ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން އާސަންދަ ކޮމްޕެނީ އާއި ގުޅިގެން އެ އަތޮޅު ރައްޔިތުންނަށް އަމާޒުކޮށްގެން ހއ. އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭންޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މި ކޭންޕު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 15 އަދި 16 ގައެވެ.
މި ކެންޕުގައި ހއ އަތޮޅުގެ ކޮންމެ ރަށަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، މި ކޭންޕުގައި ބައިވެރިވާ ކޮންމެ ޑޮކްޓަރަކަށް ދުވާލަކު 2 ބަލިމީހުން ކޮންމެ ރަށަކުން ދެއްކޭނެ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކޭންޕު ކުރިއަށް ގެންދާ ދެ ދުވަހުގެ ތެރެއިން 15 އޮގަސްޓު ވާ ހުކުރު ދުވަހު އާރުޓީއެލް ފެރީ ހަމަޖެހިފައިވާތީ ފެރީގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެކަމަށް ބައެއް ކައުންސިލުތަކުން ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން މި ކޭންޕުގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ޑޮކްޓަރުންނަކީ:
- އަންހެނުންގެ ހާއްސަ ޑޮކްޓަރު - ޑރ. ޕްރީތީ
- ހިދުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު - ޑރ. މޫސާ
- ކަރުންމަތީގެ ހާއްސަ ޑޮކްޓަރު - ޑރ. ރާޖޭޝް
- ކަށީގެ ހާއްސަ ޑޮކްޓަރު - ޑރ. މުޒުނީ އަދި ޑރ. ހަބީބު
- ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު - ޑރ. ތެހްޒީބު
- ޑައެޓީޝަން - ރީބާ
މި ކޭންޕުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަން ނޯޓު ކުރުމަށް ބައެއް ކައުންސިލު އިދާރާތަކުން ވަނީ ހުޅުވާލާފަ އެވެ.
މީގެ އިތުރުން ކޭންޕުގައި ބައިވެރިވުމަށް އަންނައިރު އެ ފަރާތެއްގެ އައިޑީކާޑު ހިފައިގެން އައުމަށާއި، ޑޮކްްޓަރަށް ދެއްކުމަށް 2 ފަރާތައް ވުރެއް އިތުރަށް ނަންނޯޓު ކޮށްފިނަމަ ފުރުސަތު ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ބައެއް އިދާރާތަކުންވަނީ ނިންމާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!