މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1326 ވަނަ ޞަފްޙާ

ފަހުވަގުތު އިންޑޮނޭޝިޔާއަށް ދިން އިތުރު 10 ހާސް ޙައްޖު ކޯޓާ ދޫކޮށްލައިފި

ފަހުވަގުތު އިންޑޮނޭޝިޔާއަށް ދިން އިތުރު 10 ހާސް ޙައްޖު ކޯޓާ ދޫކޮށްލައިފި

ފަހުވަގުތު ސައުދީ އަރަބިއްޔާގެ ސަރުކާރުން އިންޑޮނޭޝިޔާއަށް ދިން އިތުރު 10 ހާސް ޙައްޖު ކޯޓާ ދޫކޮށްލައިފި އެވެ. އިންޑޮނޭޝިޔާއިން މިހާ ގިނަ ޙައްޖު ކޯޓާ ދޫކޮށްލަން ނިންމާފައިވަނީ ވަގުތު ކުޑަތަން ވެފައިވާ ކަމަށް ބުނެއެވެ. ކޯވިޑް-19 ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލި ފަހުން ފުރަތަމަ ފަހަރަށް އިންޑޮނޭޝިޔާއިން ޙައްޖަށް މީހުން ފޮނުވާފައި ވާއިރު މިއަހަރު އެ ޤައުމުން ޙައްޖަށް ފޮނުވާފައިވަނީ އެއްލައްކަ މީހުންނެވެ. މިއީ އެ ޤައުމުން ޢާއްމުކޮށް ޙައްޖަށް ފޮނުވާ ޢަދަދަށް ވުރެ ދެބައިކުޅަ […]

ސަނިއްޔާ އަބޫބަކުރު
ނެއްލައިދޫ ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކައްކާ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ނެއްލައިދޫ ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކައްކާ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހދ.ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އެ ރަށުގައި ކުރިއަށް ގެންދިޔަ ކައްކަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ނެއްލައިދޫ ޑަބްލިއުޑީސީއާއި އަފްގާން ކުކްބުކްއާއި ގުޅިގެން 23 ޖޫން 2022 އިން 29 ޖޫން 2022 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ޖުމްލަ 25 ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މި ކޯހަކީ އެ […]

އިބްރާހިމް ޚަލީލް
ފޮނަދޫ މަގުހަދަން ފެން ހިންދާ ހޮޅި ވަޅުލައި ނިމެނީ

ފޮނަދޫ މަގުހަދަން ފެން ހިންދާ ހޮޅި ވަޅުލައި ނިމެނީ

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ފެންހިންދާ ހޮޅި ވަޅުލުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި އެ މަސައްކަތުގެ 93 އިންސައްތަ ވަނީ މިހާރު ނިމިފައެވެ. މިހާރު ކުރިއަށްދަނީ ސެޓްލެމެންޓް ޓޭންކް އިންސްޓޯލް ކުރުމުގެ މަސައްކަތާއި ޕޭވްމަންޓް މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއ...

އަޙްމަދު ވަހީދު
މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގެ ހުރިހާ އުމުރެއްގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މަކުނުދޫ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ޤުރުއާން ކިޔެވުމުގެ ވާދަވެރި ރޫހެއް އުފައްދައި ތަޖުވީދު ހަމަތަކުގެ މަތީން ތަރުތީލުކޮށް ޤުރުއާން ކިޔެވުމ...

އިބްރާހިމް ޚަލީލް
ކިނޮޅަސް ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ކިނޮޅަސް ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 46 އިންސައްތަ އާއި، މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 39 އިންސައްތަ އާއި، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 38 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 […]

އަޙްމަދު ވަހީދު
ރަށްރަށުގެ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ އިސްލާޙް ތަސްދީގު ކޮށްފި

ރަށްރަށުގެ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ އިސްލާޙް ތަސްދީގު ކޮށްފި

ފަތުރުވެރިކަމަށް ރަށްރަށުން ދޫކޮށްފައިވާ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ އިސްލާޙް ތަސްދީގު ކޮށްފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވާފައިވާ މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު، ޤާނޫނު ނަމްބަރު: 02/99 އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި އިޞްލާޙުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށު...

