މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,440 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1438 ވަނަ ޞަފްޙާ

ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމާއި ގޯލް ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިއީ މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާންކުރި ދެވަނަ ފަހަރެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި މިވަނީ ފުރަތަމަ ފަހަރު ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަށީގެންވާ އަންދާސީ ހިސާބެއް ހުށަހަޅާފައި ނުވާތީއެވެ. އެ ކައުންސިލު...

އިބްރާހިމް ޚަލީލް
ކެލާ ސިމެންތި ޖެޓީގެ ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

ކެލާ ސިމެންތި ޖެޓީގެ ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

ހއ.ކެލާގައި ބަނދަރު ހެދުމުގެ ކުރިން ހަދާފައިވާ ސިމެންތި ޖެޓީ ގިނަދުވަސްވެ ހަލާކުވަމުންދާތީ އެތަން ބޭނުން ނުކުރުމަށް ކެލާ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަން ހާމަކޮށް 15 ފެބްރުއަރީ 2022 ވީ އަންގާރަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި ބޭނުން ކުރަމުން އަންނަ ސިމެންތި ޖެޓީއަށް ގިނަ ދުވަސް ވުމުގެ ސަބަބުން ވީރާނާވެ، ހަލާކުވަމުން ދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމަކީ އޭގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށް […]

އިބްރާހިމް ޚަލީލް
ސިޙްރުވެރިޔާ ކުރާ ކޮންމެކަމެއްގެ ސުންޕާކަން ޖެހެނީ އޭނާއަށާއި އޭނާގެ ކައިރިން ސިޙްރުހެދުމަށް އެދޭ މީހަކަށް

ސިޙްރުވެރިޔާ ކުރާ ކޮންމެކަމެއްގެ ސުންޕާކަން ޖެހެނީ އޭނާއަށާއި އޭނާގެ ކައިރިން ސިޙްރުހެދުމަށް އެދޭ މީހަކަށް

ސިޙްރުވެރިޔާ ސިޙްރު ހަދަނީ ޙަޤީގަތަކަށް ނުވާ މަތިވެރިކަމެއް ހޯދައިގަތުމަށެވެ. އޭގެ ބަދަލުގައި އޭނާގެ ނަފްސަށް ނިކަމެތިކަންދީ ޝައިޠާނާ އޭނާއަށް އިހާނާތްތެރިކޮށް ހިތުމަށެވެ. ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ. “ސިޙްރު ހެދުމާއި ތަރިތަކުން ބޭނުންތަކުގައި އެދުމާއި އެތަކެއްޗަށް ތަސްބީޙަކިޔުމާއި އެތަކެއްޗާއި މުޚާޠަބު ކުރުމާއި އެތަކެއްޗަށް ސަޖިދަކުރުމުގެ ތެރެއަށް ވަންނަމީހުން ތިބާ ދެކޭނެތެވެ. ހަމަކަށަވަރުން އެބައިމީހުންގެ ތެރެއިން އެކަންކުރާ މީހާގެ ބޭނުމަކީ ފައިސާއާއި ރިއާސަތެވެ. ފަހެ، އޭނާ ކާފަރުވެއެ...

ތިލަދުން
މިފަހަރުވެސް ދިވެހި ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް އުރީދޫ

މިފަހަރުވެސް ދިވެހި ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް އުރީދޫ

އުރީދޫ ދިވެހި ޕްރިމިއާ ލީގު މިއަހަރުގެ އާ ސީޒަނަށް އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގުޅިގެން މިއަދު ޕާޓްނާޝިޕް އިއުލާންކޮށްފިއެވެ. އުރީދޫގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ އިވެންޓެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަަލް-ހަމާދީއެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ ފުޓްބޯޅައަކީ އެއްބައިވަންތަކަން ގެނުވައިދާ ކުޅިވަރަކަަސް ވާއިރި...

އަޙްމަދު ވަހީދު
ހޯރަފުށީ މަގު ހަދަން ކާސްޓިން މަސައްކަތުގެ 74 އިންސައްތަ ނިމިއްޖެ

ހޯރަފުށީ މަގު ހަދަން ކާސްޓިން މަސައްކަތުގެ 74 އިންސައްތަ ނިމިއްޖެ

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިން މަސައްކަތްތަކުގެ 74 އިންސައްތަ ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހަދާނެއެވެ. އަދި 25،909 އަަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމ...

