ހދ ކުޅުދުއްފުށީގައި ހިންގަމުން އަންނަ ދިވެހި ރެޑް ކްރެސެންޓްގެ ބްރާޗަކީ ކުޅުދުއްފުށީގެ ތަަރައްޤީގައި މުހިންމު ރޯލެއް އަދާ ކުރަމުން އަންނަ ބައެއް ކަމަށާއި އެމީހުންގެ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ލަތީފް ވިދާޅުވެއްޖެއެވެ.

ދިވެހި ރެޑް ކްރެސެންޓަށް 10 އަހަރު ފުރުމާއި ގުޅިގެން އެމީހުންގެ މަސައްކަތް އަގު ވަޒަން ކުރުމުގެ ގޮތުން ނެރުއްވި ވީޑިއޯ ބަޔާނެއްގައި ކައުންސިލްގެ ރައީސް ވިދާޅުވީ، ކުޅުދުއްފުށީގައި ހުޅުވިފައި ހުންނަ ދިވެހި ރެޑް ކްރަސެންޓަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ބައެއް ކަމަށެވެ. އަދި ކުޅުދުއްފުއްޓަކީ ކޮންމެ އަހަރަކުވެސް ގިނަ ހަރަކާތްތަކެއް ހިނގަމުން އަންނަ ރަށަކަށްވެފައި، އަދި މި ހަރަކާތްތަކުގައ ރެޑް ކްރަސެންޓްގެ ބައިވެރިވުން ލިބިގެންދާ ކަމަށެވެ. އަދި ދިމާވާ ޤުދުރަތީ ކާރިޘާ ތަކުގައި ރެޑް ކްރަސެންޓް އިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

" ކުޅުދުއްފުއްޓަކީ ގިނަ މަސައްކަތްތަކެއް ހިނގާ، އަދި ގިނަ ކަންތައްތަކެއް ކޮންމެ އަހަރަކުވެސް ހިނގަމުން އަންނަ ރަށަކަށް ވާތީ މިހަރަކާތްތަކުގައި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ކޮންމެ ހަރަކާތެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެމުން ދާތީ "ރަށުގައި ދިމާވާ ޤުދުރަތީ ހާދިސާތަކުގައި ރެޑް ކްރެސެންޓްގެ ފަރާތުން ދައްކަމުން އަންނަ ނަމޫނާއަކީ ފާހަގަކޮށްލެވޭ ކަމެއް. ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ރެޑް ކްރެސެންޓް އިން ކުރާ ކޮންމެ ކަމެއްގައި ކައުންސިލުން އޮންނާނީ ރެޑް ކްރަސެންޓާ އެކުގައި ކަމަށާއި ދެވެން އޮތް ކޮންމެ އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. މިއީ އެބޭފުޅުންގެ މަސައްކަތަކީ ހިލޭ ސާބަހަށް ކުރަމުން އަންނަ މަސައްކަތަަކަށް ވެފައި އެބޭފުޅުން ކުރަމުން އަންނަ ކޮންމެ ކަމަކީ ކުޅުދުއްފުއްޓަށް ފައިދާ ހުރި ކަމެއް ކަމުގައިވާތީ ކަމަށްވެސް ކައުންސިލްގެ ރައީސް ފާހަގަކޮށްފައިވެއެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ވެސް ރެޑް ކްރެސެންޓް ޖަމާއަތެއް އޮންނަންވާނެކަން ފެނިގެން ކުރި ބުރަ މަސައްކަތުން އުފެދުނު ރެޑްކްރެސެންޓް ޖަމާއަތަކީ މިއަދު ރާއްޖޭގައި އިންސާނީ ހިދުމަތް ފޯރުކޮށް ދިނުމުގައި އެންމެ މުހިންމު އެއް ޖަމާއަތެވެ. އެ ޖަމާއަތް ރަސްމީކޮށް އިފްތިތާހު ކުރީ 2009 ވަނަ އަހަރު އޮގަސްޓްމަހުގެ 16 ވަނަ ދުވަހު އެވެ.