ނައިޖީރިޔާގެ ކާނޯ ސްޓޭޓްގެ ފުލުހުން 4 މިލިއަނެއްހާ ބަނގުރާ ފުޅި ނައްތާލައިފިއެވެ.
ކާނޯ ސްޓޭޓްގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއީ އެ ސިޓީގައި މަސްތުވާތަކެއް ބޭނުންކުރުން ހުއްޓުވުމުގެ މަޤްސަދުގައި ހިންގި އޮޕަރޭޝަންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެވިފައިވާ ބަނގުރާ ފުޅިތަކެއްކަމަށެވެ. މިތަކެތި ނައްތާލާފައިވަނީ ކޯޓު އަމުރަކާއި އެކު އެވެ.
100 އަށް ވުރެ ގިނަ ފުލުހުން ގުޅިގެން ހިންގާފައިވާ މި އޮޕަރޭޝަންގައި ނައްތާލެވުނު ބަނގުރާ ފުޅިތަކުގެ ތެރޭގައި ތުޑުން ކަލެބަވާ ވިލެޖުން ގެނެވިފައިވާ ގާތްގަނޑަކަށް 3،873،163 ފުޅި ހިމެނޭކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މިއީ ނައިޖީރިޔާގެ ދެކުނުގައި ދިރިއުޅޭ ކްރިސްޓިއަން އާބާދީއެއް ދިރިއުޅޭ ހިސާބެއްކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ. އެ ސަރަޚައްދުތަކަކީ މަސްތުވާތަކެއްޗާއި ރާ ފަދަ ތަކެއްތި އާންމުކޮށް ގެންގުޅޭ ހިސާބެއްކަމަށްވެސް ހާމަކޮށްފައިވެއެވެ.
ނަމަވެސް ކާނޯ ސްޓޭޓްގައި 1999 ވަނަ އަހަރުން ފެށިގެން މުސްލިމް މެޖޯރިޓީއެއް އުފެދި އިސްލާމީ ޝަރީޢަތްތަކާއި ޤާނޫންތައް ތަމްސީލްކުރަން ފަށައި، މަސްތުވާތަކެއްޗާއި ރަލުގެ ވިޔަފާރި މަނާކުރެވިފައިވާކަމަށް ސަރުކާރުގެ އޮފިޝަލެއްކަމަށްވާ ހިސްބާހް ޗީފް ހާރޫނާ އިބްން ސީނާ މަޢުލޫމާތުދީފައިވެއެވެ.
2020 ވަނަ އަހަރުވެސް ކާނޯ ސްޓޭޓްގައި ވަނީ 1،975،000 ރާ ފުޅިތަކެއް ނައްތާލާފައެވެ. 2019 ވަނަ އަހަރުވެސް މިކަހަލަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ނައިގީރިއާގެ ކަނީ ސްޓޭޓްގެ ފުލުހުންނާއި ހަވާލާދީ ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!