އެމްޕީއެލްގެ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް ނިންމާފައި ނުވާކަމަށް އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާން މިއަދު ވިދާޅުވެއްޖެއެވެ. މާލޭގެ ނޯތު ހާބަރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމުގެ އެންމެހައި ކަންކަން އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފެށުމާ ގުޅިގެން، މަސްދޯނިފަހަރުން ވެސް ފީ ނަގާކަމުގެ އަޑުތައް ފެތުރިފައިވާތީ، އެކަން ސާފުކޮށްދެއްވުމަށް ސީއީއޯ ރިޝްވާން ވަނީ ޓްވިޓަރުގައި މަ...
އަލީ އާދިލް
ކުޅުދުއްފުށި ސިޓީންނާއި ނ. ކެނދިކުޅުދޫގައި ހެދިފައިވާ ބަރުގަހުގެ އޮށްތަކެއް ނަގައި، ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާލައިފިއެވެ. އެގޮތުން މި ދެ ރަށުގެ ބަރުގަސް އޮށްތައް ޖައްވަށް ފޮނުވާލާފައިވާއިރު، ނާސާގެ ސްޕޭސް އެކްސް ކްރޫ-11 މިއަދުގެ ވަގުތެއްގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ޖައްސާނެކަމަށް މައުލޫމާތު ލިބެއެވެ. މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން ބުނި ގޮތުގައި، ޖައްވަށް ފޮނުވާލުމަށްޓަކައި މި ބަރުގަސް އޮށްތައް ނަގާފައިވަނީ ކުޅުދުއްފުށްޓާއި ކެނދިކުޅ...
އައިޝަތު އައިނީ އާމިރު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އިއްޔެ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ސިހާޓޯއާ ބައްދަލުކުރައްވައިފިއެވެ. ހަންގޭރީ ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ސުލްހައަށް ދުނިޔެ ބޭނުންވެފައިވާ މިންވަރާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ދޭދޭ ގައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރުމުގައި އދގެ މެދުވެރި...
އަލީ އާދިލް
ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އޭނާ ކުރާ ސިޔާސީ މަސައްކަތް ނުހުއްޓުވޭނެކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، އޭނާ އާއި އޭނާގެ ހިއްސާވާ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސް އާއި ގުޅުވާ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ޝުޖާޢު ވިދާޅުވެފައިވަނީ، އޭނާ އާއި އަދި އޭނާގެ ވިޔަފާރި ކުން...
ޔުމްނާ ޢަލީ
ނ. އަތޮޅުގައި ފަންގިވިނދެ، ރޯނު ވަށާ ރައްތަކާއި، ފަންގި އާއި ރޯނު ވިއްކުމުގައި ހުންނަ މައިގަނޑު ދަތިތައް އޮޅުން ފިލުވައި މައުލޫމާތު އެއްކުރުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ނ. އަތޮޅު ކައުންސިލަށް ފޮނުއްވި ސުވާލުތަކަކާއި ގުޅިގެން އަތޮޅު ކައުންސިލްގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ. މި މައުލޫމާތު ހޯދުމަށް ކުޑޫ، ނ. އަތޮޅު ކައުންސިލަށް ފޮނުވާފައިވާ ސުވާލުތައް ހިމެނޭ ސިޓީގައި ވިދާޅުވެފައި ވަނީ، ފަންގިވިނުމާއި ރޯނުވެށުމަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރ...
ޔުމްނާ ޢަލީ
އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދު ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާން އައުކުރެއްވުމަށް، އެ މަރްޙޫމް ނިސްބަތްވެވަޑައިގެންފައިވާ ހއ. ހޯރަފުށީގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވައިފިއެވެ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި ޖަލްސާގައި ވަޙީދުގެ ޢާއިލާ އާއި، ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ އާއި، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމްއާއި، ދިވެހި ބަހުގެ އުސްތާޛް އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ) އާއި މުޙައްމަދު ސަލީމް (ހޯރަފުށީ...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ބީލަން ހުށަހެޅުމަށް ހުޅުވާލަމުން އިހަވަންދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް procurement@ihavandhoo.gov.mv އަށް މެއިލް ކުރުމަށެވެ. މީގެ އިތުރުން ފޯނުން ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 6...
