މިނެ ކިރާފަ މޮޅު މީހާއަށް މޮޅު ގޮތް، ދެރަމީހާއަށްދެރަގޮތް ދައުލަތުން ހަމަޖެއްސުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށާއި ދައުލަތުން ދޭ އެއްޗެއް ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭނީ ހަމަހަމަކޮށް ކަމަށް އަޙްމަދު ހިޝާން ވިދާޅުވެއްޖެއެވެ.

"ވަކި މަޤާމަކަށް ދިއައިމަ އާސިއާން ޤައުމުތަކުން ބޭސްފަރުވާ އިންޝުއަރަންސް އިން ކުރެވިފަ، ނިކަމެތި މީހާއަށް އާސަންދަ ލިބުނީމަ މިއީ ހަމަޖެހޭ އުޞޫލެއް ނޫން. ބޭސް ފަރުވާއަކީ ހުރިހާ އިންސާނުންގެ އަސާސީ ޙައްޤެއް. މިނެ ކިރާފަ މޮޅު މީހާއަށް މޮޅު ގޮތް، ދެރަމީހާއަށް ދެރަގޮތް ދައުލަތުން ހަމަޖެއްސުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން. ދައުލަތުން ދޭ އެއްޗެއް ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭނީ ހަމަހަމަކޮށް." ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ އަޙްމަދު ހިޝާން ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

Ad
rt

ހިޝާން މިމޭރުމުން ވިދާޅުވެފައިވާއިރު ނިކަމެތިންނަށް އާސަންދަ ލިބެނީ އާސަންދަ ބޯޑަށް ދޭން ފެނިއްޖެ ހާލަތެއްގައިކަމަށާއި އިންޝުއަރަންސް ކާޑު ލިބިވަޑައިގަންނަވާ ބޭފުޅުން ބޭނުންފުޅު ކަމަކަށް ބޭސް ކުރެއްވުމުގެ ފުރުޞަތު އޮންނަކަމަށްބުނެ ގިނަބަޔެއް ޝަކުވާ ކުރެއެވެ. އަދި އާސަންދައިން ނުލިބޭ ބޭސްތައް ހުންނައިރު އެބޭފުޅުންނަށް ހަށިކޮޅަށް ބޭނުންވާ ވިޓަމިންތަކާއި "ޚާއްޞަ" ފަރުވާ ވެސް ލިބިވަޑައިގަންނަވާ ކަމުގެ ޝަކުވާ ގިނަ ބައަކު ދަނީ ކުރަމުންނެވެ.