ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވިފައިވާއިރު، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހެއް ގާއިމްކުރަން ސަރުކާރުން ނިންމައިފިއެވެ. ލާމަރުކަޒީ ގާނޫނަށް ގެނަސްފައިވާ އިސްލާހަކާއެކު އިއްޔެ އިން ފެށިގެން އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ. އަތޮޅު ކައުންސިލްތައް އުވުނުނަމަވެސް ކޮންމެ އަތޮޅެއްގައި އަތޮޅު ކައުންސިލްގެ ކަންކަން ހިންގާ ބަލަހައްޓަން އިދާރީ އޮފީހުން ގާއިމުކޮށްފައި ހުރުމާއެކު، ދެން އެ އޮފީސްތަކަށާއި އެތަންތަނުގެ މުވައްޒަފުންނާމެދު...
ޔުމްނާ ޢަލީ
ދާދި ފަހުން ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން މުބާރާތެއް އިއުލާންކުރިއެވެ. ޝްރެޑެޑް ނުވަތަ ކުނޑިކޮށްފައިވާ ފައިސާގެ ނޫޓުތައް ބޭނުންކޮށްގެން ހަނދާނެއްގެ ގޮތުގައި ރައްކާކުރެވޭނެ ސުވެނިއަރ ފަރުމާކުރުމަށާއި އަސާސީ މާއްދާއެއްގެ ގޮތުގައި ކުނޑިކޮށްފައިވާ ނޫޓު ބޭނުންކޮށްގެން އާޓްވޯކް އުފެއްދުމުގެ މުބާރާތެކެވެ. މި މުބާރާތްތައް ސޯޝަލް މީޑިއާގެ މަންސަތަކުގައި އެ އޮތޯރިޓީން އިއުލާންކުރުމާއެކު އެއަށް ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓުތަކުގައި ނޫޓު ހަލާކުކުރަނީތޯ، ވީދައި ކުދިކުރުމަކީ މަނާކަމެއް ނ...
އިބްރާހިމް އަސްވާޤް
އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ދާއިމީ ސުލްހައަކަށް ދެ ގައުމުން ހުށަހަޅާފައިވާ ރަސްމީ ޝަރުތުތަކުގެ ތަފްސީލް އީރާނުގެ ފާރްސް ނިއުސް އޭޖެންސީން އާންމުކޮށްފިއެވެ. މި ރިޕޯޓުގައިވާ ގޮތުން، ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ދެ ފަރާތުން ވެސް ވަނީ ހަރުކަށި ޝަރުތުތަކެއް ކުރިމަތިކުރުވާފައެވެ. އެމެރިކާގެ މައިގަނޑު ހުށަހެޅުންތައް އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ނުދިނުމާއި، އީރާނުގެ އަތުގައި ހުރ...
ނާޒިމާ އަލީ
މަގުމަތި ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޒިންމާދާރުކަމާއެކު މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ. ނައިބު ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށާއި، އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިމާގެ ފަރާތުން ކޮށްދެވޭނެ...
ޔުމްނާ ޢަލީ
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ހުރިހާ ދަރިވަރުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްތަދަށް ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 343 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު މި ބެޗުގައި ދަސްވެނިވި ދަރިވަރުންގ...
ޔުމްނާ ޢަލީ
ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ސިޔާސީ ދާއިރާއަށް ނިކުންނެވިއިރު ރައްޔިތުންނަށް ވީ ވައުދުގެ މަތީގައި ސާބިތުވެ ހުރުމަށްކަމަށް ހއ. އަތޮޅު ކައުންސިލްގެ ރައީސްކަމުގެ ދައުރު ހަމަކުރެއްވި މޫސާ ޝަފީޤް ވިދާޅުވެއްޖެއެވެ. މޫސާ ޝަފީޤް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އަބަދުވެސް އުންމީދުކުރެއްވީ އޭނާ އަށް އިތުބާރުކޮށް ވޯޓުދެއްވި ރައްޔިތުން ރުހޭފަދަ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. މޫސާ ޝަފީޤް ފާހަގަކުރެއްވި...
