ދުނިޔެ ހޫނުވުމުގެ ވާހަކަ އަބަދުވެސް ދައްކައެވެ. ނަމަވެސް އެކަމުގެ ނުރައްކާތެރި ކަމުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް، އެކަން ހައްލު ކުރަން ބަޔަކު މަސައްކަތް ކުރިޔަސް، އެމަކާ ދެކޮޅު ހަދާ ގިނަ ބަޔަކު އުޅޭކަން ފާހަގަ ކޮށްލެއެވެ. ނަމަވެސް މިހާރުގެ ތަފާސް ހިސާބުތަކުން ބަލާލާއިރު، ދުނިޔެ ހޫނުވުމަކީ އިންތިހާއަށް ކަންބޮޑު ވާން ޖެހޭ ކަމެއްކަން ހާމަވެގެންދެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ފިނި ހޫނުމިން ރަނގަޅު ގޮތުގައި މޮނިޓަރ ކުރެގެން ފެށީއްސުރެ، މިދިޔަ މަހަކީ ދުނިޔެ އެންމެ ހޫނުވި އެއް މަހެވެ. ދުނިޔޭގެ ފިނިހޫނުމިން ތަޙްލީލު ކުރާ ޖަމިއްޔާއެއް ކަމަށްވާ ބާކްލީ އާތް އިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ މިދިޔަ ޖުލައި މަހަކީ ދުނިޔެ އެންމެ ހޫނުވި މަސް ކަމަށާއި ޖުލައި މަހު، މީގެ ކުރިން ދުނިޔެ އެންމެ ހޫނުވި މަސް ކަމުގައިވާ 2016 ވަނަ އަހަރު އޯގަސްޓް މަހުގެ ރިކޯޑް އަދަދަށްވުރެ ހޫނުވެފައިވާ ކަމަށެވެ.
އާއްމުކޮށް ޖުލައި މަހަކީ ދުނިޔޭގެ ފިނި ހޫނުމިން މައްޗަށް ދާ މަހެކެވެ. ނަމަވެސް ދުނިޔެ އެންމެ ހޫނުވި 10 ޖުލައި އައިސްފައިވަނީ 2005 ގެ ފަހުގެ އަހަރުތަކުގައި ކަމުން، ދުނިޔެ ދުވަހެއް ދުވަހަކަށް ހޫނުވަމުންދާކަން އެނގޭ ކަމަށްވެސް ބާކްލީ އާތް އިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ.
ޖުލައި މަހު ދުނިޔެ އަށްވި ހޫނުގައި ދުނިޔޭގެ ބޮޑެތި ޖަންގަލި ތަކުގައި އަލިފާން ރޯވެ، ގިނަ ބަޔަކުވަނީ މަރުވެފައެވެ. އަދި ގިނަ ބައެއްގެ މުދަލަށްވަނީ ގެއްލުން ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!