ހދ.ކުޅުދުއްފުށީގައި ހިންގަމުން އަންނަ ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅުނީ ބޮޑު ޖަރީމާއެއް ކަމަށާއި އެތައް ބަޔަކަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވީތީ ޙަމްދު ކުރާ ކަމަށް ކުޅުދުއްފުށީ ހދ އަތޮޅު ކައުންސިލް މެންބަރު އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައިވަނީ، ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅެނީ ކޮން ޖަރީމާއެއްކަން އާތިފް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް "ތިލަދުން" އަށް އެނގިފައިވާ ގޮތުގައި އާތިފްގެ ޕޯސްޓްގައި އިޝާރާތްކޮށްފައިވަނީ 2017 ވަނަ އަހަރު އެ ސޮސައިޓީ އިން ވިއްކި ހިއްސާތަކުގެ މައްސަލައަށެވެ.
2017 ވަނަ އަހަރު ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ ރެޖިސްޓަރ ކުރުމަށްފަހު އޭރުވަނީ 20،000 ހިއްސާ ވިއްކުމަށް ނިންމާފައެވެ. އޭރު ހިއްސާއެއް ވިއްކުމަށް ހަމަޖެއްސީ 100 ރުފިޔާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!