ޔުމްނާ ޢަލީ
ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި ހާއްސަ ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހުޅުވާލައިފިއެވެ. ޒަކާތު ފަންޑުގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓާސް (ލެވެލް 9) އަދި ޕީއެޗްޑީ (ލެވެލް 10) އަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން އިސްލާމީ ޝަރީއާ، ގުރުއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާ […]
ޔުމްނާ ޢަލީ
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަރަކާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް އާދީއްތަ ދުވަހު އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން، އެ ސަރަހައްދުގައި އޮތް ނުތަނަވަސްކަން އިތުރުވެ، އީރާނު ހަނގުރާމައިގެ މެދުކެނޑުމަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. މި ހަމަލާ އަމާޒުވެފައިވަނީ ޕްލާންޓުގެ ބޭރު ފަރާތުގައި ހުރި އިލެކްޓްރިކަލް ޖަނަރޭޓަރަކަށެވެ. މީގެ ސަބަބުން އެތަނުގައި އަލިފާން ރޯވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ނިއުކްލިއަރ ރޭޑިއޭޝަން ބޭރުވުން ފަދަ ނުރައްކާތެރި ހާދިސާ...
ނާޒިމާ އަލީ
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ނިމުނު ދައުރުގައި ވެސް އެމަގާމު ފުރުއްވެވި ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަބްދުﷲ (ރޯޒޭ) ޢައްޔަނުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ކުކުޅުދުއްފުށި ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ޢާންމު ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރގެ މަގާމަށް ކައުންސިލަރެއް އައްޔަންކުރުމަށް އެޖެންޑަރ ކުރެވި ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޑެޕިއުޓީ މޭޔަރުކަމަށް ހުށަހެޅުނީ ރޯޒޭގެ ނަން ކަމަށެވެ. އަދި އެ ނަން ކައުންސިލް […]
ޝިއުނާ އާދަމް
މިދިޔަ އޭޕްރިލް ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، އެ އިންތިޚާބުގައި އެއްވަރުވެގެން ވޯޓުނެގި ރަށްތަކުން އިންތިޚާބުވި މެމްބަރުން މިއަދު މަގާމުގެ ހުވާކޮށް ރަސްމީކޮށް މަގާމާއި ހަވާލުވެއްޖެއެވެ. ލޯކަލް ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބުވި މެމްބަރުންގެ ހުވާކުރުން މިއަދު ހެނދުނު 10:10 އިން ފެށިގެން މެންދުރުފަހު 15:00 ހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު، ހުވާކުރުުމަށްފަހު ސިޓީތަކުން ޑެޕިއުޓީ މޭޔ...
