މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,440 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1439 ވަނަ ޞަފްޙާ

މަޖިލިސް "ކޮށާ ކުދިކޮށް"، ދައުލަތުގެ ދެބާރު އެއްބާރަށް ހަދާލިތަން ދުށިން، އެދުވަސް ތަކުރާރުވާކަށް ނޭދެން: ސައުދު

މަޖިލިސް "ކޮށާ ކުދިކޮށް"، ދައުލަތުގެ ދެބާރު އެއްބާރަށް ހަދާލިތަން ދުށިން، އެދުވަސް ތަކުރާރުވާކަށް ނޭދެން: ސައުދު

ރައްޔިތުންގެ މަޖިލިސް “ކޮށާ ކުދިކޮށް”، ދައުލަތުގެ ދެބާރު އެއްބާރަށް ހަދާލިތަން މާޒީގައި ފެނިގެންގޮސްފައިވާ ކަމަށާއި، އެދުވަސް ތަކުރާރުވާކަށް ނޭދޭކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ. ދިވެހި ޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީއަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގް ހުށަހަޅާފައިވާ އިސްލާހާމެދު މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަށްވަމުން ސައުދު ވިދާޅުވީ، އެ އިސްލާޙާއި ގުޅިގެން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ)ގެ ކޮމްޕޮޒިޝަނާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރަނ...

ޙުސައިން ޝަހުދީ
ފަރެސްމާތޮޑާ އެއާޕޯޓް ރަންވޭގެ ސަބްގްރޭޑިން އާއި އޭބީސީ މަސައްކަތް ނިމިއްޖެ

ފަރެސްމާތޮޑާ އެއާޕޯޓް ރަންވޭގެ ސަބްގްރޭޑިން އާއި އޭބީސީ މަސައްކަތް ނިމިއްޖެ

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި އޭބީސީ ފަށަލައިގެ މަސައްކަތްތައް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ ޓާމިނަލް އިމާރާތުގެ ސްޓީލް ސްޓްރަކްޗާ އެސެމްބްލީ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ 81 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަނ...

އަޙްމަދު ވަހީދު
ޖައްވަށް ދާން ޓިކެޓް ވިއްކަނީ، އަގު 450،000 ޑޮލަރު

ޖައްވަށް ދާން ޓިކެޓް ވިއްކަނީ، އަގު 450،000 ޑޮލަރު

ޖައްވީ ފަތުރުވެރިކަން ފެށުމުގެ ގޮތުން ޖައްވަށްދާން ބޭނުންވާ މީހުންނަށް ޓިކެޓް ވިއްކަން ފަށައިފިއެވެ. މި ޓިކެޓް ވިއްކަން ފަށާފައިވަނީ މި ހަފްތާއިން ފެށިގެންނެވެ. ޓިކެޓް ވިއްކަނީ ވާޖިން ގެލެކްޓިކް އިންނެވެ. މި ދަތުރު އޮންނަ ދުވަހެއް އަދި އެ ކުންފުނިން އިއުލާނެއް ނުކުރެއެވެ. އެ ކުންފުނީގެ ފުރަތަމަ ދަތުރުގައި 1000 މީހުން ބައިވެރިވާނެ ކަމަށް ލަފާ ކޮށްފައިވާއިރު މި ދަތުރު އޮންނާނެ ކަމަށް ލަފާ ކުރަނީ އަހަރުގެ ފަހުކޮޅުގައެވެ. މިއީ ޖައްވަށް ދާން ޓިކެޓް ވިއްކަން ފެށި […]

އަޙްމަދު ވަހީދު
އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އަޙްމަދު ޢަދީލް އައްޔަނުކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އަޙްމަދު ޢަދީލް އައްޔަނުކޮށްފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ކަމަށް ކ. ކާށިދޫ، ގަހާ، އަޙްމަދު ޢަދީލް ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނު ކުރައްވައިފިއެވެ. މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ޕީއެސްގެ މަޤާމަށް އަޙްމަދު ޢަދީލް އައްޔަންކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހް އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައި ވަނީ، މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އެވެ. އަޙްމަދު ޢަދީލްއަކީ މާސްޓަރ އޮފް އެޑިޔުކޭޝ...

ޝިއުނާ އާދަމް
ބެނާ ކެނޑިއަސް "އިންޑިއާ އައުޓް" ގޮވުމެއް ނުހުއްޓުވޭނެ: މުޙައްމަދު

ބެނާ ކެނޑިއަސް "އިންޑިއާ އައުޓް" ގޮވުމެއް ނުހުއްޓުވޭނެ: މުޙައްމަދު

“އިންޑިއާ އައުޓް” ޖަހައިގެން ދަމާފައި ހުންނަ ބެނާތައް ކެނޑި ނަމަވެސް އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތްގެ ތެރެއިން އެހެން ގޮވުން ނުހުއްޓުވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުޙައްމަދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ހަރަކާތުގެ ތެރެއިން ރަށެއް...

