ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ މާލީ ބަޔާންތައް އިއްޔެ އާންމުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާންމުކުރެއްވި މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެމަނިކުފާނަށް މުސާރައިގެ ގޮތުގައި 285,024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ކުލީގެ ގޮތުގައި 240,000 ރުފިޔާ ލިބިވަޑައިގެނ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް އިތުރު ބޭންކަކަށް، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ. މި ލައިސަންސް ދޫކޮށްފައިވަނީ މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެމްއެމްއޭގެ ފަރާތުން މި ލިޔުން ހަވާލުކޮށްދެއްވީ ގަވަރނަރު އަހްމަދު މުނައްވަރެވެ. މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިލިޔުމާއި ހަވާލުވެފައި ވަނީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އެވެ. އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، 19 މެއި 2025 ގައ...
ޔުމްނާ ޢަލީ
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމީ މަރުކަޒަކަށް ހޯމަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި، ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހިމެނޭހެން ޖުމްލަ ފަސް މީހުން މަރުވެއްޖެ ކަމަށް އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މި ހަމަލާ ދީފައިވަނީ ސެން ޑިއޭގޯގެ ކްލެއާމޮންޓް ސަރަހައްދުގެ އެކްސްޓްރޯމް އެވެނިއު ކައިރީގައި ހުންނަ އިސްލާމިކް ސެންޓަރުގައެވެ. ސެން ޑިއޭގޯގެ ޕޮލިސް ޗީފް ސްކޮޓް ވާލް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާގައި މަރުވި […]
ނާޒިމާ އަލީ
ވ. އަތޮޅުގެ “އަލިމަތާ ކޭވްސް” އަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި ބައިވެރިވުމަށް، ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ފީނުންތެރިންގެ ޓީމެއް މިއަދު ރާއްޖެ އައިސް އެ ހަށިގަނޑުތައް ހޯދުމުގައި މިހާރު ކާމިޔާބު މަސައްކަތެއް ކޮށްފައިވާއިރު، އެ ޑައިވަރުންނަކީ 2018 ވަނަ އަހަރު ތައިލެންޑުގެ ތަމް ލުއަންގް ހޮހަޅައިގައި ތާށިވި 12 ކުޑަކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތްކުރުމުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަނުގައި ވެސް މުހިންމު ދައުރެއް އަދާކުރ...
ނާޒިމާ އަލީ
އެމެރިކާގެ އެކި ސްޓޭޓްތަކުގައި ހުންނަ ތެޔޮ އަޅާ ސްޓޭޝަންތަކުގެ ތެޔޮ ރައްކާކުރާ ޓޭންކުތަކުގެ މިންވަރު ބަލާ ސިސްޓަމްތަކަކަށް އީރާނުގެ ހެކަރުން ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފިއެވެ. މި ހެކަރުން ބޭނުންކޮށްފައިވަނީ އިންޓަނެޓާ ގުޅާލާފައި ހުރި ނަމަވެސް، އެއްވެސް ޕާސްވޯޑަކުން ރައްކާތެރިކޮށްފައި ނުވާ “އޮޓޮމެޓިކް ޓޭންކް ގޭޖް” (އޭޓީޖީ) ސިސްޓަމްތަކުގެ ނާޒުކުކަމެވެ. މީގެ ސަބަބުން، ހެކަރުންނަށް އެ ސިސްޓަމްތަކުގެ ތެރެއަށް ވަދެގަތުމުގެ ފުރުސަތު...
ނާޒިމާ އަލީ
މާލެ އަށް ދަތުރުކުރަނިކޮށް މިއަދު ފަޅައިގެން ދިޔަ ލޯންޗަކީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗެއްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ލޯންޗް ފަޅައިގެން ދިޔައީ ހުޅުމާލެއާ ހިސާބުގައި އޮއްވައެވެ. ލޯންޗް ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ކަނޑަށް ބޭލީކަމަށް އެމްއެންޑީއެފުން ބުންޏެވެ. ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން މިހާރު ވަނީ ސަލާމަތްތ...
ޝިއުނާ އާދަމް
ލޯންޗެއް ފަޅައިގެންގޮސް، އޭގައި ތިބި މީހުން ކަނޑުވުމާ ގުޅިގެން މެރިން ޕޮލިހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މާތިލަފުށިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ދިއުމާ ގުޅިގެންނެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު، ކަނޑުވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. “މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިހުގެ ލޯންޗު އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން” ފުލުހުން ބުންޏެވެ. ނަމަވެސް އެ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. ހިރިމަރަދޫ ކައުންސިލާއި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި އެކައުންސިލްތަކުގެ އިދާރާތައް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި މިކަން ހާމަކޮށްފައިވާއިރު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައިކަން އެ ދެންނެވުމުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމު...
