އަސްކޮއި އުމްރާ ކުންފުޏަށް އުމްރާއަށް މީހުން ގެންދިއުމަށް ދީފައިވާ ހުއްދަ ހިފަހައްޓައި، ފިޔަވަޅުތަކެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަސްކޮއި އުމްރާ ކުންފުނީގެ ހަވާލުގައި އުމްރާ އަށް ދިޔުމަށް ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް އަތުލުމަށްފަހު، 24 ޖުލައި 2025 ގައި އުމްރާ އަށް ފުރަން ހަމަޖެހިފައިވާކަން އެންގުމަށްފަހު، މިވަގުތު ސައޫދީ އަރަބިއްޔާ އަށް ދަތުރުކުރުން ރައްކާތެރިނޫންކަމަށް އުމްރާ އަށް ދާން...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމުގެ ގޮތުން މަސްޖިދުލް އިބާދަތު މަރާމާތު ކުރުމަށް ފެނާރު އިންވެސްޓްމަންޓް އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް އިހަވަންދޫ ކައުންސިލުން 17 އޭޕްރީލް 2025 ގައި ބީލަމަށް ހުޅުވާލިއިރު ރަޖިސްޓްރީކޮށް، ބީލަން ހުށަހަޅާފައިވަނީ 3 ފަރާތަކުންނެވެ. އެގޮތުން ބީލަން ހުށަހެޅި 3 ފަރާތެއްގެ ތެރެއިން ބިޑް ކާމިޔާބުކޮށް މި މަޝްރޫޢުގެ މަސައްކަތް އިހަވަންދޫ ކައުންސިލުން އެ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. ފެނާރު އިންވެސްޓްމަންޓް އ...
އައިޝަތު އައިނީ އާމިރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސް ވަނީ މިދިޔަ ޖޫން މަހުގެ 29 އިން މި ޖުލައި މަހުގެ 2 އަށް އެ ޤައުމަށް ފުރަމާނަދަތުރުފުޅެއް ކުރަށްވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ. މި ދަތުރުފުޅުގައި، އެއް ޤައުމުން އަނެއްޤައުމ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތައް ދެވޭގޮތަށް ޤާނޫނުގައި ހިމެނުމަށް އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ. ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. ”އެގޮތުން، މަޖިލީހަށް މިހާރު ހު...
ޔުމްނާ ޢަލީ
9 ވަނަ ބިޒްނަސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ އުޞޫލުތަކާ މެދު މިއަދު މަޝްވަރާކޮށްފިއެވެ. އިގްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވި ގޮތުގައި، މިއަދު ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާގެ މުހިންމު އެތައް ކަމަކާ މެދު މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ދާދި ފަހުން ފާސްކުރެވުނު ފޮރިން އިންވެސްޓްމަންޓާ ބެހޭ ޤާނޫނާ ގުޅިގެން، ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް ހާމަކަން ބޮޑު ގޮތެއްގައި...
ޔުމްނާ ޢަލީ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު މިރޭ ނިންމަވާލައްވައިފިއެވެ. ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މި މަހުގެ 27 ވަނަ ދުވަހުއެވެ. ރައީސް ޑިސަނާޔަކެ، ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އެ މަނިކުފާނަށް ވަނީ ރަސްމީގޮތުން މަރްޙަބާ ދަންނަވާފައި ވަނީ ޖުލައި 27 ގައެވެ. ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެ އަށް ފެއްޓެވި ދަތުރުފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށް ދިޔަ ރ. ފައިނު، އުޑުވިލާގެ މަރިޔަމް ސިޔާމާ މިއަދު ނިޔާވެއްޖެއެވެ. ސިޔާމާ އަކީ ފައިނު ސްކޫލްގެ ޕްރައިމަރީ ޓީޗަރެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 39 އަހަރުގެ ސިޔާމާ ނިޔާވެފައި ވަނީ ފުރަތަމަ ޢުމްރާ އަދާކުރުމަށްފަހު، މަދީނާ އަށް ގޮސް އެނބުރި މައްކާ އަށް އައުމުގެ ކުރިން ގުބާ މިސްކިތުގައި ދެ ރަކުޢަތުގެ ނަމާދެއް ކުރިތާ އިރުކޮޅެއްގެ ތެރޭގައެވެ. ޝިޔާމާ ނިޔާވެފައި ވަނީ ރާއްޖޭގެ ގަޑިން މިއަދުގެ މެންދުރު 1:00 […]
ޔުމްނާ ޢަލީ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު މާލޭގެ ސަލްޓަން ޕާކުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މޫނިމާ ގަހެއް އިންދަވައިދެއްވައިފިއެވެ. މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގެ “5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް”ގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ހަރަކާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަކީ ދެ ޤައުމުގެ ދެމެދުގައި...
ޔުމްނާ ޢަލީ
ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަށް އަދި އާރުޑީސީއަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޡީމް މިއަދު އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ވަނީ މި ބަދަލު ގެނެސްފައިވާކަން މިއަދު ޢިއުލާންކޮށްފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޒުހައިރު ހަމަޖައްސާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި މައުރޫފް ޖަމީލް މިއ...