އަޙްމަދު ވަހީދު
ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެ

ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެ

ހއ.ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެއެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ދިމާކޮށް މުޅި އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ރޯދަ ސޭލެކެވެ. މި ސޭލުން ކުރާ 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ދޫކުރެވޭ ކޫޕަނުގެ ގުތުއަތުލުން 03 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެއްވަނައަށް ހޮވޭ ފަރާތަކަށް 10000 (ދިހަހާސް ރުފިޔާ) ވައުޗަރެއް […]

އިބްރާހިމް ޚަލީލް
ކޮޅުފުށީ ފަތާ ސަރަހައްދުގެ ޑްރެޖިން މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ކޮޅުފުށީ ފަތާ ސަރަހައްދުގެ ޑްރެޖިން މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދުގެ ޑްރެޖިން މަސައްކަތްތަކުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 58 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 202 މީޓަރުގެ ބޭރުތޮށި ލުމާއި، 519 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ. […]

އަޙްމަދު ވަހީދު
ރާއްޖޭގައި އިނގިރޭސި ހައިކޮމިޝަންގެ އޮފީހެއް ހުޅުވައިފި

ރާއްޖޭގައި އިނގިރޭސި ހައިކޮމިޝަންގެ އޮފީހެއް ހުޅުވައިފި

ދިވެހި ރާއްޖޭގައި އިނގިރޭސި ވިލާތުގެ ހައިކޮމިޝަންގެ އޮފީހެއް ހުޅުވައިފިއެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި ސްޓޭޓް މިނިސްޓަރު އަޙުމަދު ޚަލީލް ވަނީ އެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. ރާއްޖޭގައި އިނގިރޭސި ހައިކޮމިޝަންގެ އޮފީހެއް ހުޅުވިގެން ދިޔުން ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ހާއްސަ ވީޑިއޯ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި ޝާހިދު ވަނީ މި އޮފީސް ހުޅުވިގެން ދިޔުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކު...

ޔުމްނާ ޢަލީ
ފަތުރުވެރިކަމުގެ 50 އަހަރުގެ ސްޓޭމްޕް ތައާރަފު ކޮށްފި

ފަތުރުވެރިކަމުގެ 50 އަހަރުގެ ސްޓޭމްޕް ތައާރަފު ކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްއާ ގުޅުވައިގެން ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ގުޅިގެން ސްޓޭމްޕެއް ތައާރަފްކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްޓޭމްޕް ނެރެދެއްވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބާނީން ކަމަށްވާ އެމްޔޫ މުހައްމަދު އުމަރު މަނިކާއި ހުސެއިން އަފީފާއި އަހުމަދު ނަސީމާއި ޖޯޖް ކޯބިންގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާއެވެ. މި ރަސްމިއްޔާތުގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެ...

އަޙްމަދު ވަހީދު
ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. ދުވާފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑްިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންން ބުނެފިއެެވެ. އެ ކުންފުނިން ބުނީ މި  މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިން ހިއްކައި، 423 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާނެއެވެ. އަދި 315 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫގެ […...

އަޙްމަދު ވަހީދު
ފެނަކަ ހޯމް ސޯލާ ޕުރޮގުރާމް: އިޢާދަކުރުވަނިވި ހަކަތައިގައި ފަރުދުންގެ ހިއްސާ, ސާފުވެށި އުޖާލާ މުސްތަގުބަލަކަށް

ފެނަކަ ހޯމް ސޯލާ ޕުރޮގުރާމް: އިޢާދަކުރުވަނިވި ހަކަތައިގައި ފަރުދުންގެ ހިއްސާ, ސާފުވެށި އުޖާލާ މުސްތަގުބަލަކަށް

“ފެނަކަ ހޯމް ސޯލާ” ޕްރޮގްރާމަކީ ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމަކީ އާންމު ފަރުދުން ކަރަންޓަަށް ހޭދަކުރާ މިންވަރު ކުޑަކުރުމާއިއެކު ސަރުކާރުން ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމެވެ. ހޯމް ސޯލާ ނިޒާމާއެކު ޖައްވަަށް ފޮނުވާލެވޭ ވިހަ ގޭހުގެ މިންވަރު މަދުކޮށް، ސާފު އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރެވިގެން ދާނެއެވެ. މި ނިޒާމުގެ ސަބަބުން ސަރުކާރުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ނެޓް ޒީރޯގެ ލަނޑުދަނޑި...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި!

ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި!

ހދ.ކުޅުދުއްފުށީ ހަސަން އަހްމަދު (ސެންޓަރު ހަސަން) އަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ބައްޕައެކެވެ. ރާއްޖޭގައި ޒަމާނީ ބޭސްވެރިކަމުގެ އެއްވެސް ކުލަވަރެއް ނެތް ދުވަސްވަރު، ތަފާތު ބަލިބައްޔަށް ފަރުވާ ފޯރުކޮށް ދިނުމަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ވަރުބަލިކަމެއް ނެތި ދަތުރު ކުރައްވައި ފަރުވާ ފޯރުކޮށްދެއްވި ޚިދުމަތްތެރިއެކެވެ. 1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވި ނަމަވެސް، ރަސްމީކޮށް އެ ދާއިރާއާއި ގުޅިލައްވައި މަސައްކަތް ފައްޓަވާފައި ވަނީ 1964 ވަނަ އަހަރު...

