ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރުގައި ބޯސާ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މި މަސައްކަތައް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހު 10:30 ގެ ކުރިން https://forms.office.com/r/UfgD3d4cMD މެދުވެރިކޮށް ރަޖިސްޓްރީ ވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށެވެ.
އެގޮތުން މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މީޓިން (މައުލޫމާތު ސެޝަން) ބާއްވަން ހަމަޖެހިފައިވަނީ 5 އޮގަސްޓް 2025 ވަނަ ދުވަހުއެވެ. އަދި އޭގެ ކުރިން މި މަސައްކަތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6527177، 6527192 ނުވަތަ 6527113 އަށް ގުޅުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.
މީގެ އިތުރުން މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 13 އޮގަސްޓް 20205 ވާ ބުދަ ދުވަހުގެ 10:30 ގައި ސިޓީ ކައުންސިލް އިދާރާއަށް ހާޒިރުވުމަށްވެސް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
މި އިއުލާނުގައި ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ، މި މަސައްކަތާއި ބެހޭ ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯމެޓުގައި އިދާރާގެ ވެންސައިޓް، https://kulhudhuffushicity.gov.mv/procurement ގައި ޑައުންލޯޑް ކުރެވެން ހުންނާނެކަމަށާއި، މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!