އިގުތިސާދު ސިންދަފާތުކުރުމާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، އެ ތަރިކަތައް ފަތުރުވެރިންނަށް ވިއްކުމުގެ ހާއްސަ މަސައްކަތްތަކެއް ފެށުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ އަ...
އިބްރާހިމް ޚަލީލް
ލ. މާމެންދޫއަށް ދަތުުރުކުރި ބޯޓެއްގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ހޯދައި އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ. މިތަކެތި ހޯދާ އަތުލައިގެންފައި ވަނީ މާމެންދޫއަށް ދަތުުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަަނެއްގައެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި ޖުލައި 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއ...
ޔުމްނާ ޢަލީ
ކީރިތި ޤުރުއާން ހިތުދަސް ކުރުމަކީ އެހެނިހެން އިލްމުތައް ހާސިލްކުރުމަށް ފަސޭހަވެގެންދާނޭ ކަމެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ. ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރާން ފަސޭހަވާނޭ ކަމެކެކަން ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ހަދީޘް އިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވި ކަމަށެވެ. އެގޮތުން اَلْإِمَامُ النَّوَوِيْ رَحِمَهُ اللهُ ވިދާޅުވެފައިވެ...
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގަައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މަސީޙް މޫސާ، ތ.ވިލުފުށި/ މަލަސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރުމާއެކު އޭނާ ގެންގުޅޭ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި މަސީޙް މޫސާ ހައްޔަރުކޮށްފައިވާއިރު،...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން މިރޭ ބުނިގޮތުގައި ބަލަމުން އަންނަނީ މީސްމީޑިއާގައި ރައީސް މުޢިއްޒަށް ނިސްބަތްކޮށް މަރުގެ އިންޒާރުދިން މައްސަލައެކެވެ. ރައީސަށް މަރުގެ އިންޒާރުދީ ޕޯސްޓެއްކޮށްފައި ވަނީ ‘’މަސީޙް މޫސާ’’ ނަމުގައި ފޭސްބުކްގައި ބޭނުންކުރަމުން އަންނަ އެކައުންޓަކުންނެވެ. އެމީހާ ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބި...
ޔުމްނާ ޢަލީ
ށ. ޅައިމަގު ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏެއް ކަމަށްވާ “އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” އާއި ހަވާލުކޮށްފިއެވެ. މިއަދު މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް ގެ ނައިބު ރައީސް، އަލްއުސްދާޒް އިސްމާޢިލް ޒާހިރު އެވެ. އަދި މި މަސައްކަތް ހަވާލުކުރެވުނު ކުންފުނި ކަމައްވާ “އީކޮން މޯލްޑިްވްސް ޕްރައިވެޓް ލިމިޓެޑް” ގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަންވަރު އެ...
އައިޝަތު އައިނީ އާމިރު
އިންޒާރުގެ މެސެޖު ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެނުކުރެވޭގޮތަށް ގަވައިދު އިސްލާހުކޮށްފިއެވެ. ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސްއާއި ނިކޮޓިން ޕައުޗް އިތުރުކޮށް، ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް، ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ “ޑިޒައިން އެންޑް ރިކުއާމަންޓްސް ފޯ ހެލްތު ވާނިން” ގެ ފުރަތަމަ އިސްލާހު ގެޒެޓުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގައި، ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭ...
އިބްރާހިމް ޚަލީލް
ޒަމާނީ ސިޓީތަކާއި އެއްގޮތައް ކުޅުދުއްފުށި ސިޓީގެ ބައެއް މަގުތައް ޕެޑަސްޓްރިއަން ނުވަތަ ހިނގާފައި އުޅޭ ސަރަހައްދުތަކެއްގެ ގޮތުގައި ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ އާޠިފް މިހެން ވިދާޅުވީ 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓު ހިއްސާ ކުރުމަށް ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އާޠިފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ބައެއް މަގުތައް ޕެޑަސްޓްރިއަން...
