ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަސައްކަތް ނިމުމާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައު މި މަޝްރޫއުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ވޯޑް އިމާރާތުގެ 99 އިންސައްތަ އާއި އައިސީޔޫގެ 83 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްޜޫޢުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ހިމެނެއެވެ. […]
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. ރައީސް ޞާލިޙް މިއަދު މާލެ ވަޑައިގެންފައިވާއިރު، އެ މަނިކުފާނު މި މަހުގެ 18 ވަނަ ދުވަހު ޅ. އަތޮޅަށް ކުރަށްވާ ދަތުރުފުޅެއްގައި ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. އިއްޔެ ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި މަހ...
ޔުމްނާ ޢަލީ
ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ޒޯން-1 ގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށިން ކާމިޔާބުކުރި އިރު ގިނަބައެއްގެ ލޯ އަމާޒުވި އެއް ކުޅުންތެރިއައީ އެ ޓީމްގެ ޒުވާން ގޯލް ކީޕަރު މާހީ އަބްދުﷲ އެވެ. ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރާއި ޒޯން މެޗު ހިމެނޭހެން ކުޅުދުއްފުށިން ޖުމްލަ ހަ މެޗު ކުޅުނުއިރު އެ ހުރިހާ މެޗެއްގައި މާހީގެ މޮޅު ކުޅުން ވަނީ ފާހަގަ […]
އިބްރާހިމް ޚަލީލް
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން މަގުތަކުގައި ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްތަކާއި ފެންހިންދާ ނިޒާމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން ޕޭވަމަންޓް މަސައްކަތުގެ 65 އިންސައްތަވެސް ވަނީ ނިމިފައިވާ ކަމަށް އެ...
އަޙްމަދު ވަހީދު
ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައި ޢިއުލާން ކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހަށް ހާޒިރުވާން އަންގައި ޢިއުލާންކޮށްފައި ވަނީ، އަޙްމަދު ޝަހްބާން، ހދ. ނޮޅިވަރަން / ހަމްނާ، (27އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ. ތ...
ޝިއުނާ އާދަމް
ރަޝިއާއި، ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާތީ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް ދިވެހި ޚާރިޖީ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ. ދިވެހި ޚާރިޖިއްޔާއިން މިއަދު ވިދާޅުވީ ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި...
ޔުމްނާ ޢަލީ
ވަކި މީހަކު ގުޅައިގެން ނޫނީ މެސެޖު ކޮށްގެން ސަރުކާރުން ލޯނެއް ނުދޭނެ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. މެމްބަރު ޝާހިދު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ ކުދި އަދި މެދު ފަންތީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެ ބިލަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ، ކޮންމެ ގައުމެއްގެ ވެސް އިގްތިޞާދީ ވިންދަކީ ކުދި އަދި މެދު […]
ޙުސައިން ޝަހުދީ
ޑީސަލާއި ޕެޓްރޯލްގެ އަގު އުފުލެމުންދާ ވަގުތެއްގައި ބޮޑު ކަންނެލި ކިލޯއެއް ގަންނަ އަގު 100 ރުފިޔާއަށް ވުރެ ދަށް ނުކުރުމަށް މޯލްޑިވްސް ލޭބާ ޕާޓީން ގޮވާލައިފިއެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މިއަދު ބުނީ ބޮޑު ކަންނެލި ގަންނަ ކުންފުނިތަކުން ކަންނެލި ކިލޯއެއް ގަންނަ އަގު 85 ރުފިޔާ އަށް ދަށްކޮށްފައިވާ ކަމަށެވެ. ކަންނެލި ގަންނަ އަގު ދަށްކުރިއިރު ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 13.04 ރުފިޔާ އަށް ބޮޑު ވެފައިވާ ކަމަށް […]
ޙުސައިން ޝަހުދީ
ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ޒޯން-1 ގެ ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ބްލޮކް-1 ގެ ޗެމްޕިއަން ކުޅުދުއްފުއްޓާއި ބްލޮކް-2 ގެ ޗެމްޕިއަން މާފަރެވެ. ފައިނަލް މެޗު މިއަދު ހަވީރު މާފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗު ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ […]
އިބްރާހިމް ޚަލީލް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކޮންމެ އަހަރަކު ހިންގާ “ރަށްފެހި” ޕްރޮގްރާމް މިއަހަރުވެސް ފަށައިފިއެވެ. މިއަހަރުގެ ޕްރޮގްރާން ފެށީ މިއަދުއެވެ. މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަދި އެސްއޯއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި ސްޓެލްކޯގެ އިސް ވެރިން ވަނީ ގަސް އިންދާފައެވެ. މި ޕްރޮގްރާމުގެ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއަށް މަރުގެ އިންޒާރުދިން މައްސަލަ ކުށްވެރިކޮށް މަކުނުދޫ ދާއިރާގެ ބައެއް އިދާރާތަކުން ބަޔާން ނެރެން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާޢީ އަށް މަރުގެ އިންޒާރު ދިނީ ރޭ 9:30 ހާއިރު ރަސްފަންނު ސަރަހައްދުގައި ހުންނަވަނިކޮށް ސައިކަލެއްގައި އެތަނަށް ދިޔަ ދެމީހެކެވެ. މެންބަރު ރާޢީއަށް މަރުގެ އިންޒާރުދިން މައްސަލަ ކުށްވެރިކޮށް މިހާތަނަށް މަކުނުދޫ ދާއިރާގެ ހަތަރު މުއައްސަސާއަކުން ވަނީ ބަޔާން ނެރެފައެވެ. އެއީ މަކުނުދޫ ކައުންސިލާއ...
