ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް ޅ. އަތޮޅުގެ ހަ ރަށަކަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ފެބުރުވަރީ މަހުގެ 18 އިން 20 އަށް ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު އެ އަތޮޅުގެ މީހުން އުޅޭ ހަތަރު ރަށަށް ވެސް ވަޑައިގަންނަވާނެއެވެ. އެއީ ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫ އެވެ. މީގެއިތުރަށް ވަޑައިގަންނަވާނީ ސިނާއީ ރަށް ފެލިވަރަށާއި، މަޑިވަރަށެވެ.
ރައީސް މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައެވެ. ރައީސް އޮފީހުން ކުރިން ވިދާޅުވެފައިވާ ގޮތުގައި ސިންގަޕޫރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!