އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕަކީ އަބަދުވެސް ކޮންމެވެސް ކަމެއްގައި މީސްމީޑިޔާގައި ވައި ހިފާފައި ހުންނަ ރައީސެކެވެ. މިފަހަރުވެސް ޑޮނާލްޑް ޓްރަންޕްގެ ތަފާތު ވާހަކައެކެވެ. ޓްރަންޕް ޤައުމެއް ގަންނަން އުޅޭ ވާހަކައެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް ގްރީންލޭންޑް ގަތުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ވޯލް ސްޓްރީލް ޖާނަލް އިންވަނީ ކަށަވަރުކޮށްދީފައެވެ. އެނޫހުން ބުނެފައިވަނީ ޑޮނާލްޑް ޓްރަންޕް މިހާތަނަށް ދެ ފަހަރެއްގެ މަތިން އެމެރިކާގެ ވައިޓް ހައުސްގެ ލަފާދޭ ކޮމިޓީ ކުރެން ގްރީން ލޭންޑް ގަނެވޭނެ ގޮތެއް މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ޓްރަންޕް ގްރީންލޭންޑް ގަތުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އެޤައުމުގެ ބެލެނިވެރި ޤައުމުކަމުގައިވާ ޑޭންސް އިން ކޮންމެ އަހަރަކު ގްރީން ލޭންޑަށް ސަބްސިޓީގެ ގޮތުގައި ދޭ 423 މިލިޔަން ޑޮލަރު ނުދީ މަޑު ޖައްސާފައިވާތީއެވެ. ޓްރަންޕް ބޭނުންވަނީ އެޤައުމުގެ ސަރުކާރަށް ލާރި ދީގެން ޓްރަންޕްގެ އަމިއްލަ ޤައުމަކަށް ގްރީންލޭންޑް ހަދާށެވެ.
ގްރީން ލޭންޑަކީ 54،000 އެއްހާ މީހުން ދިރިއުޅެމުން އަންނަ ޤައުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!