ހދ. ކުމުންދޫގައި މި އަހަރު އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން "ގާކޮޅު ވޮލީ ޗެލެންޖް 1443" ގެ ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ދެ ޖިންސުގެ ޓީމްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން ތިން ޓީމް، އަދި ފިރިހެން ފަސް ޓީމް ވަނީ ބައިވެރިވެފައެވެ.
އަންހެން ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ފްލޯރާ، ޓީމް ރޫބީގެ އިތުރުން ޓީމް ވޮލީ ސްޓާއެވެ. ފިރިހެން ކެޓަގަރީގައި ބައިވެރިވެފައިވާ ފަސް ޓީމަކީ ލެންޓަން، އުތުރު ސްޕޯޓްސް، ޒީރު ސްޕޯޓްސް ކުލަބް، ޓީމް ބްލޭޒްގެ އިތުރުން ޓީމް އޮސަސްކޯއެވެ.
މި މުބާރާތުގެ ދެ ކެޓަގަރީ ވެސް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 09 ޖުލައި 2022 ވަނަ ދުވަހުއެވެ. މުބާރާތުގެ ދެ ކެޓަގަރީގެ ވެސް ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2022 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ޑައިރެކްޓް ލޮޖިސްޓިކްސްއެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުރެވި ޖަމިއްޔާ، ފެނަކަ ކުމުންދޫ ބްރާންޗް، ކުމުންދޫ ހެލްތު ސެންޓަރ، ކުމުންދޫ ޔޫތު ސްޕޯޓްސް، ޖަސްޓް ނިއުޝޮޕް، ސަމާ ކުލަބް، އަކަސޭލް، އެމްއެޗްޑީ މާޓް، ނެވި ކެފޭ، އޯލް ނީޑްސް، ބްލޫ ބްލިސް ކެފޭގެ އިތުރުން ރެޑް އެޕަލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!