އިބްރާހިމް ޚަލީލް
އާ އީޖާދަކާއެކު އެމްއެޗް370 އަށް ވީ ގޮތް އެނގޭނެކަމުގެ އުއްމީދު އާވެއްޖެ

އާ އީޖާދަކާއެކު އެމްއެޗް370 އަށް ވީ ގޮތް އެނގޭނެކަމުގެ އުއްމީދު އާވެއްޖެ

ޓެކްނޮލޮޖީގެ އާ އީޖާދަކާއެކު އެމްއެޗް370 އަށް ވީ ގޮތް އެނގޭނެކަމުގެ އުއްމީދު އާވެއްޖެއެވެ. ބޭރުގެ ޙަބަރުތައް ބުނާ ގޮތުން އޮސްޓްރޭލިއާގެ ސޭފްޓީ އިންވެސްޓިގޭޓަރުން ވަނީ އެމްއެޗް370 ގެ ތަހުގީގު އަލުން ފަށައިފައެވެ. މެލޭޝިއާގެ އެއާލައިންގެ ފްލައިޓް އެމްއެޗް370 ގެއްލުނީ 2014ވަނަ އަހަރުއެވެ. އެ އެއާލައިނުން 239 މީހުން ދަތުރު ކުރި އިރު މިހާތަނަށް އެ ފްލައިޓަށް ވީ ނުވީއެއް ނޭނގެއެވެ. އެ ފްލައިޓު ކުއަލަލަމްޕޫރުން ނައްޓާލީ މާޗް 8، 2014ގައެވެ. ނައްޓަލިތާ 38 މިނެޓް ފަހުން އެއާ […]

އަޙްމަދު ވަހީދު
ވޯޓު ބޭނުމީ ލޯބިން، ނަފުރަތު އުފައްދައިގެންނެއްނޫން: ރޮޒެއިނާ

ވޯޓު ބޭނުމީ ލޯބިން، ނަފުރަތު އުފައްދައިގެންނެއްނޫން: ރޮޒެއިނާ

ވޯޓު ބޭނުމީ ލޯބިން ކަމަށާއި، އަނެކާއާއި މެދު ނަފުރަތު އުފައްދައިގެން ނޫންކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެނުންގެ ރޫޙޫގެ ރައީސްކަމަށް ވާދަކުރައްވަން ނިންމަވާފައިވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ. ރޮޒެއިނާ މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވަނީ ރޮޒެއިނާ އަށާއި، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވަން ނިންމަވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ނިސްބަތްކޮށް މީހަކު ޓްވީޓާގައި ކޮށްފައިވާ ތުހުމަތުތަކެއް ހ...

އަލީ އާދިލް
ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިންކުރެވުނު އިޢުލާނާއި ގުޅިގެން، މި މަސައްކަތަށް ޝަރުތު ހަމަވާ އެއްވެސް ފަރާތެއް ކުރިމަތިލާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅ...

އިބްރާހިމް ޚަލީލް
އިންތި ފޯމް ހުށަހަޅުއްވައިފި

އިންތި ފޯމް ހުށަހަޅުއްވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ފޯމް ހުށައަޅުއްވައިފި އެވެ. ފޯމް ހުށަހެޅުއްވުމަށްފަހު އިންތި ކުރެއްވި ޓްވީޓުގައި އެ ފޯމު ހަމަނުއްވާފައިވާއިރު، އެ ފޯމުގައި ހެކިންގެ ގޮތުގައި ސޮއި ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. އިންތި ފޯމު ހުށަހެޅުއްވިއިރު އޭނާ ވަނީ...

އަލީ އާދިލް
ރައީސް ޔާމީނަށް ރިޝްވަތު ދިންކަމަށް ޔޫސުފް ނައީމް އިންކާރުކޮށްފި

ރައީސް ޔާމީނަށް ރިޝްވަތު ދިންކަމަށް ޔޫސުފް ނައީމް އިންކާރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ދައުވާއަށް އޭނާ ކޯޓުގައި އިންކާރުކޮށްފި އެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނާއި ޔޫސުފް ނައީމަށް ރިޝްވަތުުގެ ދައުވާ ކުރަނީ ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެރަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ދިން ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު […]

ހުސައިން ހަބީބް
ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް ފަށައިފި

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް ފަށައިފި

ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް” ފަށައިފިއެވެ. މުބާރާތް 15 ފެބްރުއަރީ 2022 ވީ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ÷ޕޯޓް ލިމިޓެޑް (ކޭޕީއެލް)އާއި ޕޮލިސް ކުލަބ...

އިބްރާހިމް ޚަލީލް