މާލެ ސިޓީގައި ހިނގާފައިވާ ވައްކަމުގެ ދެ މައްސަލައަކާއި ގުޅިގެން ތިން މީހަކު ހޯދުމަށް އާންމުގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ. މިގޮތުން ފުލުހުން އެހީތެރިކަމަށް އެދިފައިވާ ފުރަތަމަ ވައްކަމުގެ މައްސަލައަކީ މާލޭ ސިޓީގެ ހުޅުމާލެއިން ކޮށްފައިވާ ވައްކަމެއްގެ މައްސަލައެވެ. އެ މައްސަލާގައި ފުލުހުން ހޯދަމުން ދަނީ ހުޅުމާލޭ ކޮރަލްވިލް ފްލެޓަކުން ވައްކަންކޮށްފައިވާ ކަމުގެ ތުހުމަތުގައި ހޯދާ މީހެކެވެ. އެ މައްސަލާގައި ތުހުމަތުވާ މީހާގެ ވީޑިއޯ އާންމުކުރަށްވައި، ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ މީހާއާ ބެހ...
ޔުމްނާ ޢަލީ
ދޮޅު މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސް ދަޅު ކޭސްތަކެއް ކްރެޑިޓަށް ދޫކުރި ކަމަށް ބުނެ ފެލިވަރު ފިޝަރީޒްގެ ކުރީގެ ޗެއާމަން މުހައްމަދު އިމްތިޔާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ފެލިވަރުގެ ޗެއާމަނަކަށް 2012 ވަނަ އަހަރު ހުންނެވި އިމްތިޔާޒްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދިކަމުގެ ދައުލަތުން ކުރީ އޭނާގެ ނަމުގައި އޮތް ވިޔަފާރިއަކަށް 1.5 މިލިއަން ރުފިޔާގެ 2،000 ކޭސް މަސް ދަޅު ފެލިވަރުން […]
ހުސައިން ހަބީބް
ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ބާސާއިންނެވެ. ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ޖޯޑީ އަލަބާ އެސްޕަންޔޯލްގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑްރީއެވެ. ފުރަތަމަ ހާފު […]
އިބްރާހިމް ޚަލީލް
ކ. ގިރިފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދިޔައީ އިއްޔެއެވެ. މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ބެޑް ޕްރިޕަރޭޝަން މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، 268 މީޓަރުގެ ބޭރުތޮށި ލުމާއި، 46 މީޓަރުގެ ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 18.3 މިލިއަން ރުފިޔާގެ […]
އަޙްމަދު ވަހީދު
އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓް އަލުން ނުހުޅުވި އޮތީ ސަރުކާރުގެ ހިއްސާއާ ހެދި ކަމަށާއި ހިއްސާ ދޫކޮށް، މިއަހަރު ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައުސޫމް މިހެން ވިދާޅުވީ ކޯވިޑް 19 ފެށުނުއިރު ބަންދުކުރި ގޮތަށް މިހާތަނަށް އައިއިރުވެސް ޝަންގިއްލާ ނުހުޅުވި ލަސްވަމުންދާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. މިނިސްޓަރު މައު...
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ޑްރެޖިން މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތުގެ 54 އިންސައްތަ ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކައި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާނެއެވެ. މިއީ 123.96 މިލިއަ...
އަޙްމަދު ވަހީދު
ތިމާ ދިރިއުޅޭ ރަށް ކުރިމަތީ އޮންނަ ރަށުގައި ރިސޯޓެއް ތަރައްގީކުރަން ދޫކޮށް، އެރަށުގައި ރިސޯޓު ތަރައްގީ ނުކުރެވި އޮންނަ އޮތުމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް މާޔޫސްކަން ލިބޭ ކަމެއް ކަމަށާއި، ޓޫރިޒަމް މިނިސްޓްރީއަށް ވެސް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ ކަމަށް މިނިސްޓަރު އޮފް ޓޫރިޒަމް ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ކުރެއްވި [...
ޙުސައިން ޝަހުދީ
ހއ. ދިއްދޫ މުލައްމާގޭ މުހައްމަދު އައްޝަމަށް ފުރުޅުލީ ގޮނޑީގައި އިތުރު މީހެއްގެ އެހީތެރިކަމާއި ނުލައި ގެއަށް ވަދެނުކުމެވޭނޭ ގޮތަށް، އެ ގޭގެ ދޮރުމަތީގައި ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ރޭމްޕެއް އަޅައިފިއެވެ. މުހައްމަދު އައްޝަމަކީ އުމުރުން 9 އަހަރުގައި ކުޅެން އުޅެނިކޮށް ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފުރުޅުލީ ގޮނޑި ބޭނުން ކުރަމުން އަންނަ ކުއްޖެކެވެ. ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު އެ ގޭގެ ދޮރުމަތީގައި، ފުރުޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭ އިންތިޒާމެއް ހަމަޖެހިފައި […]
އިބްރާހިމް ޚަލީލް
ދިވެހި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއެކު، އެކަމުން އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ހާލަތާ ބައްދަލުވާ ރައްޔިތު މީހާ ކަމަށް މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައި، އެ ކެމެރާތައް ބޭނުންކުރަން ފެށީ އިއްޔެއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޒަމާނީ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާ ހެދުމަށް، އެ މު...