އަލީ އާދިލް
އަދިވެސް ބޭންކުގެ ޚިދުމަތް ލިބެނީ މަދު އަތޮޅުތަކަކުން: ސައްލެ

އަދިވެސް ބޭންކުގެ ޚިދުމަތް ލިބެނީ މަދު އަތޮޅުތަކަކުން: ސައްލެ

އަދިވެސް ބޭންކުގެ ޚިދުމަތް ލިބެނީ މަދު އަތޮޅުތަކަކުންކަމަށާއި، އެގޮތުން ލިބޭ ޚިދުމަތުގައި ވެސް ހިމެނެނީ ބައެއް ޚިދުމަތްތައް އެކަނިކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ސައްލެ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ ކުދި އަދި މެދު ފަންތީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މިބަހުސް ގައި ވާހަކަ ދައްކަވަމުން ސައްލެ ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ވިޔަފާރިތަކުގެ...

އަލީ އާދިލް
ޞިއްޙީ ނުރައްކަލުގެ ހާލަތު އުވާލުމަށް އެމެރިކާގެ އިދިކޮޅުން ގޮވާލައިފި

ޞިއްޙީ ނުރައްކަލުގެ ހާލަތު އުވާލުމަށް އެމެރިކާގެ އިދިކޮޅުން ގޮވާލައިފި

އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއިން އެގައުމުގެ ސަރުކާރަށް، ކޮވިޑް19 އާއި ގުޅިގެން އެގައުމުގައި އިޢުލާންކޮށްފައިވާ ޞިއްޙީ ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލައިފި އެވެ. އިދިކޮޅުން މިގޮތައް ގޮވާލާފައިވަނީ، 70 އަށްވުރެއްގިނަ ހައުސް ރިޕަޕްލިކަންއިން ސޮއިކޮށް ބައިޑަން އާއި އެގައުމުގެ ހެލްތު އަދި ހިއުމަން ސާރވިސް ސެކެޓެރީއަށް ފޮނުވި ސިޓީއެއްގަ އެވެ. އެސިޓީގައި ބުނެފައިވަނީ، ކޮވިޑް 19 އިން ދިފާއުވުމަށް ވެކްސިން އުފެދުމާއި ކޮރޯނާ ވައިރަސްއަށް ދެވޭ ފަރުވާތަކުގެ ފެންވަރު ރަނގަޅުވެފައިވާކަމަށް ބުނެއ...

އަޒްފާ ރަޝީދު
ޗެމްޕިއަންސް ލީގު: ފަހުވަގުތު އެމްބާޕޭގެ ގޯލުން ޕީއެސްޖީއަށް މޮޅެށް

ޗެމްޕިއަންސް ލީގު: ފަހުވަގުތު އެމްބާޕޭގެ ގޯލުން ޕީއެސްޖީއަށް މޮޅެށް

ޗެމްޕިއަަންސް ލީގުގައި ޕީއެސްޖީ އާއި ރިއާލް ބައްދަލުކުރި މެޗުގައި އެމްބާޕޭ ޖަހައިދިން ގޯލުން ރިއާލްގެ މައްޗަށް އެކެއް ސުމެއްގެ ނަތީޖާއަކުން ޕީއެސްޖީ ކުރިހޯދައިފިއެވެ. އެމްބާޕޭ މިގޯލް ޖަހާފައިވަނީ މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ނޭމާ ދިން ޕާހަކުން އޭރިޔާތެރެއަށްވަދެ، ރިއާލްގެ ދެކުޅުންތެެރިން ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ބޯޅަ ގޯލް ތެރެޔަށް ވައްދާލައިގެންނެވެ. 8 ރީންދޫ ކާޑު ފެނިގެންދިޔަ މިމެޗުގައި ގިނަވަގުތު ބޯޅަ ހިފާއްޓައިގެން ކުޅެފަވަނ...

