ހދ. މަކުނުދޫ މަސްމާރުކޭޓް ދިގު މުއްދަތަކަށް ކުއްޔަން ދޫކޮށްލަން އެރަށު ކައުންސިލުން ނިންމައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ.
މަކުނުދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ އެރަށު މަސްމާރުކޭޓްގެ އިމާރާތް ދިގުމުއްދަތައް ކުއްޔަށް ދޫކޮށްލުމަށް އެ ކައުންސިލުން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަދު ހުޅުވާލާކަމަށެވެ.
މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 13 ފެބްރުވަރީ 2022 ން 21 ފެބްރުވަރީ 2022 ގެ 11:00 ނިޔަލަށް އެކަމަށް ޚާއްޞަކޮށްފައި ގޫގްލް ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް އެދޭކަމަށެވެ. އަދި ބީލަމުގައި ބައިވެރިވެވޭނީ އެކަމަށް ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.
މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމަށްޓަކާ ބޭއްވޭ ޕްރީ ބިޑް މީޓިންގް އޮންނާނީ 16 ފެބްރުވަރީ 2022 ވަނަ ދުވަހު ހެނދުނު 11:00 ގައި މަކުނުދޫ ކައުންސިލްގެ އިދާރާގައެވެ.
މިކަމާއިގުޅިގެން އެއްވެސް ސުވާލެއްވާނަމަ 21 ފެބްރުވަރީ 2022 ވަނަ ދުވަހުގެކުރިން މަކުނުދޫ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ 7789355 ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް makunudhoocouncil.haadhaalu@gmail.com މެދުވެރިކޮށް ފޮނުއްވުމަށް މަކުނުދޫ ކައުންސިލުން ވަނީ އެދިފައެވެ. އިތުރުކަމެއް ސާފުކުރަން ބޭނުންނަމަ ވެސް މި ނަންބަރަށް ގުޅައިގެން ނުވަތަ މި އީމެއިލްއަށް އީމެއިލްކޮށްގެން އެކަމެއް ސާފު ކުރެވޭނެއެވެ.
މިކަމަށްއެދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 22 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!