ޔުމްނާ ޢަލީ
ގއ. ދެއްވަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު، ހަސަން ރަޝީދެވެ. 103.09 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 60،672 ކިއުބިކ...
އިބްރާހިމް އަސްވާޤް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފު ޖަމީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އެނގިފައިވާ ގޮތުގައި ރިޓަޔާ ކުރައްވަން ނިންމަވާފައިވަނިކޮށް، މައުރޫފް އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ. އެޗްޑީސީން މި މައުލޫމާތު ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައިވީ ނަމަވެސް، މައުރޫފް އިސްތިއުފާދެއްވި ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން މައުރޫފް ރިޓަޔާ ކުރައްވަން ނިންމަވ...
އަލީ އާދިލް
ރާއްޖޭގެ ރިސޯޓެއްގައި ބިސްގަނޑެއް އަޅައި ނުދީގެން ހިންގި ހަމަނުޖެހުމެއްގައި ސްރީލަންކާގެ ޝެފަކު މަރާލި މައްސަލާގެ ދައުވާލިބުނު ލަންކާ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ބިސްގަނޑެއްގައި އަޅައި ނުދީގެން އުފެދުނު ހިތްހަމަނުޖެހުމުގައި ލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން މި...
ހުސައިން ހަބީބް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މިއަދު ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހާ ގުޅިގެން ހިންގޭ ‘ރިސާލަތު’ ޕްރޮގްރާމްގެ ދަށުންނެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިސްލާމީ ޝަރީޢަތާ ގުޅުންހުރި މުހިންމު މައުޟޫތަކުގެ މައްޗަށެވެ. ސެޝަން ނަންގަވައިދެއްވި އައްޝައިޚް އާޒިމް ޚާލިދު ވަނީ މުވައްޒަފުންނާ ޢިލްމީ އަދި ފައިދާހުރި...
ޔުމްނާ ޢަލީ
އައިލެންޑް އޭވިއޭޝަނަށް އެމްޑީޕީން ދޭންޖެހޭ ދަތުރުތަކުގެ ފައިސާ ބަހާލައިގެން ނުދެއްކޭތީ ބާކީ ހުރި 3.6 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީން ކުރި ކެމްޕެއިން ދަތުރުތަކަށް ދޭންޖެހޭ 5.6 މިލިއަން ރުފިޔާ ބަހާލައިގެން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ އެއްބަސްވުމެއް ހެދި ނަމަވެސް މި އަހަރު ދައްކަންޖެހޭ […]
ހުސައިން ހަބީބް
މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ “ލައިފްލައިން” ނަމަކަށް ކިޔާ ބޯޓެއް ކާށިދޫގެ އިރުމަތީ ސަރަހައްދުގައި އިންޖީނު ހުއްޓުމާ ގުޅިގެން، އެ އުޅަނދުގައި ތިބި 25 ފަސިންޖަރުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ނައިފަރަށް ގެންގޮސްދީފައެވެ. އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، 40 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި އުޅަނދު ހާލުގައި ޖެހިގެން ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނު 8:15 ގައެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ ” ދީނީ ސުވާލު މުބާރާތް 1447″ ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިއަހަރު ސެޕްޓެމްބަރ މަސްތެރޭގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން އެ ކޮމިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ދީނީ މައުލޫމާތު މުއްސަނދި ކުރުމަށާއި ދީނީ ކަންކަމަށް ލޯބި ޖެއްސުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން 6 ޓީމުން ބައިވެރިވާނެނަމައ...
އައިޝަތު އައިނީ އާމިރު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު ދަންމާލައިފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިއްޔެ ވަނީ މޫސްގޯސްވާނެތީ މުޅި ރާއްޖެ އަށް ހުދު ސަލާމު ނެރެފައެވެ. އެ ސަމާލުގެ ވަގުތު ރޭ 20:00 އަށް ހަމަވެފައިވާއިރު، އޭގެ ފަހުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުގެ އަތޮޅުތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ހއ. […]
ޔުމްނާ ޢަލީ
2030 ވަނަ އަހަރާ ހަމައަށް އެއް މިލިއަން މީހުން އިނގިރޭސިވިލާތުން އިސްލާމްދީނަށް ވެއްދުމަށް އެ ގައުމުގައި އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރާ ސަތޭކަ އެތައް ދަޢުވާ ޕްރެކްޓިޝަނަރުން މަސައްކަތް ފަށައިފި އެވެ. މިމަސައްކަތް ފެށީ، އިސްލާމިކް އެޑިޔުކޭޝަން އެންޑް ރިސާރޗް އެކެޑަމީ (އީރާ) އިން އިންތިޒާމްކޮށްގެން ލެސްޓަރގައި ބޭއްވި ފުރަތަމަ ނެޝަނަލް ދަޢުވާ ކޮންވެންޝަންގައެވެ. އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުން ސަތޭކައަށްވުރެ ގިނަ އިސްލާމީ ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވިއެވެ. މި ކޮންވެންޝަންގެ މ...
އިބްރާހިމް އަސްވާޤް