ސަނިއްޔާ އަބޫބަކުރު
ދިވެހި ފައިސާގެ ނިޝާނަކަށް ''ރ'' އެއް

ދިވެހި ފައިސާގެ ނިޝާނަކަށް ''ރ'' އެއް

ދިވެހި ފައިސާގެ ނިޝާނުގެ ގޮތުގައި ބޭނުން ކުރާނެ ރަސްމީ ނިޝާން ތައާރަފު ކޮށްފިއެވެ. މި ނިޝާން ތައާރަފު ކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ނިޝާން ތައާރަފު ކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި އަލަށް ތައާރަފު ކުރި ނިޝާން ޑިޒައިން ކުރީ މ.ސްޕޮޓްލައިޓް، ހުސެއިން ސުޖާއުއެވެ. މި ޑިޒައިން ހޮވާފައިވަނީ މިދިޔަ އަހަރު އެމްއެމްއޭ އިން ހުޅުވާލި ފުރުސަތުގެ ތެރެއިން ލިބުނު 70 ހުށަހެޅުމުގެ ތެރެއިންނެވެ. އެ […]

އަޙްމަދު ވަހީދު
މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފި

މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފި

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 45.9 މިލިއަން ރުފިޔާއަށެވެ. މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ. މި އެއްބަސްވުމުގެ ދަށުން މިލަންދޫގައި އ...

އަޙްމަދު ވަހީދު
ރައީސްގެ ދެ ކަނބަލުން މާދަމާ ޙައްޖަށް ފުރާވަޑައިގަންނަވަނީ

ރައީސްގެ ދެ ކަނބަލުން މާދަމާ ޙައްޖަށް ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މާދަމާ ޙައްޖަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ. ޙައްޖުގެ އަޅުކަން އ...

ސަނިއްޔާ އަބޫބަކުރު
އީދަށް ކުމުންދޫގައި "ގާކޮޅު ވޮލީ ޗެލެންޖް" ބާއްވަނީ

އީދަށް ކުމުންދޫގައި "ގާކޮޅު ވޮލީ ޗެލެންޖް" ބާއްވަނީ

ހދ. ކުމުންދޫގައި މި އަހަރު އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން “ގާކޮޅު ވޮލީ ޗެލެންޖް 1443” ގެ ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ދެ ޖިންސުގެ ޓީމްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން ތިން ޓީމް، އަދި ފިރިހެން ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ފްލޯރާ، ޓީމް ރޫބީގެ އިތުރުން ޓީމް ވޮލީ ސްޓާއެވެ. ފިރިހެން ކެޓަގަރީގައި ބައިވެރިވެފައިވާ ފަސް ޓީމަކީ […]

އިބްރާހިމް ޚަލީލް
ހުޅުދެލި ބަނދަރުގެ 87 އިންސައްތަ ނިމިއްޖެ

ހުޅުދެލި ބަނދަރުގެ 87 އިންސައްތަ ނިމިއްޖެ

ދ. ހުޅުދެލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން، މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ […]

އަޙްމަދު ވަހީދު
އާރުޓީއެލްގެ ހިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

އާރުޓީއެލްގެ ހިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް އަންނަ ހއ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” ފުރަތަމަ ފިޔަވަހީގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގެ ހިދުމަތް ހއ އަތޮޅުގައި ރަސްމީކޮށް މިއަދު ފެށި ނަމަވެސް މިދިޔަ މަހު ވަނީ ދަތުރުތައް ފަށައިފައެވެ. މި ހިދުމަތް އެ އަތޮޅުގައި ދެމުން އައީ ހދ. އަތޮޅުގައި ފުރަތަމަ ދެމުން އައި ގޮތަށް ހިލެއެވެ. […]

