މިހާތަނަށް ދިވެހިރާއްޖެއިން ހަންޓާ ވައިރަސް ފެނިފައިވާކަމުގެ ނުވަތަ އެ ބަލި ޖެހިފައިވާ މީހަކު ހުރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ. ހެލްތް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިހާތަނަށް ދިވެހިރާއްޖެއިން ހަންޓާ ވައިރަސް ފެނިފައިވާކަމުގެ ނުވަތަ އެ ބަލި ޖެހިފައިވާ މީހަކު ހުރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާކަމަށެވެ. އަދި މި ބައްޔާ ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެގޮތުން، ކަމާބެހޭ އިދާރާތަކުން ދަނީ މިކ...
ޔުމްނާ ޢަލީ
ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ. މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު ބާއްވަން ނިންމާފައި ވަނީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. މައްޔިތާ އަށް ޒިޔާރަތް ކުރުން ވެސް ބާއްވަން ނިންމާފައި […]
ޔުމްނާ ޢަލީ
އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، އެ ސްޓޭޓްގެ ސަރުކާރުން ޚާއްޞަ ފައިސާގެ އިނާމުތަކެއް ދިނުމަށް ނިންމައިފިއެވެ. އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން. ޗަންދްރަބާބޫ ނައިޑޫ އިޢުލާން ކުރެއްވި ގޮތުގައި، ތިންވަނަ ދަރިއަކު ލިބޭ އާއިލާތަކަށް 30،000 ރުޕީސް އަދި ހަތަރުވަނަ ދަރިއަކު ލިބޭ އާއިލާތަކަށް 40،000 ރުޕީސް ސަރުކާރުން ދޭނެއެވެ. މި ނިންމެވުން އިޢުލާން ކުރެއްވީ ސްރީކަކުލަމް ޑިސްޓްރިކްޓްގެ ނަރުސަންނަޕެޓާގައި ބޭއްވި ‘ސްވަރުނަ އަންދްރަ، ސްވަޗް އަންދްރަ’ ސާފުތާހި...
ނާޒިމާ އަލީ
ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތްކުރައްވަން ނިންމަވައި، ނޫސްވެރިކަމުގެ ދިފާޢުގައި މަސައްކަތްކުރަށްވާނެކަމަށް ރޭ ވިދާޅުވެފައިވާތީ، ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީޚުގައި އެންމެ ނުފޫޒުގަދަވި އެއް ނޫސް ކަމަށްވާ “ހަވީރު” ނޫސް ހުއްޓުވާލުމާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފިއެވެ. ލަ...
އަލީ އާދިލް
ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވުމުގެ ހިތާމާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަހުދީގެ ޢާއިލާ އަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ...
ޝިއުނާ އާދަމް
ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހއ. ދިއްދޫ މިއަދު ހޯދައިފިއެވެ. ދިއްދޫ އަށް ޗެމްޕިއަންކަން ކަށަވަރުވީ މިއަދު ހަނިމާދޫގައި ކުޅުނުމެޗު 2-1 އިން ހަނިމާދޫ ބަލިކޮށް، ދިއްދޫ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވުމުގެ ރެކޯޑާއެކު 15 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި 3 މެޗު ބާކީ އޮތް ނަމަވެސް ޓީމުތަކަށް ލިބިފައިވާ ޕޮއިންޓަށް […]
ޔުމްނާ ޢަލީ
އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ ރިމާލް އަވަށުގެ މީހުން ދިރިއުޅޭ އިމާރާތަކަށް ރޭ ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، ހަމާސްގެ އަސްކަރީ ގޮފިކަމަށްވާ އަލް-ގައްސާމް ބްރިގޭޑްސްގެ ޖެނެރަލް ކޮމާންޑަރު އިއްޒުއްދީން އަލް-ހައްދާދު (އަބޫ ސުހައިބު) ޝަހީދުކޮށްލައިފިއެވެ. 2026 މެއި 15 ވީ ހުކުރު ދުވަހުގެ ރޭ ދިން މި ހަމަލާގައި، ކޮމާންޑަރު އަލް-ހައްދާދުގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅު ވެސް ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މި ހަމަލާގައި ޖުމްލަ 7 މީހުން ޝަހީދުވެފަ...
ނާޒިމާ އަލީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒާތީ ދިރިއުޅުއްވުމާ ބެހި، އެމަނިކުފާނުގެ އަބުރުފުޅު ކަތިލުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެމަނިކުފާނުގެ ސަޚްޝިއްޔަތަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އިޤްބާލް ވިދާޅުވީ، ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާގެ އަބުރު ކަތިލަން އޮތް ޙުއްޖަތެއް ނޫން ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީން ދީފައިވާ ޙައްޤ...
ޔުމްނާ ޢަލީ
ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލަކު މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީއެވެ. އެމްއެންޑީއެފުން މަޢުލޫމާތުދިން ގޮތުގައި، މަހުދީ ނިޔާވީ ގެއްލިފައިވާ ޑައިވަރުން ހޯދުމަށް މިއަދު ފީނަމުން ދަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ވާއު އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ސަ...
