ހދ. ކުޅުދުއްފުށި ސިޓީ ކުލަބް ކޮރަލްސްއިން އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ކުލަބް ކޮރަލްސް ވާދެމުން 1443" އާއި "ކުލަބް ކޮރަލްސް ފައިގަތަޅާ 1443" މި ދެ މުބާރާތާއި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކުލަބް ކޮރަލްސްއިން ހާމަކޮށްފައިވާ ގޮތުގައި އީދުގައި ވާދެމުމުގެ މުބާރާތެއް އެ ރަށުގައި ކުރިއަށް ގެންދިޔުމުގެ މަގުސަދުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން މި އަހަރު އަޟްހާ އީދު "މުއްސަނދި ސަގާފަތާއި" އެކީ ފާހަގަ ކުރުމަށް ހަމަޖެހިފައި ވުމާއިއެކު އެ ކުލަބުގެ ފަރާތުން މި ކުޅިވަރު އާލާކޮށް ދިރުވައި، ވާދަވެރި މާހައުލެއްގައި ކުޅެވޭނޭ ފުރުޞަތު ރަށުގެ ދެ ޖިންސުގެ މީހުންނަށް ހޯދައިދިނުމެވެ.
މި މުބާރާތް ދެ ޖިންސަށް ވަކިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ޓީމްތަކުން ކުލަބް ކޮރަލްސްގެ ފޭސްބުކް ޕޭޖްގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުއްވުމަށް އެ ކުލަބުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ޓީމަކުން ވެސް 300 (ތިންސަތޭކަ ރުފިޔާ) ފީއެއް ދައްކަވަން ޖެހެއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ޓީމްތަކުން 5 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 18:00 ގެ ކުރިން ފޯމް ހުށަހެޅުއްވުމަށް އެ ކުލަބުން އެދިލައްވައެވެ.
ކުލަބް ކޮރަލްސްއިން ހާމަކޮށްފައިވާ ގޮތުގައި ފައިގަތަލާ މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން މި އަހަރު އަޟްހާ އީދު "މުއްސަނދި ސަގާފަތާއި" އެކީ ފާހަގަ ކުރުމަށް ހަމަޖެހިފައި ވުމާއިއެކު އެ ކުލަބުގެ ފަރާތުން މި ކުޅިވަރު އާލާކޮށް ދިރުވައި، ވާދަވެރި މާހައުލެއްގައި ކުޅެވޭނޭ ފުރުޞަތު ރަށުގެ ދެ ޖިންސުގެ މީހުންނަށް ހޯދައިދިނުމެވެ.
މި މުބާރާތް ދެ ޖިންސަށް ވަކިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ޓީމްތަކުން ކުލަބް ކޮރަލްސްގެ ފޭސްބުކް ޕޭޖްގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުއްވުމަށް އެ ކުލަބުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ޓީމަކުން ވެސް 300 (ތިންސަތޭކަ ރުފިޔާ) ފީއެއް ދައްކަވަން ޖެހެއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ޓީމްތަކުން 5 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 18:00 ގެ ކުރިން ފޯމް ހުށަހެޅުއްވުމަށް އެ ކުލަބުން އެދިލައްވައެވެ.
ދެ މުބާރާތުގެ ގަވާއިދު: https://tinyurl.com/454x47rf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!