ޝިއުނާ އާދަމް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. އެއީ ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުންގެ ގޮތުގައި އައްޔަންކުރެއްވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންނަކީ، މޯޓެޒާ ކެޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރު ޣާލީ މުރުތަޟާ އާއި އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިންގ ޕާރޓްނަރ އަބްދުލް މަޖީދު އަލީ އެވެ. ޣާލީ މުރުތަޟާ އަކީ ހޮސްޕިޓަލިޓީ އަދި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު […]
ޔުމްނާ ޢަލީ
މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރާއީއަށް މަރުގެ އިންޒާރު ދީފިއެވެ. މެންބަރު ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގުންޑާއިން ފޮނުވައިގެން އިންޒާރު ދީ މަރާލަން ބުނި ނަމަވެސް ބިރު ނުގަންނަ ކަމަށެވެ. “ފުރާނަ ހިއްޕަވަނީ މާތް ﷲ، އެމް ޑީން، ނެއް ނޫން” ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާޢީ އަށް މަރުގެ އިންޒާރު ދިނީ މިރޭ 9:30 ހާއިރު ރަސްފަންނު ސަރަހައްދުގައި ހުންނަވަނިކޮށް ސައިކަލެއްގައި އެތަނަށް ދިޔަ ދެމީހެކެވެ. “އެމްޑީންނަށް […]
އަލީ އާދިލް
ހއ.ދިއްދޫގައި އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަންގެ ފަރާތުން އެ ރަށުގައި ހުންނަ ޣާޒީ މުޙައްމަދު ޕްރީސްކޫލަށް އެހީތެރިކަން ފޯރުކޮށް ދީފިއެވެ. އެ ފައުންޑޭޝަނުން މިއަދު ވަނީ އެ ޕްރީސްކޫލަށް ލެޕްޓޮޕަކާއި ޕްރިންޓަރެއް ހަދިޔާކޮށްފައެވެ. ދިއްގާ ފައުންޑޭޝަންގެ ފަރާތުން މި ތަކެތި ހަވާލު ކޮށްދެއްވާފައި ވަނީ ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަޙުމަދު ތަލްހަތާއި އެސިސްޓެންޓް ޖެނެރަލް ސެކްރެޓަރީ އާޒިމް މުޙައްމަދުގެ އިތުރުން ސްޕޯކްސްޕާސަން މަރިޔަމް ޝަފާޒާއެވެ. ޕްރީސްކޫލްގެ...
އިބްރާހިމް ޚަލީލް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައި، އެ ކެމެރާތައް މިއަދު ބޭނުންކުރަން ފަށައިފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާއެވެ. އެ ރަސްމިއްޔާތުގައި، މިނިސްޓަރު އޮފް ހޯމްއެފެއާޒް ސެއިޚް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނާ އޮޕް ޕޮލިސް މުޙައްމ...
ޝިއުނާ އާދަމް
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހއ. އުތީމު ގޮފީގައި މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި ހިންގާ ކޯސްތައް ޢިއުލާން ކޮށްފިއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ، އެ މަރުކަޒުގެ ހއ. އުތީމު ގޮފީގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާ ގައި 4 ކޯހެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެ ކޯސްތަކަކީ، ޤިރާއަތު ސެޓްފިކެޓް 1 ކޯހާއި، ޤިރާއަތު ސެޓްފިކެޓް 2 ކޯހާއި، ޤިރާއަތު ސެޓްފިކެޓް 3 ކޯހާއި، އަދި ޤާރީކަމުގެ […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީއާއި، ހއ. އަތޮޅުގެ ތިން ރަށެއް ހިމެނޭހެން 15 ރަށަކަށް އެމްބިއުލާންސް ފޮނުވަން ތައްޔާރުވަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ. އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ސަރުކާރުން ހަވާލު ކުރީ އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މިފަހަރު ރަށްތަކަށް ފޮނުވަން ތައްޔާރުވަމުން ދަނީ އެމްބިއުލާންސްތަކުގެ ތިން ވަނަ ބެޗެވެ....
ޔުމްނާ ޢަލީ
އިއްޔެ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި 2020 ވަނަ އަހަރު ކޯވިޑު ތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އެއްދުވަހެއްގެ ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެއެވެ. އިއްޔެ 7،668 ފަތުރުވެރިން ރާއްޖެ އައެވެ. އެންމެ ފަހުން ފަތުރުވެރިންގެ އާ ރެކޯޑެއް ހެދީ މިދިޔަ ޑިސެމްބަރު 5ގައެވެ. އެ ދުވަހު 6،269 ޓޫރިސްޓުން ރާއްޖެ އައެވެ. ޓޫރިޒަމް މިނިސްޓްރީގެ […]
އަޙްމަދު ވަހީދު
ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމާއި، 107 މީޓަރުގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި، 50 […]
އަޙްމަދު ވަހީދު
ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ ފައިސާތަކެއްގެ މައްސަލާގައި އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރު ކޮށްގެން ކޯޓަށް ގެންނަން އަމުރުކޮށްފި އެވެ. ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ގެންނަން އަންގާފައިވަނީ މާދަމާ އެވެ. ބަންދުކޮށްގެން މީހުން ކޯޓަށް ގެންނަނީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހުކުމް ތަންފީޒު ކުރުމަށެވެ. އެމްޓީސީސީއަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެއީ 2007 […]
ހުސައިން ހަބީބް