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް އެހެން ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލި މައްސަލަ ސާހިލްގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ. މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2022 ގައި، ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، […]
ހުސައިން ހަބީބް
ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޝަމްހޫޒާ އަހުމަދު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑްގެ، ޗެއަރމަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ސ. ފޭދޫ ނާޒުކީގޭ އަލްފާޟިލާ ޝަމްހޫޒާ އަޙުމަދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ޝަމްހޫޒާ އަހުމަދު އެމްޑަބްލިޔުއެސްސީގެ ބޯޑުގ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” އާނ. މި ދަނީ މިހާރު.” އެހެން ބުނެ އޭނާ ހިނގައިގަތީ މާޔާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. މާޔާއަށް އިނދެވުނީ ކަޅި ޖަހައިނުލާ އާއިޒަށް ބަލަހައްޓައިގެންނެވެ. ހައެއްކަ ފޫޓު ދުރަށް ގޮސް، ކުއްލިއަކަށް އާއިޒް ހުއްޓި ފަހަތް ބަލައިލިއެވެ. އެއާއެކު މާޔާއަށް ވެސް ތެދުވެވުނެވެ. އެ ވަގުތު އާއިޒް އަތުން ބާއީ ކިޔާލިތަން މާޔާއަށް ފެނުނެވެ. އަވަސް އަަވަހަށް މާޔާއަށް ވެސް އަތް އުފުލައިލެވުނެވެ. ލަސްނުކޮށް އާއިޒް ދުރަށް ހިނގައިގަތުމާއެކު މާޔާއަށް ހިނިތުން […]
ސަލާމާ ޢަބްދުލް ޢަލީމް
ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެންގެވުމާއެކު އެ ރަށުގައި ތަރައްޤީކުރި “ހިޔަލަ ޕާކް” ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކަކީ އެ ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކޮށްދިނުމުގެ މަޤްޞަދުގައި ތަރައްޤީކުރި ތަނެކެވެ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަކީ އެ ކޮމިޓީގެ ފުރަތަމަ ދައުރުގެ މެންބަރުންގެ ވަރަށް ބޮޑު އިސްނެންގެވުމަކާއެކު ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. މި ޕާކަކީ ރަށުގެ ރައްޔިތުން ހ...
ޝިއުނާ އާދަމް
ހދ. މަކުނުދޫގައި އަލަށް ގާއިމުކުރި ލައިސަންސް ޓްރެކާއި ކައުންސިލް އިދާރާގެ އައު “މީޓިންގ ރޫމް” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިއީ މަކުނުދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގާއިމުކުރެވުނު ދެ ޚިދުމަތްކަމަށް މަކުނުދޫ ކައުންސިލުން ވަނީ ބުނެފައެވެ. މަކުނުދޫގައި އަލަށް ތަރައްޤީކުރި ލައިސަންސް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތާއި، އުންސިލް އިދާރާގެ އައު “މީޓިންގ ރޫމް” ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ބާއްވ...
ޔުމްނާ ޢަލީ
ހދ. މަކުނުދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙްކޮށްފިއެވެ. މި ވެބްސައިޓް އިފްތިތާޙްކޮށްފައި ވަނީ 14 މޭ 2026 ދުވަހުގެރޭ ނިމިދިޔަ ކައުންސިލްގެ 4 ވަނަ ދައުރުގެ ތެރޭގައެވެ. މަކުނުދޫ ކައުންސިލުން ބުނިގޮތުގައި މި ވެބްސައިޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނާއި ގާތުން ދެފުއްފެންނަ ގޮތަށް ޚިދުމަތް ދިނުމަށްޓަކައި އެ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެއްކަމަށެވެ. މި ވެބްސައިޓަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކައުންސިލްގެ މަސައްކަތްތައް ޒަމާނީކޮށް، މައުލޫމާތާއި ޚިދުމަތްތައ...
ޔުމްނާ ޢަލީ
ވ.އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ބުރާސްފަތި ދުވަހު ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުއްވަނިކޮށް އިއްޔެ ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ރޭ ބާއްވައިފިއެވެ. މަހުދީގެ ކަށުނަމާދު އޮތީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. އޭނާ ފަސްދާނުލާފައިވަނީ މައްޗަންގޮޅީ އާސަހަރާގައެވެ. މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދިފާޢީ ވަޒީރު ޙަސަން ރ...
ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލްގެ ހަތަރު ވަނަ ދައުރަކީ އަތޮޅުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖޭގެ ގިނަ ރައްޔިތުން ބަލައިގަތް ފަދަ ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގުނު ދައުރެއް ކަމަށް އެ ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، މި ހިނގާ ދައުރުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އެކި މުބާރާތްތަކުން ރަންވަނަތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތައް ރޭންކު ކުރާ އެންމެ މަތީ ދަރަޖަ ހޯދައި، ރާއްޖޭގެ އެންމެ މަތީ […]
ޔުމްނާ ޢަލީ