އަލީ ރިޔާޟް
ސީޝެލްސްގެ މައްޗަށް ރާއްޖެއިން ކުރިހޯދައިފި

ސީޝެލްސްގެ މައްޗަށް ރާއްޖެއިން ކުރިހޯދައިފި

ރާއްޖެއާއި ސީޝެލްސްއާ ދެމެދު ކުޅެވޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު ރާއްޖެއިން ކުރި ހޯދައިފި އެވެ. މިދިޔަ ނުވަ އަހަރުގެ ތެރޭ ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗަށް ވާއިރު، މިމެޗް ރާއްޖެއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 10 ވަނަ މިނެޓްގައި ސީޝެލްސްގެ ގޯލު އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ […]

ޔުމްނާ ޢަލީ
އާދައިގެ މަތިން މިރޭވެސް "ރައްޔިތުންގެ ބޭންކް" ގެ ޚިދުމަތަށް ބުރޫއަރާނެ

އާދައިގެ މަތިން މިރޭވެސް "ރައްޔިތުންގެ ބޭންކް" ގެ ޚިދުމަތަށް ބުރޫއަރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދެމުން އަންނަ ބައެއް ޚިދުމަތްތަކަށް އާދައިގެ މަތިން މިރޭވެސް ބުރޫއަރާނެކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. މިކަމާއި ގުޅިގެން ބީއެމްއެލްއިން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިރޭ ދަންވަރު 01:30 އިން 02:30 އާއި ހަމައަށް މެއިޓެއިނެންސްގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެ ބޭންކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އިންޓަރނެޓް ބޭންކިންގް ޙިދުމަތާއި، އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުނ...

އިބްރާހިމް އަސްވާޤް
މަކުނުދޫ އާއި ބިލެތްފަހި ހިމެނޭހެން ހަ ރަށެއްގައި އެއާޕޯޓު އަޅަން އަނެއްކާވެސް ބީލަމަށް

މަކުނުދޫ އާއި ބިލެތްފަހި ހިމެނޭހެން ހަ ރަށެއްގައި އެއާޕޯޓު އަޅަން އަނެއްކާވެސް ބީލަމަށް

ހދ. މަކުނުދޫ އާއި ށ. ބިލެއްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަނެއްކާވެސް އިއުލާންކޮށްފިއެވެ. އެމިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނީ މި 6 ރަށުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ހުށައެޅޭނެ އެންމެ ދަށް އަގު ކުޑަކޮށް، މިކަމަށް އަނެއްކާވެސް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މަކުނުދޫ އާއި ބިލެއްފ...

އަލީ އާދިލް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު: އިބްރޭ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު: އިބްރޭ

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަކީ ޤައުމެއްގެ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ ކުދި އަދި މެދު ފަންތީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އިބްރޭ ވިދާޅުވީ އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކީ މި ދަނޑިވަޅަށް […]

ޙުސައިން ޝަހުދީ
ޗެމްޕިއަންސްލީގް: ޕީއެސްޖީ އާއި ރިއާލް ގަދަހިފުމަކަށް

ޗެމްޕިއަންސްލީގް: ޕީއެސްޖީ އާއި ރިއާލް ގަދަހިފުމަކަށް

ޗެމްޕިއަންސްލީގް ގެ އެންމެ ކާމިޔާބު ޓީމްއަކީ ރިއާލްމެޑްރިޑެވެ. ރިއާލްއިންވަނީ މިޙާތަނަށް 13 ފަހަރު މި މުބަރާތް ކާމިޔާބު ކޮށްފައެވެ. އަދި ދެއަދަދު ފަހަނައަޅާ ދެވުނު ހަމައެކަނި ޓިމަކީވެސް ރިއާލްމެޑުރިޑެވެ. އަނެއްކޮޅުން ޕީއެސްޖީ އަކީ ޗެމްޕިއަންސްލިގް ހޯދުމަށް މިފަހަރު ބޮޑު ހޭދައެއްކުރިޓީމެކެވެ. އެގޮތުން ދުނިޔޭގަ އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ (މެސީ)ގެ ސޮއި ވަނީ ހޯދާފައެވެ. މީގެ އިތުރުން ޕީއެސްޖީ އިން ސޮއި ހޯދި ކުޅުންތެރިންގެ ތެރޭގައި ގިނަދުވަސްތަކެއް ވަންދެން ރިއާލް އަށް ކުޅުނު ސުޕެއިންގެ އި...

