ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ޝިޕްމަންޓް ގެންގޮސްފައިވަނީ މިއަދުއެވެ.
މި މަޝްރޫއުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 377 މީޓަރުގެ ބޭރުތޮށްޓަކާއި، 600 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދާނެއެވެ. އަދި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
The last shipment of rock boulders required for R. Rasmaadhoo Harbor Development Project, have been delivered to the project site on 14th Feb 2022.#MTCCProjects #RayyithungeKunfuni pic.twitter.com/MktFHRoZKu
— MTCC Plc (@MTCCPlc) February 14, 2022
މިއީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!