ހުތުބާ ކިއުމަށާއި ހުކުރު ކުރުމަށް ހުރަސް އެޅި، 22 މީހަކު ސައުދީ އަރަބިއްޔާގައި ޖަލަށްލައިފި އެވެ. ސައުދީ އަރަބިއްޔާގެ ތޯއިފްގެ ކްރިމިނަލް ކޯޓުން މި 22 މީހުން ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ހުކުރު ދުވަހެއްގައި ހުތުބާ ކިއުމަށާއި އިމާމްވެ ހުކުރު ކުރުމަށް ހުރަސްއެޅުމާއި ގުޅިގެންނެވެ. މީގެ ތެރެއިން 3 މީހަކު 10 ދުވަހަށް ޖަލަށްލާފައިވާއިރު، 19 މީހަކު 2000 ސައުދީ ރިޔާލްއިން ޖޫރިމަނާކޮށް 1 މަސްދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. މިމީހުން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެމީހުން މިސްކިތުގެ […]
އަޒްފާ ރަޝީދު
މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން “ޓީޗާރސް ރަޖިސްޓްރޭޝަން ބޯޑު” ގެ ނަމުގައި ބޯޑެއް އެކުލަވާލައިފި އެވެ. މިކަމާއި ގުޅުގެން އެ މިނިސްޓްރީން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މި ބޯޑަކީ ރާއްޖޭގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދާފައިވާ ބޯޑެއްކަމަށެވެ. އެގޮތުން، އެ މިނިސްޓްރީން އެލުލަވާލެއްވި ބޯޑުގެ ރަޖިސްޓްރާރ އެއްގޮތުގައި ހަރަކާތްތެރިވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޢާއިޝަތު ޢާޠިޔާ ނަޞީރު އެވެ. އަދި އެޑިޔުކޭޝަނަލް މެނޭޖްމ...
އަޙްމަދު އަރުޝަމް
ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން މޮނިޓަރިންއަށް ލާފައި އޮތް ހދ. ނޮޅިވަރަމަށް އެހީތެރިވާން ބޭނުންވާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ އަވައްޓެރި ނޮޅިވަރަމުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވުމާއި ގުޅިގެން އެރަށަށް އެހީތެރިވުމުގެ ފުރުސަތު، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މިހާރު ވާނީ ހުޅުވާލެވިފަ ކަމަށެވެ. އެގޮތުން، އެެ ސިޓީގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭނެ ތަފާތު ވ...
އަޙްމަދު އަރުޝަމް
ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާހް ކޮށްފިއެވެ. އެ މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ޖޮބް ސެންޓަރުގެ ޙިދުމަތް އަލިފުށީގައި އިފްތިތާޙް ކުރުމަށްޓަކައި، އެއްބަސްވުމެއްގައި ސޮއިކޮށް، ވަޒީފާގެ ވަރޗުއަލް ޕްލެޓްފޯމް އިތުރަށް ފުޅާކުރުމުގެ ގޮތުން، މޮބައިލް އެޕްއެއް ލޯންޗްކުރުމަށް އިއްޔެ އެރަށުގައި ހަފްލާއެއް ބޭއްވިފައިވާ ކަމަށެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދ...