ޔުމްނާ ޢަލީ
އަންނަ ހަފުތާގެ ކުރީކޮޅު އިރާނުގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ޙަމަލާތަކެއް ދިނުމަށް އެމެރިކާއާއި އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާކަމަށް ލީކުވި ޖާސޫސީ މައުލޫމާތާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަލުން ރިޕޯޓްކޮށްފިއެވެ. މިކަމާ ގުޅޭ ތަފްސީލީ މަޢުލޫމާތުތައް އެންމެ ފުރަތަމަ “ނިއުޔޯކް ޓައިމްސް” އިން ރިޕޯޓްކޮށްފައިވާއިރު، ”ސީ.އެން.އެން”، “ޓައިމްސް އޮފް އިސްރާއީލް” އަދި “ޓައިމްސް އޮފް އިންޑިއާ” ފަދަ ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ މި ޖާސޫސީ މަޢުލޫމާތުތަ...
ނާޒިމާ އަލީ
ށ. ފުނަދޫ ކައުންސިލް ހުނިޖަހައިލެވެނީ ކޮންމެ ދައުރެއްގައިހެން އުތުރުގެ ސަރަހައްދުން އެންމެ ހިންގުންތެރި އެއް ކައުންސިލްގެ ގޮތުގައެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެކި އެވޯޑްތައް އެ ކައުންސިލުން ހޯދަމުންދާ މިންވަރު ފުދެއެވެ. ފުނަދޫއަށް މިއަދު އައިސްފައިވާ ތަރައްގީގެ ފަހަތުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި އިހުލާސްތެރި ގުރުބާނީތަކެއް ވާއިރު، އޭގެ ތެރެއިން ފޭއްދިގެން އަންނަ އެއް ނަމަކީ ކައުންސިލްގެ މިނިމިދާ ދައުރުގެ ރައީސް އަހްމަދު އިބްރާހީމްފ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، އެ އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި “އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ގުޅިގެން، 2026 މެއި 12 އިން 14 އަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ރެކޯޑުތައް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބައިނަލްއ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ރީތި ކަނޑުއަޅިތަކާއި ހޮހަޅަތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަންތަނަށް ވީނަމަވެސް، ބައެއް ފަހަރު މިފަދަ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ހިނގައެވެ. ބުރާސްފަތި ދުވަހު، ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޅި ހޮހަޅައަކަށް ފީނަން އުޅުނު އިޓަލީގެ ތަޖުރިބާކާރު ފަސް ފީނުންތެރިންގެ މަރުގެ ހާދިސާއަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ޑައިވިންގ ހާދިސާގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. މި ހާދިސާ އާއި ގުޅޭގޮތުން ދާއިރާގެ ތަޖުރިބާކާރުންގެ ބަސް ހޯދައިގެން އިނގ...
އަލީ އާދިލް
އީރާނަކީ ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ތާރީޚީ ގޮތުން އިސް ދައުރެއް އަދާކުރަމުން އަންނަ ގައުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އަރާގްޗީ މިހެން ވިދާޅުވީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރާއެކު ބޭއްވެވި މުހިންމު މަޝްވަރާތަކަށްފަހުގައެވެ. މި ބައްދަލުވުމަކީ ވަރަށް ބިނާކުރުވަނިވި އަދި ނަތީޖާ ނެރެވޭ ބައްދަލުވުމެއްގެ ގޮތުގައި އޭނާ ސިފަކުރެ...
ނާޒިމާ އަލީ
ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި، އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައިވާ ގޮތުން، މިހާރުގެ ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފުވަމުންދާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންދާ ކަމަށް ތިން ރައީސުން ވަނީ ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި، ނޫސްވެ...
އަލީ އާދިލް
ތިލަދުންމަތީ ދެކުނުބުރީ (ހދ.) ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ކުރިނބީ ކައުންސިލުން ބުނިގޮތުގައި ރަސްމީކޮށް މިއޮފީސް އިމާރާތް ހުޅުއްވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް އާއި ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް އެވެ. ކުރިނބީ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއަކީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެވ...
ޔުމްނާ ޢަލީ
ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވިދާޅުވީ ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮ...
ޔުމްނާ ޢަލީ
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައާއި ގަތުލުއާންމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، މިއަހަރު ބާއްވާ ޔޫރޯވިޜަން ލަވަ މުބާރާތް ބޮއިކޮޓް ކުރުމަށް ސްޕެއިން އިން ނިންމައިފިއެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހުކުރު ދުވަހު ވިދާޅުވީ، މި ނިންމުމާއެކު ސްޕެއިން އޮތީ “ތާރީޚުގެ ރަނގަޅު ފަރާތުގައި” ކަމަށެވެ. އޮސްޓްރިއާގެ ވިއެންނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގެ ކުރިން، އެކްސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ސަންޗޭޒް ވިދާޅުވީ، ޣައިރު ގާނޫނީ ހަނގުރ...
ނާޒިމާ އަލީ