ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނި ބުނި ގޮތުގައި މި މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތުގެ 35 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫއިގެ ދަށުން، ހޯރަފުށީގެ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރާނެއެވެ.
Construction of groyne and breakwater profiling works for Ha. Hoarafushi Airport Shore Protection Project, are going on with 70% and 35% completion respectively.#MTCCProjects #RayyithungeKunfuni pic.twitter.com/PqQPoqK9io
— MTCC Plc (@MTCCPlc) February 14, 2022
މިއީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!