ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލި މީހެއްގެ ބަލި ނުދެނެގަނެވި ގިނަ ދުވަސް ވުމުން ފުރާނައަށް ނުރައްވާ ހިސާބަށް ދިޔަ ކަމަށް ބަލި މީހާގެ ޢާއިލާއިން ބުނެފިއެވެ.
ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބަލިވި މީހާގެ ޢާއިލާއިން ބުނެފައިވަނީ، އޭނާގެ ކޮއްކޮ ބަލިވެގެން ހަފްތާއެއްވަންދެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކި ކަމަށެވެ. އަދި އެ ދުވަސްތަކުގައި ކޮއްކޮގެ ބަލި ދެނެ ނުގަނެވުނު ކަމަށާއި އެންމެ ފަހުން ހަފްތާއެއް ވުމުން މާލެ ގެނައި ކަމަށްވެސް ޕޯސްޓްގައި ބުނެފައިވެއެވެ. އަދި މާލެ ގެނެސް ޑަކްޓަރަށް ދެއްކުމުން އެޕެންޑިކްސްގައި މައްސަލައެއް އުޅޭ ކަން އެނގުނު ކަމަށާއި ނަމަވެސް މާލެ ގެނައިރު، އެޕެންޑިކްސް ފަޅައިގެންގޮސް، ފުރާނައަށް ނުރައްކާވެފައިވާ ކަމަށްވެސް ޕޯސްޓްގައި ބުނެފައިވެއެވެ.
ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ މިހާރު އެޕެންޑިކްސްގެ ނުރައްކާތެރި ސާޖަރީއެއް ހަދާފައިވާ ކަމަށެވެ.
ޕޯސްޓްގައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑަކްޓަރުން ފަރުވާ ކުޑަކަންވެސް ފާހަގަކޮށްފައެވެ.
އައިޖީއެމްއެޗު ފިޔަވައި އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްދާ ގިނަ ފަރާތްތަކަކުން އެތަނުގެ ޚިދުމަތްތަކާއި ގުޅޭ ގޮތުން ދަނީ ޝަކުވާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!