ލ. މާމެންދޫއަށް ދަތުުރުކުރި ބޯޓެއްގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ހޯދައި އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިތަކެތި ހޯދާ އަތުލައިގެންފައި ވަނީ މާމެންދޫއަށް ދަތުުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަަނެއްގައެވެ.

Ad
rt

ފުލުހުން މައުލޫމާތުދިން ގޮތުގައި ޖުލައި 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ފެނިފައިވެއެވެ.

އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 82 ގުރާމްކަމަށް ވެސް ފުލުހުން ބުންޏެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މަސްތުވާތަކެއްޗާއި ދަކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.