ހއ. ކެލާގައި ފެތުރެމުންދާ ވަރުގަދަ ހުން ކޮންޓްރޯލްވެއްޖެކަމަށް އެރަށުގެ ސިއްހީ މަރުކަޒުން ބުނެފި އެވެ.
ކެލާގައި ހުން ފެތުރި އެ ރަށުގައި ހުރި ހަމައެކަނި ޑޮކްޓަރަށް ވެސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެކަމާ ގުޅިގެން އެރަށަށް އަތޮޅު ތެރެއިން އެހެން ޑޮކްޓަރެއް ގެނެސް މިހާރު ދަނީ ހިދުމަތްވެސް ދެމުންނެވެ.
އޮންލައިން މީޑިޔާ "ސަން" އަށް މަޢުލޫމާތު ދެއްވަމުން ކެލާ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަ އިބްރާހިމް ރުޝްދީ ވިދާޅުވީ ކެލާގައި މި އީދުތެރޭގައި ވައިރަލް ހުމާއި ބޭރަށް ހިންގުމާއި އަދި ހޮޑުލުން ވަރަށް ގިނައިން ފެންނަމުންދާ ކަމަށެވެ.
މިރޯގާގެ ސަބަބުން 10މިދިޔަ ބުރާސްފަތި ދުވަހު 40 ކޭސް ފެނުނެވެ. އަދި ވަރަަކަށް ކުޑަކުދިންނަށް ފަރުވާދީފައިވާއިރު މިހާރުވެސް ދެކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!