އަޙްމަދު އަރުޝަމް
ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއާޕޯޓް ރަންވޭއާއި ޓެކްސީވޭ، އޭޕްރަން އަދި ފަޔާ ޕެޑް އާއި ފަޔާ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިންމާލާފައި ވާކަމަށެވެ. އަދި އެއާޕޯޓް ފަޔާ ބިލްޑިންގްގެ ކޮންކްރީޓް މަސައްކަތުގެ 58 އިންސައްތަ ނިމިފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. […]
އަޙްމަދު ވަހީދު
އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީގެ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް ބުނެފިއެވެ. އެ ސާވިސްއިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުގެ ހަވީރު، މާލެ ސަރަހައްދުން، 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ބަލިވެ އިންކަން އެ ސާވިސް އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިކަމުގައި ދެން ޝާމިލް […]
ޔުމްނާ ޢަލީ
ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ، ހދ. ނޮޅިވަރަމްގެ ރައްޔިތުންނަށް ހދ. ނޭކުރެންދޫ، މަންޒިލް، ޢަލީ އަބުދުއްރަހްމާން (ނާސާ އައްޔަ) އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިގޮތުން ނާސާ އަލީ ވަނީ ނޮޅިވަރަމް ރައްޔިތުންނަށް ބެހުމަށް 1.8 ޓަނު ތާޒާ ރޯމަސް މިއަދު ނޮޅިވަރަމަށް ފޮނުވާފައެވެ. މީގެއިތުރުން އޭނާ ވަނީ ނޮޅިވަރަމް ސިއްހީ މަރުކަޒަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ ނޭކުރެއްދޫ ނާސާ...
ޙުސައިން ޝަހުދީ
ހދ. ނޮޅިވަރަންފަރުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް “ތިލަދުން”އަށް ވިދާޅުވީ، އިއްޔެއާއި އޭގެ ކުރީ ދުވަހު ނެގުނު ސާމްޕަލް ތަކުން 12 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. “އޭގެތެރޭގައި ފްލޫ ސާމްޕަލާއި، ރެންޑަމް ސާމްޕަލް ވެސް ހިމެނޭ” ނަދީމް ވިދާޅުވިއެވެ. އިއްޔެގެ ހަވީރު 6:00ގެ ނިޔަލަށް ކޯވިޑަށް ޓެސްޓް ކުރުމަށް ޖުމްލަ 333 ސާމްޕަލެއް އެރަށުން ވަނީ ނަގާފައެވެ. އޭގެތެރެއިން 311 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނޮޅިވަރަން...
ޙުސައިން ޝަހުދީ
ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައިއޯޕީޑީ އިމާރާތުގެ 75 އިންސައްތަ މަސައްކަތާއި ވިއްސާކޮޓަރި ހުންނަ އިމާރާތުގެ 52 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތު […]
އަޙްމަދު ވަހީދު
އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށް ކުޅުދުއްފުށީގެ ގިނަ މަދަނީ ޖަމިއްޔާތަކާއެކު އެމްއޯޔޫ އެއްގައި ސޮއިކުރަން އެއްބަސްވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ވިދާޅުވެއްޖެއެވެ. އެޗްއާރުސީއެމުން މިހެން ވިދާޅުވީ، އެ ކޮމިޝަނުން ކުޅުދުއްފުށީ ސިޓީގެ ގިނަ މަދަނީ ޖަމިއްޔާތަކަކާއެކު ބައްދަލުކުރުމަށްފަހު އެބައްދަލުވުމާއިގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. އެ ކޮމިޝަނުން ވިދާޅުވީ، ބައްދަލުވުމުގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށް ކުޅުދުއްފުށ...
ޔުމްނާ ޢަލީ
ހއ. މާރަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު މާރަންދޫ އަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 8.21 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި […]
އަޙްމަދު ވަހީދު
އަލިފުށީގެ ތާރީޚުގައިވެސް މިހާ ގިނަ މަޝްރޫޢު މީގެކުރިން ކުރިޔަށް ގޮސްފައިނުވާކަމަށް ރ. އަލިފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެކައުންސިލުން މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ރ. އަލިފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ރޭ ބޭއްވެވި ބައްދަލުކުރުމުގައެވެ. އެ ބައްދަލުވުމުގައި އަލިފުށީ ކައުންސިލުން ވަނީ، ސަރުކާރުން އަލިފުށީގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާކަން ފާހަގަ ކުރައްވާފައެވެ. އަލިފުށީގެ ތ...
ޔުމްނާ ޢަލީ
ހއ. ދިއްދޫއާއި ށ. ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް، ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގަމުންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން އައިސްޕްލާންޓް އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ.ދިއްދޫ، ށ.ކޮމަންޑޫ، އއ.ރަސްދޫ، ދ.މީދޫގެ އިތުރުން ލ.މާމ...
