މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1328 ވަނަ ޞަފްޙާ

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ނަހުލާ ތަގުރީރު ކުރައްވައިފި

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ނަހުލާ ތަގުރީރު ކުރައްވައިފި

އދ. އިން ބޭއްވި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މަތީ ފަންތީގެ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ތަގުރީރު ކުރައްވައިފިއެވެ.  އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީއާ ގުޅޭ ހައިލެވަލް ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި، އަނިޔާލިބޭ މީހުންގެ އަދަދު 2030 ވަނަ އަހަރު އަންނަން ވާއިރަށް ފަންސާސް އިންސައްތަ ދަށްކުރުމަކީ އަމާޒެއް ކަމަށެވ...

ސަނިއްޔާ އަބޫބަކުރު
މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އޮޑިވެރިންނާއި ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ އާއިލާތަކާއި ރަހްމަތްތެރިން ވެސް ދަތުރު ކުރެވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަގީން ކުރެއްވުމަށް ފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދު ދެއްވާ ކަމަށެވެ. އަދި ދަތުރު ކުރާ އިރު އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން އެމްއެންޑީއެފް...

ސަނިއްޔާ އަބޫބަކުރު
އެމްއެސްއެސް ގެ ތިންވަނަ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

އެމްއެސްއެސް ގެ ތިންވަނަ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ތިން ވަނަ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއެސްއެސްގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. އަދި ޖަރުމަނުވިލާތުގެ ކެންޑްލަރ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޖީނަސް ކެލާއެވެ. އެއްބަސްވުމާއެކު މިއަދު އެމްއެސްއެސް އިން ގަތް ބޯޓު ވެސް ވަނީ ރާއްޖެއަށް ގެނެސްފައެވެ. މި ބޯޓުގެ […]

އަޙްމަދު ވަހީދު
ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި އަޑުގަދަކުރި މީހަކު ހައްޔަރުކޮށްފި

ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި އަޑުގަދަކުރި މީހަކު ހައްޔަރުކޮށްފި

ކިންގް ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި އަޑުގަދަ ކުރިމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި މީހަކު އަޑުގަދަ ކުރަމުންދާ ކަމުގެ މައުލޫމާތު މިއަދު 12:24 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ. މި މައްސަލައާއި ގުޅިގެން 43 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ހުރީ އައިއެސްއައިސްގެ ލޯގޯ ޖެހި ޖުއްބާއެއް ލައިގެންނެވެ. މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާ...

ތިލަދުން
ރިބާ ކާ މީހުންގެ ދިރިއުޅުން ނުތަނަވަސްވެ، ފައިސާއާ ހެދި މޮޔަވޭ! ލިބޭ އެއްޗަކުން ނުފުދި ދަހިވެތިކަން އިތުރުވޭ!

ރިބާ ކާ މީހުންގެ ދިރިއުޅުން ނުތަނަވަސްވެ، ފައިސާއާ ހެދި މޮޔަވޭ! ލިބޭ އެއްޗަކުން ނުފުދި ދަހިވެތިކަން އިތުރުވޭ!

ރިބާ އަކީ ޙަރާމް އެއްޗެއްކަން، ޤުރުއާނާއި ސުންނަތުން އަދި އިޖްމާޢުން ސާބިތުވެއެވެ. އަލްއިމާމްނަވަވީ ވިދާޅުވެފައިވަނީ މުސްލިމުންވަނީ ރިބާއަކީ ޙަރާމްއެއްޗެއްކަމަށް އިޖުމާޢުވެފައެވެ. އަދި ރިބާ ކެއުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެހެންކަމުން އިސްވެބަޔާންކުރެވުނު ދެވައްތަރުގެ ރިބާއަކީވެސް ކަނޑައެޅިގެން ހަރާމް އެއްޗެކެވެ. އިސްމާލްދީނުގައި އިޤުތިޞާދު ބިނާކުރުމުގައި ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށްޓަކައި ދީނުގައި ރިބާވަނީ ކަނޑައެޅިގެން ހަރާމްކުރައްވާފައެވެ. މީއީ އިންސާނީދަ...

ތިލަދުން
ކްރޮސްރޯޑްސްގައި މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު، ފައިސާ ނެތިގެން ގައުމަށް ނުގެންދެވިފައި

ކްރޮސްރޯޑްސްގައި މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު، ފައިސާ ނެތިގެން ގައުމަށް ނުގެންދެވިފައި

ކްރޮސްރޯޑްސްގައި މަރުވި އޮސްޓްރޭލިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު، ފައިސާ ނެތިގެން ގައުމަށް ނުގެންދެވިފައިވާކަމަށް އާއިލާއިން ހާމަކޮށްފި އެވެ. މިމަހުގެ 25 ވަނަ ދުވަހު ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން ގެއްލުނު ޖަސްޓިން ގްރޭންގާ ނަމަކަށް ކިޔާ ފަތުރުވެރިޔާ މޫދުން ނެގިއިރުވެސް ވަނީ މަރުވެފައިކަމަށް ފުލުހުންގެ ޚިދުމަތުން އެދުވަހު ވަނީ ބުނެފަ އެވެ. އާއިލާ އާއި ހަވާލާދީ ބޭރުގެ ބައެއް ނުސްތަކުގައި ބުނެފައިވަނީ އޭނާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ އަންހެނުން ނާއި 10 އަހަރުގެ އަންހެން ދަ...