އައިޝަތު އައިނީ އާމިރު
ހއ. ވަށަފަރު އަދި ތުރާކުނު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް “ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” އާއި ހަވާލުކޮށްފިއެވެ. މިއަދު މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު ރައީސް، އަލްއުސްތާޒް އިސްމާޢިލް ޒާހިރު އެވެ. އަދި މި ދެ ރަށުގެ މަސައްކަތް ހަވާލުކުރެވޭ “ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ […...
އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރުގައި ބޯސާ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހު 10:30 ގެ ކުރިން https://forms.office.com/r/UfgD3d4cMD މެދުވެރިކޮށް ރަޖިސްޓްރީ ވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށެވެ. އެގޮތުން މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް...
އައިޝަތު އައިނީ އާމިރު
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޖަމްޝީދު މުހައްމަދު ބޭންކުން ނެގި ލޯނެއް ނުދައްކައިގެން އަނެއްކާވެސް އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އެމްޑީޕީގެ ޓިކެޓްގައި މަޖިލީހުގެ މެންބަރަކަށް ޖަމްޝީދު ހުންނެވިއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެންގެވި 280,000ރ. ގެ އިސްލާމިކް ޕާސަނަލް ފައިނޭންސިން ފެސިލިޓީއަކަށް ފައިސާ ނުދައްކާތީ ބާކީ ހުރި 231,000 ރުފިޔާ އެއް އަހަރު ތެރޭގައި ދައްކަން މިދިޔަ ޖޫން މަހު ސިވިލް ކޯޓުން ހުކުމްކުރި އެވެ. […]
ހުސައިން ހަބީބް
ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން އާސަންދަ ކޮމްޕެނީ އާއި ގުޅިގެން އެ އަތޮޅު ރައްޔިތުންނަށް އަމާޒުކޮށްގެން ހއ. އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭންޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މި ކޭންޕު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 15 އަދި 16 ގައެވެ. މި ކެންޕުގައި ހއ އަތޮޅުގެ ކޮންމެ ރަށަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، މި ކޭންޕުގައި ބައިވެރިވާ […]
އައިޝަތު އައިނީ އާމިރު
ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާއި، އެކަމަށް އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިހެން ގޮވާލާފައި ވަނީ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ މައި މަރުކަޒުގައި ކުރިއަށްދިޔަ ފަލަސްޠީނު މައްސަލައާ ގުޅޭ މަތީ ފެންވަރުގެ ބައްދަލުވުމުގައެވެ. މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައިމަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫ...
ޔުމްނާ ޢަލީ
ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ނުތިބެ އެހީތެރިވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ. އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވެފައިވަނީ، ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި ރެޑްކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ފާހަގަކު...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަމަށް ކެނެޑާއިން ބުނުމާއި ގުޅިގެން އިސްރާއީލުން ހިންގާ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާއަށް އިންޒާރު ދެއްވައިފިއެވެ. ކެނެޑާގެ ބޮޑުވަޒީރު މާރކް ކާނީ ސެޕްޓެމްބަރު މަހު އދ ގައި ފަލަސްތީނު ދައުލަތެއް ގޮތުގައި ބަލައިގަންނަން ޕްލޭންކޮށްފައިވާ ކަމަށް ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރަށްވައި ޓްރަމްޕްގެ ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކެނެޑާއާއި މެދު ނުރުހުންވެ ވިޔަފާރީގެ ގޮތުން ދަތިކުރާނެކަމަށް އިންޒާރު ދެއްވ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށްޓަކައި ކޮންސަލްޓޭންސީގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމުން ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ ސިޓީގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށްޓަކައި ކޮންސަލްޓެންސީއެއްގެ ޚިދުމަތް ހޯދަން ބޭނުންވާ ކަމަށާއި، އެހެންކަމުން މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދީއްތަ...
އައިޝަތު އައިނީ އާމިރު
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ށ. މިލަންދޫ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެގޮތުން މި ޖުލައި މަހުގެ 27 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29އ) އާއި ށ. މިލަންދޫ / ކުދިލުބޯގެ، އަޙްމަދު އ...
އައިޝަތު އައިނީ އާމިރު