ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 180 އަށް އަރައިފިއެވެ.

ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، މުޙައްމަދު މުސްތަފާ "ތިލަދުން"އަށް ވިދާޅުވީ، ރެޔާއި ހަމައަށް އެރަށުން 180 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Ad
rt

މިހާތަނަށް އެރަށުން ޖުމްލަ 687 ސާމްޕަލެއް ވަނީ ނަގާފައެވެ.

"ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އެކަކު ހިމެނޭ. މީގެ އިތުރުން 10 އަހަރުން ދަށުގެ 65 ކުދިންނާއި 65 އަހަރުން މަތީގެ 6 މީހުންނާއި ދާއިމީ ބޭސްކާ 6 މީހުން ހިމެނޭ" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނޮޅިވަރަމްގެ މިހާރުގެ ޙާލަތަށް ބަލާއިރު ނޮޅިވަރަމް ސިއްހީ މަރުކަޒުގެ 2 މުވައްޒަފުން މީގެ ކުރިން ކޮވިޑު ބަލީގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ. އަދި މިއަދު ސިއްހީ މަރުކަޒުގެ ނަރުހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

https://thiladhun.wonstasite.com/72153

މުސްތަފާ ވަނީ މިހާލަތުގައި ރަށުގެ ސިއްހީ މަރުކަޒުގެ ވަސީލަތްތައް ހުރިގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން އެ މަރުކަޒަށް ދިމާވެފައިވާ މުވައްޒަފުންގެ ތާށިކަމާއި، އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ބަލިމީހުން އުފުލަމުން ދަނީ އަދިވެސް ރަށު ޕިކަޕް ތަކުގަޔާއި ޕިކަޕް ތަކުގަޔާއި ސައިކަލް ތަކުގަ. މިއަދުވެސް ވަނީ ކަރަންޓީން ކުރެވިފައިވާ ގެއަކުން ބަލި މީހަކު ޕިކަޕަށް ލައިގެން ސިއްހީ މަރުކަޒަށްވަނީ ގެންގޮސްފަ." މުސްތަފާ ވިދާޅުވިއެވެ.

ނޮޅިވަރަމުން ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުވެއެވެ. އެއީ 7 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 5 ކުޑަކުދިންނާއި ބޮޑު 2 މީހެކެވެ.

28 އޯގަސްޓް ކްލަސްޓާއާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށް މޮނިޓިންގެ ހާލަތަށް ވެސް ގެނެސްފައެވެ.