އިބްރާހިމް އަސްވާޤް
މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާ މާއްދާ ފާސްކުރުމުން ކަންބޮޑުވުން

މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާ މާއްދާ ފާސްކުރުމުން ކަންބޮޑުވުން

ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާއި ބެހޭ ބިލުގައި ހިމަނާފައިވާ މާއްދާ އަސް ބަދަލު ނުގެނެސްއެ ބިލު ފާސްކުރުމުން ކަންބޮޑުވުން ފާޅު ކުރަންފަށައިފި އެވެ. ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅި އެ ބިލުގައި ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބެ އެވެ. އެގޮތުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބިދެނީ ޓެރަރިޒަމް އާއި ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލަތަކު...

ޝިއުނާ އާދަމް
ބޭންކަށް 6.3 މިލިއަން ދައްކަން އަލްހާނާއި އާއިލީ ބޭފުޅުންތަކަކަށް ހުކުމްކޮށްފި

ބޭންކަށް 6.3 މިލިއަން ދައްކަން އަލްހާނާއި އާއިލީ ބޭފުޅުންތަކަކަށް ހުކުމްކޮށްފި

ކިންގް ފޮރެކްސްގެ ނަމުގައި ކުންފުންޏެއް ހަދައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފައިސާ ނުދިން މައްސަލާގައި މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވޭ އަލްހާން ފަހުމީ އާއި އޭނާގެ އާއިލާ ބޭފުޅުން ނެގި ލޯނަކަށް 6.3 މިލިއަން ރުފިޔާ ދައްކަން ކޯޓުން ހުކުމްކޮށްފި އެވެ. އަލްހާނާއި އޭނާގެ ކޮއްކޮ އަޒްހާން ފަހުމީ އާއި ހާމިދު ފަހުމީ އަދި މުހައްމަދު ފަހުމީ 6.3 މިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ މ. […]

ހުސައިން ހަބީބް
އުރީދޫ ސުޕަނެޓް ހިދުމަތް ގެމަނަފުއްޓަށް

އުރީދޫ ސުޕަނެޓް ހިދުމަތް ގެމަނަފުއްޓަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގއ. ގެމަނަފުއްޓަށް މިއަދު ތައާރަފްކޮށްފިއެވެ. އުރީދޫއިން ބުނީ ގެމަނަފުށީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަރ ސުޕަރނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ. އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ގެމަނަފުއްޓަށް މި ހިދުމަތް ތައާރަފު ކުރީ ފައިބަ...

އަޙްމަދު ވަހީދު
ލަމްހާ މިފަހަރު ވެސް ބަންދުން ދުލެއް ނުކުރި

ލަމްހާ މިފަހަރު ވެސް ބަންދުން ދުލެއް ނުކުރި

ލޯބިވެރިޔާއާ ގުޅިގެން ފިލިޕީންސްގެ ނަރުހަކު މަރާލިކަމުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި ޅ. ހިންނަވަރު ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެތަނުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ އެކު ބައިވެރިވި ކަމަށް ބުނެ އެވެ. ދައުލަތުން ތުހުމަތު ކުރަނީ ލަމްހާ އާއި މާވިން އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ...

ހުސައިން ހަބީބް
ސިންގަޕޫރްގެ ސަފީރުކަމަށް ތަސްމީން އައްޔަންކުރަން ރުހުންދީފި

ސިންގަޕޫރްގެ ސަފީރުކަމަށް ތަސްމީން އައްޔަންކުރަން ރުހުންދީފި

ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަންކުރަން ކުރީގެ ހޯމް މިނިސްޓަރު އަހްމަދު ތަސްމީނަށް ރުހުންދޭން ފާސްކޮށްފި އެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރުކަންވެސް ކުރައްވާފައިވާ ތަސްމީން އެ މަގާމަށް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުންދީފަވަނީ، ވޯޓުގައި ބައިވެރިވި 58 މެމްބަރުން ވޯޓުން ނެވެ. މިހާރު ސިންގަޕޫރު ސަފީރަކަށް ހުންނަވަނީ ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް އެވެ. އެމަގާމަށް ތަސްލީމް އައްޔަން ކުރުމަށްފަހު، ޝަހީބު ހަމަޖައްސަން ނިންމާފައި ވަނީ...