އައިޝަތު އައިނީ އާމިރު
ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ 24 މަޝްރޫޢުއެއް ސަރުކާރުގެ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ގޮތުން ހއ އަތޮޅު ހިމެނޭހެން 5 އަތޮޅެއްގެ ބައެއް ރަށްރަށުގެ 13 މަޝްރޫޢުއެއްގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މި...
އައިޝަތު އައިނީ އާމިރު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މައި ޖަގަހަ ގޮތުގައި ބޭނުންކުރަމުން އަންނަ ދަނޑިކޮށި ޖަގަހަ އަށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ޗާންދަނީމަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލަ ރޭގެ ދަންވަރު 1:30 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި މ. ސްޓާ / މާލެ، މުހައްމަދު ރަޒީން (49އ) ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ރަޒީން އަކީ މަސްތުގެ ހާލުގައި ހުރެ މީހުންނާއި […]
ޔުމްނާ ޢަލީ
ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން، 3 މީހުންނާއިއެކު ކ.ތިލަފުށްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ “ގުރުވަ1 ” ނަމަކަށް ކިޔާ ދޯނި ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ އޮގަސްޓި 1 ވަނަ ދުވަހުގެ ރޭ 23:24 ހާއިރު ކަމަށެވެ. މި ހާދިސާގެ […]
އިބްރާހިމް ޚަލީލް
މައްކާގެ މަސްޖިދުލް ޙަރާމުގައި،ޝައިޚް ޑރ. ޔާސިރު ބިން ރާޝިދު އައްދައުސަރީ ދެއްވި ހުކުރު ޚުޠުބާގައި، އަލިއަޅުވާލައްވާފައިވަނީ، މިއަދުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަމާމެދު އެވެ. ތަރައްޤީއަކީ އަޅުގަނޑުމެންގެ އަގުތަކާއި އުޞޫލުތަކާ ފުށުއަރާ އެއްޗެއް ނޫންކަމަށްޓަކައި. އެއީ އެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއްކަމަށް ޝައިޚް ވިދާޅުވިއެވެ. މިއަދުގެ ދުނިޔެއަށް ބަލާއިރު، އާޓިފިޝަލް އިންޓެލިޖެންސް، ސްމާޓް ޑިވައިސްތައް، މުވާޞަލާތީ ވަސީލަތްތައް، އަދި ސޯޝަ...
އަލީ އާދިލް
ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ “ނިއުޔޯކް ޑެކްލެރޭޝަން” ބަލައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީ ބަޔާނެއް ނެރުއްވައިފިއެވެ. މި ޤަރާރަކީ 2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އދ. ގައި ބޭއްވުނު މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ނަތީޖާ ކަރުދާހެވެ. ރައީސް މުޢިއްޒުގެ ބަޔާނުގައި މި ޤަރާރު ބަލައިގަތުމަކީ ދިވެހި ސަރުކާރުން މަރ...
ޔުމްނާ ޢަލީ
އިދިކޮޅު އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން “ރަން ރީނދޫ” ގެ ނަމުގައި ހާއްސަ ދުވުމެއް މިއަދު ހަވީރު ހުޅުމާލޭގައި ބާއްވައިފިއެވެ. މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމެކެވެ. މިދަންމަރު، ހއ. ތުރާކުނުން ފެށިގެން އައްޑުއަތޮޅާ ހަމައަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައި ކުރިއަށްގެންދިޔަ މި ދުވުމުގައި 300 އެއްހާ މީހުން ބައިވެރިވިއެވެ. ފަންސަވީހަކަށް މިނެޓަށް […]
އަލީ އާދިލް
ފްރާންސުން ޣައްޒާއަށް ފުރަތަމަ ފަހަރަށް އިންސާނީ އެހީ ވައިގެ މަގުން ފޯރުކޮށްދީފިއެވެ. ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، އެ ޤައުމުން ވަނީ ޣައްޒާއަށް ފުރަތަމަ ފަހަރަށް އިންސާނީ އެހީ ވައިގެ މަގުން ފޯރުކޮށްދީފައެވެ. “ހަލުވި އިންސާނީ ކާރިސާއަކާ ކުރިމަތިވެފައިވާތީ، ދެންމެ އަހަރެމެން ޣައްޒާއަށް ކާބޯތަކެތީގެ އެހީ ވައިގެ މަގުން ފޯރުކޮށްދީފީމު،” މެކްރޯން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. “ނަމަވެސް ވައިގެ މަގުން އެހީ ފޯރުކޮށްދިނުން އެކަނި ފުދޭނެ ކަމެއް ނޫން...
