ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމާގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިގުތިސާދު ސިންދަފާތުކުރުމާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، އެ ތަރިކަތައް ފަތުރުވެރިންނަށް ވިއްކުމުގެ ހާއްސަ މަސައްކަތްތަކެއް ފެށުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ad
rt

އެގޮތުން މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ދިވެހިބަހާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް، ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއާއި ވަނީ ބައްދަލުކުރައްވާފައެވެ.

ދިވެހިބަހާއި ސަގާފަތާރި ތަރިކައާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ، ޣާޒީ ރަދުންގެ އަސަރުތައް ދިރުވުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ރޯޑު ޑިވޮލޮޕުމަންޓު ކޯޕަރޭޝަންގެ އާ އެމްޑީ އިބްރާހީމް ނަޒީމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢު ފެށުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ދިވެހިބަހާއި ސަގާފަތާރި ތަރިކައާ ބެހޭ ވަޒީރު ވަނީ ބޮޑުތިލަދުންމައްޗަށް ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ހއ. އުތިމާއި ބާރަށާއި ތަކަންދޫއަށް ޒިޔާރަތްކުރައްވައި، މައުލޫމާތު އެއް ކުރެއްވިއެވެ.

ބޮޑުތިލަދުންމައްޗަކީ ރާއްޖެއިން ފެންނަ އެންމެ ގަދީމީ އާސާރީ ތަރިކަތައް ހުންނަ އެއް ސަރަޙައްދެވެ. ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ގައުމީ އަބުޠާލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމް، މަޝްހޫރު ނަމުންނަމަ ބޮޑު ތަކުރުފާނާ ގުޅިފައިވާ އެތައް ތަރިކައެއް މި ސަރަހައްދުގައި ހުރެއެވެ.