އަލީ އާދިލް
ނައިޖީރިޔާގެ ކާނޯ ސްޓޭޓްގެ ފުލުހުން 4 މިލިއަނެއްހާ ބަނގުރާ ފުޅި ނައްތާލައިފިއެވެ. ކާނޯ ސްޓޭޓްގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއީ އެ ސިޓީގައި މަސްތުވާތަކެއް ބޭނުންކުރުން ހުއްޓުވުމުގެ މަޤްސަދުގައި ހިންގި އޮޕަރޭޝަންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެވިފައިވާ ބަނގުރާ ފުޅިތަކެއްކަމަށެވެ. މިތަކެތި ނައްތާލާފައިވަނީ ކޯޓު އަމުރަކާއި އެކު އެވެ. 100 އަށް ވުރެ ގިނަ ފުލުހުން ގުޅިގެން ހިންގާފައިވާ މި އޮޕަރޭޝަންގައި ނައްތާލެވުނު ބަނގުރާ ފުޅިތަކުގެ ތެރޭގައި ތުޑުން ކަލެބަވާ ވިލެޖުން ގެނެވިފައިވ...
އަޒްފާ ރަޝީދު
ހއ. ތަކަންދޫގެ މަގުތަކާއި، އެކި ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށް އެހީތެރިވުމުގެ ގޮތުން އެރަށު އަމިއްލަ ފަރާތަކުން ތަކަންދޫ ކައުންސިލަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ. ތަކަންދޫ ކައުންސިލުން ވިދާޅުވީ، ރަށުތެރެ ސާފުކޮށް ބޭއްވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފައި ވަނީ އެރަށު ދޯދި، އަޙްމަދު ރަޝީދު ކަމަށެވެ. އަޙްމަދު ރަޝީދު ވަނީ ރަށުތެރޭ ބަހައްޓާ ބޮޑު 10 ޑަސްބިން ހަދިޔާކޮށްފައެވެ. ތަކަންދޫ ކައުންސިލުން ވަނީ މިކަން ފާހަގަކޮށް އޭނާ އަށް ޝުކުރު އަދާކޮށްފައެވެ. ރަށުތެރެ...
ޔުމްނާ ޢަލީ
ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ޝިޕްމަންޓް ގެންގޮސްފައިވަނީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 377 މީޓަރުގެ ބޭރުތޮށްޓަކާއި، 600 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދާނެއެވެ. އަދި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަަސައްކަތް ވެސް މ...
އަޙްމަދު ވަހީދު
ޕާކިސްތާނު މިސްކިތެއްގައި އޮތް ހަތިމެއް ރޯކޮށްލި މީހަކު، އާންމުން ނިކުމެ ގަލުންތަޅާ މަރާލައިފި އެވެ. މިކަން ހިނގާފައިވަނީ، ޕާކިސްތާނުގެ ކަނެވާލް ޑިސްޓްރިކްޓްގެ ވިލެޖެއްގައި ހުރި މިސްކިތެއްގައެވެ. މަރާލާފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. މަންޒަރު ދުށް މިހަކާއި ހަވާލާދީ ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވަނީ، މެދު އުމުރުގެ މީހަކު ހަތިމެއްގެ ގަނޑުތައް އިރާލައި އަލިފާން ރޯކޮށްލުމަށްފަހު އިތުރު ހަތިމްތަކެއް ނެގުމަށް ދިޔުމާއި އެކު މިސްކިތުގައި ތިބި މީހުން އެމީހާ ހުއްޓުވާފަ އެވެ. އަދި މި...
އަޒްފާ ރަޝީދު
ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނި ބުނި ގޮތުގައި މި މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތުގެ 35 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއިގެ ދަށުން، ހޯރަފުށީގެ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރާނެއެވެ. […]
އަޙްމަދު ވަހީދު
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް ޅ. އަތޮޅުގެ ހަ ރަށަކަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ފެބުރުވަރީ މަހުގެ 18 އިން 20 އަށް ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެ އަތޮޅުގެ މީހުން އުޅޭ ހަތަރު ރަށަށް ވެސް ވަޑައިގަންނަވާނެއެވެ. އެއީ ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫ އ...
ޔުމްނާ ޢަލީ
ހދ. މަކުނުދޫ މަސްމާރުކޭޓް ދިގު މުއްދަތަކަށް ކުއްޔަން ދޫކޮށްލަން އެރަށު ކައުންސިލުން ނިންމައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. މަކުނުދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ އެރަށު މަސްމާރުކޭޓްގެ އިމާރާތް ދިގުމުއްދަތައް ކުއްޔަށް ދޫކޮށްލުމަށް އެ ކައުންސިލުން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަދު ހުޅުވާލާކަމަށެވެ. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 13 ފެބްރުވަރީ 2022 ން 21 ފެބްރުވަރީ 2022 ގެ 11:00 ނިޔ...
ޝިއުނާ އާދަމް