ޔުމްނާ ޢަލީ
މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 490.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ. މިއީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 17.7 އިންސައްތައިގެ ކުރިއެރުމެކެވެ. އެމްޓީސީސީން އިއްޔެ އާންމުކުރި މާލީ ހިސާބުތަކުން ދައްކާގޮތުން، ދެވަނަ ކުއާޓަރުގައި ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 72.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ކުންފުނި ހިންގައިގެން 49.7 މިލިޔަން ރުފިޔާގެ ފައިދާއެއް ވަ...
އަލީ އާދިލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގަައި ރޭ ހައްޔަރުކޮށްފައިވާ މީހާގެ ބަންދަން 10 ދުވަސް ޖަހައިފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މުރުން 25 އަހަރުގެ މަސީޙް މޫސާ (ތ.ވިލުފުށި/ މަލަސް) އެވެ. ފުލުހުން މިރޭ ބުނިގޮތުގައި މަސީޙްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ތަހްގީގްގެ ބޭނުމަށް އޭނާ ގެންގުޅޭ […]
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތަޢާރަފުކޮށްފިއެވެ. މި އޮފާތަކުގެ ތެރޭގައި އުމްރާ އަދި ހައްޖު ދަތުރުތަކާއި، ބޯނަސް ޑޭޓާ އަދި އެހެނިހެން ޚާއްސަ އިނާޔަތްތައް ހިމެނެއެވެ. ލިވް އަންލިމިޓެޑް ކެމްޕެއިން އުރީދޫގެ 20 އަހަރުގެ ފާހަގަކުރުމުގެ ގޮތުން އެޕްރީލް މަހު ފެށި “ލިވް އަންލިމިޓެޑް” ކެމްޕެއިންގެ ދަށުން، 250 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަގެއްގެ ޚިދުމަތެއް ހޯދާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އެއްފަހަރު […...
އިބްރާހިމް އަސްވާޤް
އެމެރިކާގެ ނިޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓްގެ މުސްލިމް އޮފިސަރެއްކަމަށް ވާ ދިދާރުލް އިސްލާމް ހޯމަ ދުވަހު ބަޑީގެ ހަމަލާއެއްގައި މަރާލުމަކީ މުޅި ނިޔޯކް ފުލުހުންގެ ޢާއިލާއަށް ފުން ހިތާމައެއް ގެނެވިކަމެކެވެ. ބައެއް މީޑީއާތަކުން އެކަން ސިފަކޮށްފައި ވަނީ މުސްލިމް އޮފިސަރ ދިދާރުލް އިސްލާމް ދެން ނުފެނުނު ނަމަވެސް އޭނާގެ ހަނދާންތަކުގެ އަސަރު އަބަދަށް ދެމި ހުންނާނެކަމަށެވެ. އުމުރުން 36 އަހަރުގެ އޮފިސަރ ދިދާރުލް އިސްލާމް މަރާލާފައި ވަނީ މީހަކު، ނެޝަނަލް ފުޓްބޯޅަ ލީގުގެ ހެޑްކުއާޓާސް ހިމެނޭ މިޑްޓައުން ބިލްޑިނ...
ޔުމްނާ ޢަލީ