އަލީ ރިޔާޟް
މަޑިވަރު އެއަޕޯޓު ހުޅުވާ ދަތުރުތައް ފަށަނީ

މަޑިވަރު އެއަޕޯޓު ހުޅުވާ ދަތުރުތައް ފަށަނީ

އަންނަ ހުކުރު ދުވަހު ޅ. މަޑިވަރު އެއާޕޯޓް އަށް ކޮމާޝަލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިކަމާއި ގުޅިގެން މަޑިވަރު އެއާޕޯޓް އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައިވާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިޝަތު ޖެނިފާ ވިދާޅުވީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހު އެ ކުންފުނީގެ މޯލްޑިވިއަންގެ ފްލައިޓެއް މަޑިވަރަށް ދަތުރުކުރާނެ ކަމަށެވެ. އަދި އެއަށްފަހު ޝެޑިއުލް ދަތުރުތައް ފަށާނެކަމަށާއި މަޑިވަރަށް ދަތުރުކުރާ އަގުތަކާއި ދުވަސްތައް...

އަލީ އާދިލް
އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ އާ ވޭރިއަންޓަކީ "ޑެލްޓަރކްރޯން": ސައިންސްވެރިން

އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ އާ ވޭރިއަންޓަކީ "ޑެލްޓަރކްރޯން": ސައިންސްވެރިން

އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ އާ ވޭރިއަންޓަކީ ޑެލްޓާ އާއި އޮމިކްރޯން އެއްވެގެން އުފެދުނު ވޭރިއަންޓެއް ކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފިއެވެ. މި ވޭރިއަންޓަށް ދީފައިވާ ނަމަކީވެސް ޑެލްޓަރކްރޯން އެވެ. އެއީ މި ވޭރިއަންޓަކީ ޑެލްޓާހާ ނުރައްކާތެރި އަދި އޮމިކްރޯންހާ ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓަކަށްވާތީއެވެ. ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި މި ވޭރިއަންޓް އުފެދުނީ ޑެލްޓާ އާއި އޮމިކްރޯން އެއްފަހަރާ އެކަކަށް ޖެހުމުންނެވެ. މި ވޭރިއަންޓް ފެނިފައިވަނީ އިނގިރޭސިވިލާތުންނެވެ. މި ވޭރިއަންޓަކ...

އަޙްމަދު ވަހީދު
މަސައްކަތުގެ މާހައުލުގައި މީހުން ތަމްރީން ކުރަން ފެނަކައާ ޔޫތު މިނިސްޓްރީއާ ދެމެދު އެއްބަސްވެއްޖެ

މަސައްކަތުގެ މާހައުލުގައި މީހުން ތަމްރީން ކުރަން ފެނަކައާ ޔޫތު މިނިސްޓްރީއާ ދެމެދު އެއްބަސްވެއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މަސައްކަތުގައ މާހައުލަށް މީހުން ތަމްރީން ކުރަން ފެނަކަ ކޯޕަރޭޝަނާއި ޔޫތު މިނިސްޓްރީއާ ދެެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި ޕްރޮގްރާމްގެ ދަށުން ފެނަކައިން ޒުވާނުންނަށް ވަޒީފާއާ ގުޅުންހުރި މަސައްކަތްތަކަށް ތަމްރީން ކުރާނެއެވެ. އަދި ޕްރޮގްރާމް ނިމޭއިރު ލެވެލް ތިނެއްގެ ސަނަދު ބައިވެރިންނަށް ލިބޭނެއެވެ. މިއީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ...

އަޙްމަދު ވަހީދު
ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރަން ނިންމައިފި

ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރަން ނިންމައިފި

ހދ.ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމަށް، އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ހަނިމާދޫއިން މި އަދަދަށް ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ހަނިމާދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ޖަލްސާގައި އެ ކައުންސިލްގެ ހަތަރު މެމްބަރުންގެ އަޤުބިއްޔަތުންނެވެ. މިކަން ހާމަކޮށް ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަނިމާދޫއިން ގޯތި ދިނުމަށް މިއަދު ހަނިމާދޫ ކައުންސިލްގެ ހަތަރު މެމްބަރުންގެ އަޤުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އަދ...

އިބްރާހިމް ޚަލީލް
އެސްޓީއޯއިން "ފިނި ފިނި ހިޓާޗީ" އޭސީ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން "ފިނި ފިނި ހިޓާޗީ" އޭސީ ޕްރޮމޯޝަން ފަށައިފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން އޭސީތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ “ފިނި ފިނި ހިޓާޗީ” ޕްރޮމޯޝަން މިއަހަރުވެސް ފަށައިފިއެވެ. މިއީ އެ ކުންފުނިން ވިއްކާ ހިޓާޗީ ބްރޭންޑުގެ އޭސީތަކަށް ހާއްސަކޮށްގެން ހިންގާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ހިޓާޗީ އޭސީ ގަންނަ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެއެވެ. މީގެ އިތުރުން މި ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންނަށް އިނާމު ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން، 10 ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 1...

އަޙްމަދު ވަހީދު