އަޙްމަދު ވަހީދު
މޫސުން ރަނގަޅުވާނީ އަންގާރަ ދުވަހުގެ ފަހުން: މެޓް އޮފީސް

މޫސުން ރަނގަޅުވާނީ އަންގާރަ ދުވަހުގެ ފަހުން: މެޓް އޮފީސް

މޫސުން ރަނގަޅުވާނީ އަންގާރަ ދުވަހުގެ ފަހުން ކަމަށް މެޓް އޮފީހުން ލަފާކުރައްވައިފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ މިއަދާއި މާދަމާވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި މޫސުން އެންމެ ގޯސްވާނީ، ރާއްޖޭގެ ދެކުނަށް ކަމަށެވެ.  އެހެން ނަމަވެސް އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވަމުން ދާނެ ކަމަށް މެޓް އޮފީހުން އިން ލަފާ ކުރައްވާފައިވެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ޢާއްމު ގޮތެއްގައި މޫސުން ގޯސް ދުވަސް ވަރަކަށްވީ ނަމަވެސް، މިއަހަރު ދަނީ އާދަޔާ […]

ސަނިއްޔާ އަބޫބަކުރު
އެމްޑީޕީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެ

އެމްޑީޕީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ލަތީފް މިއަދު އަވަހާރަ ވެފައިވަނީ އަވައްޓެރި ޝްރީލަންކާގައެވެ. ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް  ވެފައި ވަނިކޮށެވެ. އަދި އޭނާ ސިޔާސީ ހަރަކާތްތަކުން ނުފެންނަތާ ވެސް މިހާރު ވަނާ ވަރަށް ގިނަ ދުވަސްތަކެއް ވެފައެވެ. ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީއާއ...

ސަނިއްޔާ އަބޫބަކުރު
ޢީދު ބަންދާ ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ޢީދު ބަންދާ ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

އަޟްޙާ ޢީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ މިއީ، ކޮންމެ އަހަރެއްގެ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. މި އޮޕަރޭޝަނަކީ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭ...

އަލީ ރިޔާޟް
ނޫސްވެރިންގެ މަސްދަރު ހާމަކުރާ ބިލު، ތަސްދީގު ނުކުރެެއްވުމަށް އެމްއެމްސީން އެދިއްޖެ

ނޫސްވެރިންގެ މަސްދަރު ހާމަކުރާ ބިލު، ތަސްދީގު ނުކުރެެއްވުމަށް އެމްއެމްސީން އެދިއްޖެ

ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭހެން މަޖިލީހުން ފާސްކޮށްފައިވާ ހެއްކާބެހޭ ބިލު ތަސްދީގު ނުކުރެެއްވުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިލައްވައިފި އެވެ. މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެކައުންސިލުން ވިދާޅުވީ، އެބިލާއިމެދު ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށްފައިނުވާތީ، ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމަށް، އެދި އެކައުންސިލުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން...

އަލީ އާދިލް
ކޮރަލްސްއިން ބާއްވާ ވާދެމުމާއި ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ކޮރަލްސްއިން ބާއްވާ ވާދެމުމާއި ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީ ކުލަބް ކޮރަލްސްއިން އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކުލަބް ކޮރަލްސް ވާދެމުން 1443” އާއި “ކުލަބް ކޮރަލްސް ފައިގަތަޅާ 1443” މި ދެ މުބާރާތާއި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުލަބް ކޮރަލްސްއިން ހާމަކޮށްފައިވާ ގޮތުގައި އީދުގައި ވާދެމުމުގެ މުބާރާތެއް އެ ރަށުގައި ކުރިއަށް ގެންދިޔުމުގެ މަގުސަދުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން މި އަހަރު އަޟްހާ އީދު “މުއްސަނދި ސަގާފަތާއި” އެކީ ފާހަގަ ކުރުމަށް […...

އިބްރާހިމް ޚަލީލް
ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ފުރައިފި

ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ފުރައިފި

ދިވެހިރާއްޖޭން މިއަހަރު ޙައްޖަށްދާ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖޭން ފުރިއިރު އަލްވަދާޢު ވިދާޅުުވުމަށް ރައީސް ޞާލިހު އެއާޕޯޓަށް ވަޑައިގެން އަލްވަދާޢު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި އެ އެބޭފުޅުންގެ ޙާލު އޮޅުން ފިލުއްވިއެވެ. ޙައްޖުގެ އަޅުކަމަށް މިރޭ ފުރި 115 ޙައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލު...

ސަނިއްޔާ އަބޫބަކުރު