ޔުމްނާ ޢަލީ
އެޕަލް ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އަގުހެޔޮ މޮޑެލްއެއްގެ ގޮތުގައި ފާހަގަކުރެވޭ “އައިފޯން 17އީ” 2026 ވަނަ އަހަރުގެ މާރިޗު މަހު ނެރެފައިވާއިރު، މި އައު ފޯނުގެ އެތެރޭގެ މުހިންމު ދެ ބައެއް ކަމަށްވާ “ސީ1އެކްސް” ސެލިއުލާ މޮޑެމް އަދި “އެން1” ވައިރލެސް ޗިޕް ފަރުމާކޮށްފައިވަނީ އިސްރާއީލުގައި ހުންނަ އެޕަލްގެ އިންޖިނިއަރިންގ ޓީމުތަކުން އެޕަލުން ބުނެފިއެވެ. އެޕަލް އިން ބުނި ގޮތުގައި، މި ދެ ޗިޕަކީ ވެސް އިސްރާއީލުގެ ހެރްޒްލިޔާ އަދި ހައިފާގައި ހުންނަ އެޕަލްގެ ރިސާޗް އެންޑް […]
ނާޒިމާ އަލީ
ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ނުފެނި ތިބި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. މި ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގެއްލުނު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތުގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހާ...
ޔުމްނާ ޢަލީ
ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ 2026 މެއި 18 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:57 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެ...
ޔުމްނާ ޢަލީ
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅުނު 2،304،200 ސިނގިރޭޓު ސްޓިކްސް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެއްޗަކީ ކަނޑުމަގުން ސިއްރުން އެތެރެކުރަން އުޅެނިކޮށް އަތުލައިގެން ތަކެއްޗެވެ. މި ތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު މާލޭގެ ކޮމާޝަލް ހާބަރުންނެވެ. ފާއިތުވި އަހަރުތަކުގައި ސަރުކާރުން ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ މަތިކުރުމާ ގުޅިގެން، ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން ކަސްޓަމް...
ޔުމްނާ ޢަލީ
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޢުޒިޔާ ފޮނުއްވައިފިއެވެ. ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާރޫޤް އަޙްމަދަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށެވެ. ވަކީން ޚާއްޞަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި އޭނާ ވަނީ ބޮޑެތި ޚި...
ޝިއުނާ އާދަމް
އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތް ކައިރީގައި ހުރި ފަލަސްޠީނުގެ ބިންތަކާއި ޢިމާރާތްތައް އަތުލުމަށް އިސްރާއީލުން ނިންމި ނިންމުން ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ނިންމުމަކީ “ނަސްލު ނައްތާލުމުގެ” އަމަލެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ. އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ބުނީ، ގުދުސްގެ ބާޒާރުމަތީ ސަރަޙައްދުގައި ހިމެނޭ ބާބުލް ސިލްސިލާ އަވަށުގެ ބިންތައް އަތުލުމަށް އިސްރާއީލ...
ނާޒިމާ އަލީ
ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި އިއްޔެ 5-0 އިން މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ. 16 މެއިގައި ހަނިމާދޫ 2-1 އިން ބަލިކުރުމުން ދިއްދޫ އަށް އޮތީ ލީގު ކަށަވަރުވެފައެވެ. ދިއްދޫ އަށް ލީގު ކަށަވަރުވިއިރު، އިއްޔެ އޭދަފުށި މެޗަށް ނުކުތްއިރު އެޓީމު އޮތީ ގޯލުގެ ތަފާތުން ތާވަލުގެ ތިން ވަނާގައެވެ. އިއްޔެގެ މެޗާއި ހަމައަށް އޭދަފުއްޓާއި ހަނިމާދޫ އަށް ވެސް ކޮންމެ ޓީމަކަށް ލިބިފައި އޮތީ ހަ ޕޮއިންޓެވެ. […]
އަޙްމަދު ވަހީދު
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މޯލްޑިވިއަނުން މި ދަތުރުތައް ބާއްވަނީ އޮސްޓްރޭލިއާގެ މެލްބަންއަށެވެ. ކޮންމެ ހަފުތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން އޮސްޓްރޭލިއާއަށް ފްލައިޓް ފުރާނީ ކޮންމެ އާދިއްތަ ދުވަހަކުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް ދަތުރުކުރާނީ ކޮންމެ އަންގާރަ ދުވަހަކުއެވެ. މި ދަތުރުތަކަށް ގާތްގަނޑަކަށް 10 އާއި 11 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވާނެ ކަމަށް...
ޔުމްނާ ޢަލީ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ފޯނުން ގުޅައި، އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އިސްރާއީލުގެ ޗެނަލް 7 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 30 މިނެޓަށް ވުރެ ގިނަ އިރަށް ދެމިގެންދިޔަ މި ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ “އީރާނުގައި އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު އޮތް މިންވަރާ” ބެހޭގޮތުންނެވެ. މި މަޝްވަރާތ...
ނާޒިމާ އަލީ
އީރާނުން އެމެރިކާއަށް އެއްވެސް ވަރަކަށް “އިތުބާރު ނުކުރާ” ކަމަށާއި، ނަމަވެސް އެމެރިކާއަކީ ސީރިއަސް ބައެއް ނަމަ މަޝްވަރާ ކުރުމުގެ ޝައުގުވެރިކަން އެބައޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ. ބްރިކްސްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވީ، އީރާނާއެކު ހަނގުރާމައިގައި އުޅޭ ގައުމުތައް ފިޔަވައި އެހެން ހުރިހާ އުޅަނދުފަހަރަކަށް ސްޓްރެއިޓް އޮފް ހޯމޫޒް ހުރަސ...
ނާޒިމާ އަލީ