އަލީ އާދިލް
އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަ ނުވާތީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފިއެވެ. ގާނޫނުގައި ބަޔާން ކުރާ މެންބަރުންގެ އަދަދު ހަމަނުވާތީ، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ޕާޓީއަކުން އީސީން ވަނީ އުވާލާނެ ކަމުގެ ނޯޓިސް ދީފަ އެވެ. އެއީ އެމްއެލްއެސްޑީޕީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. މި […]

ޝިއުނާ އާދަމް
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން "ކީރިތި ޤުރްއާން" (02)

އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން "ކީރިތި ޤުރްއާން" (02)

އިސްލާމީ ޝަރީޢަތުގެ “މަޞްދަރު” ތަކާ ބެހޭގޮތުން ލިޔަމުން މިގެންދާ ސިލްސިލާ ލިޔުމުގައި މިހާރު ލިޔަމުން މިދާބައިގައި (ކީރިތި ޤުރްއާން އާއި ބެހޭ ބައިގައި) އަޅުގަނޑު މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އިންސާނާގެ ދުނިޔަވީ ދިރިއުޅުމުގައި ނުވަތަ މާއްދީ ކަންތައްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ބައެވެ. ދެވަނަ ބަޔަކީ އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ޙުކުމްކުރުމުގައި ޤުރްއާނުގެ ޙުއްޖިއްޔަތުގެ އާރާއި ބާރުގެ މައްޗަށް ލިޔަން ޤަޞްދުކުރާ ބައެވެ. މި ލިޔުމުގައި މި އަލިއަޅުވާލަނީ އިންސާނީ...

ޤާސިމް މުޙައްމަދު
އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށް ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ހަވާލުކޮށްފި

އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށް ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ހަވާލުކޮށްފި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރުގެ ސައިޓް ، މި މިސައްކަތް ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް ޓީމާއި ކޮންޓްރެކްޓަރގެ ޕްރޮޖެކްޓް ސްޓާފުން އަދި ރަށު ކައުންސިލްގެ މެމްބަރުން ހިމ...

ޝިއުނާ އާދަމް
މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާބެހޭ ބިލު ފާސްކޮށްފި

މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާބެހޭ ބިލު ފާސްކޮށްފި

ނޫސްވެރިންނަށް މައުލޫމާތު ލިބުނު މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ސަރުކާރުން ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅި އެ ބިލުގައި ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބެ އެވެ. އެގޮތުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބިދެނީ ޓެރަރިޒަމް އާއި ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލަތަކުގަ އެވެ. އެ ބިލު ހުށަހެޅީއްސުރެ ނޫސްވ...

ޝިއުނާ އާދަމް
ފުނަދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމް ނިންމާލައިފި

ފުނަދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމް ނިންމާލައިފި

ފުނަދޫ ކައުންސިލާ ގުޅިގެން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބޭއްވި ކަސްރަތު ޕްރޮގުރާމް ނިންމާލައިފިއެވެ. މިކަމާ ގުޅޭ ގޮތުން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމަކީ ކައުންސިލުން 40 އިންސައްތަ އަދި ކޮމެޓީން 60 އިންސައްތަ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ ދިގުމުއްދަތުގެ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގައި ސާޅީހަށްވުރެ ގިނަ ބައިވެރިން ބައިވެރިވި ނަމަވެސް މިހާތަނަށް އާދެވުނު އިރު ދެމިތިބީ 23 ކަނބަލު...

ސަނިއްޔާ އަބޫބަކުރު
ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސް ވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސް ވާނެ: މެޓް

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހާމަކޮށްފިއެވެ. މީޓިއޮރޮލޮޖިކަލް ސާރވިސްގެ މެޓް އޮފީހުން އިން ލަފާކުރާ ގޮތުގައި މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. މި މުއްދަތުގައި، ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި މިރެއިން ފެށިގެން ހަފްތާ ބަންދާއެކު، ހާއްސަކޮށް އުތުރާއި މެދު […]

ސަނިއްޔާ އަބޫބަކުރު
ޢިލްމުވެރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ޢިލްމުވެރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ޔޯގާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ޢިލްމުވެރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. އެގޮތުން ޔޯގާ މައްސަލައާ ގުޅިގެން ފުލުހުން ބަންދުކުރި ޝައިހް ފަޒްލޫންގެ ބަންދަށް 7 ދުވަސް އަދި ޝައިހް އާދަމް ނިޝާން ޢަލީގެ ބަންދަށް 3 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރު ކޮށްފައެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ދިމާކޮށް ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު، އައިސީސީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބޭއްވި ޔޯގާ އިވެންޓަށް […]

ސަނިއްޔާ އަބޫބަކުރު