އިބްރާހިމް ޚަލީލް
އިންޓަގްރޭޓެޑް ނޭޝަނަލް ފެރީ ނެޓްވޯކުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަންނަ ފުރަތަމަ ފެރީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިހާރު ކުރިއަށްދަނީ ފުރަތަމަ ފެރީގެ އިންޖީނާއި ފިޔުލް ޓޭންކް އަދި ފެން ޓެންކު އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ދެވަނަ ފެރީގެ އެތެރޭގެ ފިޓިންގްސް އާއި ހަލް އާއި ފުރާޅު ގުޅުވުމަށް ކުރަން ޖެހޭ ތައްޔާރީތައް މިހާރު […]
އަޙްމަދު ވަހީދު
ބޭނުންފުޅު ވަނީ ޒުވާނުން ބޭކާރު ވިޔަ ނުދީ، އެކަށީގެންވާ ރަނގަޅު ވަޒީފާއެއް ޒުވާނުންނަށް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރ. އަލިފުށީގައި ޖޮބް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަކީ، ކޮންމެހެން މިއަދު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މި އަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށްގެންދާކަން ރައީސް ފާދހަގަކުރެއްވިއެވެ. އަދި ސަރުކ...
ޝިއުނާ އާދަމް
އުތީމު ބޮޑުމައުލޫދަކީ ރާއްޖެތެރޭގެ އެހެން ރަށްރަށެކޭވެސް އެއްފަދައިން އަހަރަކު އެއްފަހަރުކިޔާ މައުލޫދެކެވެ. ޢާންމު ގޮތެއްގައި މައުލޫދުކިޔުމުގެ ކަންތައްތައް ހުންނަނީ އެހެނިހެން ރަށް ރަށެކޭވެސް ދާދިއެއްގޮތަކަށެވެ. ނަމަވެސް ބައެއް ޚާއްޞަ ކަންތައްތައްވެސް ހުރެއެވެ. މިފަދަ ގިނަކަންތައްތަކާ ގަނޑުވަރާގުޅުމެއް ހުރިކަމަށް ދަންނަވަންޖެހެއެވެ. އެހެންވީމާ މިދެބައި ވަކިކޮށްނުލާ އުތީމު ބޮޑުމައުލޫދުގެ ކަންތައްތައް މީގެ ސާޅީހަކަށް އަހަރުގެ ކުރިންފެށިގެން އޮންނަގޮތް ދަންނަވާލާނަމެވެ. ތިޔައިން ކޮންމެ ބޭފުޅަކު އެއ...
އުތީމު އާދަމް ޢަބްދުއްރަޙްމާން
ށ. ފުނަދޫގައި އެތުލެޓިކްސް ކޯޗިން ކޯހެއް ފެށުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. ފުނަދޫ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މި ކޯހަކީ އެތުލެޓިކްސް އެސޯސިއޭޝަނާއި، އެ ކައުންސިލް އަދި ފުނަދޫ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފާވާ ކޯހެއްކަމަށެވެ. އަދި މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 9 އިން 15 އަށް ކަމަށް އެ އިއުލާނުގައި ވިދާޅުވިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަޙުމަދުފުޅު ‘ތިލަދުން’ އަށް ވިދާޅުވީ މި ކޯހަކީ […]
އަޙްމަދު އަރުޝަމް
ކޯވިޑްގެ ހާލަތުގެ ވަރަށް ބޮޑަށް ގޯސްވެފައި ވަނީ ހދ. ނޮޅިވަރަމަށް ބޭނުންވާ ސިއްހީ އެހީތެރިކަން މިއަދުން މިއަދަށް ފޯރުކޮށް ނުދެއްވިޖެނަމަ އެރަށަށް ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްނަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ މިހެން ވިދާޅުވީ ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި، އެ މައްސަލާގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކާގައެވެ. ބޭސް ލިބުމުގައި ނޮޅިވަރ...
އަލީ އާދިލް