ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެންގެވުމާއެކު އެ ރަށުގައި ތަރައްޤީކުރި "ހިޔަލަ ޕާކް" ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޕާކަކީ އެ ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކޮށްދިނުމުގެ މަޤްޞަދުގައި ތަރައްޤީކުރި ތަނެކެވެ.

Ad
rt

މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަކީ އެ ކޮމިޓީގެ ފުރަތަމަ ދައުރުގެ މެންބަރުންގެ ވަރަށް ބޮޑު އިސްނެންގެވުމަކާއެކު ކުރިއަށް ގެންދެވުނު މަސައްކަތެކެވެ.

މަކުނުދޫ އަންހެނުންގެ ކޮމެޓީން ތަރައްގީކުރި ހިޔަލަޕާކު، ފޮޓޯ: މަކުނުދޫ އތމ. ކޮމެޓީ

މި ޕާކަކީ ރަށުގެ ރައްޔިތުން ހަވީރު ފިނިކޮށްލުމަށާއި، އާއިލީ ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށް ކޮމިޓީން އުންމީދު ކުރެއެވެ. ޕާކު ތަރައްޤީކުރުމުގައި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ބޭނުންވާނެ ހިތްފަސޭހަކަން ފޯރުކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ.

މަކުނުދޫ އަންހެނުންގެ ކޮމެޓީން ތަރައްގީކުރި ހިޔަލަޕާކުގައޮ ކޮމެޓީގެ ބައެއް މެމްބަރުން، ފޮޓޯ: މަކުނުދޫ އތމ. ކޮމެޓީ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މި މަސައްކަތް ނިންމާލުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މަކުނުދޫ އަންހެނުންގެ ކޮމެޓީން ތަރައްގީކުރި ހިޔަލަޕާކު، ފޮޓޯ: މަކުނުދޫ އތމ. ކޮމެޓީ

މިފަދަ ތަންތަނުގެ ސަބަބުން ރަށުގެ އިޖުތިމާޢީ ދިރުން އިތުރުވެ، ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން ބަދަހިވެގެންދާނެއެވެ.