ހދ.ނޭކުރެންދޫގެ ފްޓްބޯޅަ ޓީމެއްގޮތުގައި ހަރަކާތްތެރިވާ މާޒިންސްގެ ހަގު ޗެލެންޖް ފްޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އުމުރުން 9 އަހަރާއި 13 އަހަރާއި ދެމެދުގެ ފިރެހެން ކުދިންނަށް ހާއްސަ މުބާރާތެކެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. ކޮވިޑާ ގުޅިގެން 1 އަހަރުގެ މެދުކެޑުމަކަށްފަހު މި އަހަރު މީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މި މުބާރާތުގައި ހުރިހާ ޓީމް ތަކަށްވެސް ޖާޒީ ފޯރުކޮށްދޭނީ މުބާރާތް އިންތިޒާމް […]
އަލީ ރިޔާޟް
ކޮތަރުކޮށި ޖަމިއްޔާއިން “ދީފަ އަތުލި ފްލެޓް ދަފްތަރު” ގެ ނަމުގައި ދަފްތަރެއް އެކުލަވާލަން ފަށައިފި އެވެ. އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާ ނުވަތަ ކޮތަރުކޮށި ޖަމިއްޔާއިން ބުނީ ދީފަ އަތުލި ފްލެޓް ދަފްތަރަކީ ކުރީ ސަރުކާރުގައި ފްލެޓު ލިބި މިސަރުކާރުން އަތުލި މީހުންގެ މަޢުލޫމާތު އެއް ކުރުމަށް ހަދާ ދަފްތަރެއް ކަމަށެވެ. މި ދަފްތަރުގެ ބޭނުމަކީ ކުރިން ފްލެޓް ލިބި ފަހުން ނުލިބުނު ފަރާތްތައް އެއްތަންކޮށް އެކުއެކީ އެ ފްލެޓުތަކަށް ވަކާލާތު ކުރަން ފެށުން ކަމަށާއި އެހެން […]
ސަނިއްޔާ އަބޫބަކުރު
ދިވެހި މަސައްކަތްތެރިންނަށް ދޭ ޕެންޝަނާއި އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކޮށް، ވަޒީފާ އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ 2 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އާއި ވޯލްޑް ބޭންކު...
އަޙްމަދު ވަހީދު
އެކްސިޑެންޓާ ގުޅިގެން ވެސްޓް ޕާކު ރޫޓުގެ ބަސްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ވެސްޓް ޕާކުގެ ހުރިހާ ބަސްތަކެއް ވަނީ ކާނިވަލް ރޫޓަށް ބަދަލު ކޮށްފައި ކަމަށެވެ. މި ހިދުމަތް މެދުކަނޑާލީ މިރޭގެ ވަގުތެއްގައި އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވިއިރު އަންހެނަކު ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓުގައި ކާރު ފުނޑުފުނޑުވެފައިވާއިރު ބަހުގެ...
އަޙްމަދު ވަހީދު
ބޮޑުތަކުރުފާނު މަގު އެކުވެނި ޓްރެކު ސަރަހައްދުން ދުއްވާފައި ދިޔަ ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު ނިޔާވެއްޖެ އެވެ. ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. މި ހާދިސާގެ މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހުންގެ ހާލާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ. މަޢުލޫމާތު ލިބޭގޮތުގައި އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ […]
އަލީ އާދިލް
މެޕްސް ކޮލެޖްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އިއްޔެ ބާއްވައިފިއެވެ. 2 ދަންފަޅިއަކަށް ބަހާލައިގެން 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރަ އެޑިއުކޭޝަން އަލްފާޟިލް މުޙައްމަދު ޙާޝިމްއެވެ. ދެވަނަ ދަންފަޅީގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ހަރ އެކްސެލެންސީ ކެރޮން ރޮޝަރ އެވެ. އިއްޔެ...
އިބްރާހިމް އަސްވާޤް
ބޮޑުތަކުރުފާނު މަގު އެކުވެނި ޓްރެކު ސަރަހައްދުން ދުއްވާފައި ދިޔަ ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މި ހާދިސާގެ މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހުންގެ ހާލާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ. މަޢުލޫމާތު ލިބޭގޮތުގައި އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގަ އެވެ. އެކްސިޑެންޓްގައިި ގެއްލުން ލިބިފައިވަނީ ބަސް […]
އިބްރާހިމް އަސްވާޤް
ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ޖުމްލަ 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެ ރަށްތަކާއި ހަވާލުކޮށްފިއެވެ. 25 ޑްރެގް ބްރަޝް މެޝިންތައް ރަށްތަކާއި ހަވާލުކުރުމަށް މިއަދު ވަނީ އެކުވެނި ސިންތެޓިކް ޓްރެކްގައި ރަސްމީޔާތެއް ބާއްވާފައެވެ. މި ރަސްމީޔާތުގައި ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝ...
އަލީ އާދިލް
ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަނެ ދިރާސާ ކުރެއްވުމަށްޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވާލެއްވި ރިޕޯޓު “އެދުރުންގެ ފަންނު: ގޮންޖެހުންތަކާއި ހުށަހެޅުންތައް” ޝާއިޢު ކޮށްފިއެވެ. ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރައްވަން ނިންމަވައި ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހައްމަދު ސާލިޙް، އެކަން އިޢުލާނު ކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާ...
ސަނިއްޔާ އަބޫބަކުރު
މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަމަ މުގުރާލައި، ލާމަރުކަޒީ ޤާނޫނާއި އަދި މާލިއްޔަތުގެ ޤާނޫނާއި ވެސް ޚިލާފަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޭޔަރު ވަނީ އެ މަޝްރޫޢު ސިޓީ ކައުންސިލްގެ އަތުން އަތުލައި، އާރްޑީސީއާއި ބޮޑު އަގެއްގައި ހަވާލު ކުރުމަކީ ބޮޑު އިސްރާފެއްކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއީ ކޮރަޕްޝަންގެ ޢަމަލެއ...
އަލީ އާދިލް
ރައްޔިތުންނަށް ހެޔޮ އަގުގައި ވިއްކާ ތެޔޮ ގަނެގެން އެ ތެޔޮ، ބޮޑު އަގުގައި ރިސޯޓްތަކަށް ވިއްކާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން އެސްޓީއޯއިން ފިޔަވަޅު އަޅައިފިއެވެ. އެ ކުންފުނިން ވިއްކާ ތެޔޮ ކޮންޓްރޯލް ކޮށްފައިވާ ކަމަށް ބުނެ ޚަބަރުތައް ފެތުރެން ފެށުމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ބޮޑު ގެއްލުން ކުޑަކުރުމުގެ ގޮތުން އެފްއެސްއެމުން ފިއުލް ޝެޑްތަކުންނާއި މަސްވެރިންނަށާއި ރަށްރަ...
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށީ ކޯޓުގެ އެޑްމިިނިސްޓްރޭޓަރު ހިމެނޭގޮތަށް، އެ މަގާމުން ވަޒީފާއިން ވަކިކުރި 10 މީހަކަށް އަލުން ވަޒީފާދޭން ޖެހޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ވަކި އަދަދަކަށް މާކްސް ނުލިބޭ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރު ވެސް ހިމެނެ އެވެ. ވަޒީފާއާބެހޭ […]
ހުސައިން ހަބީބް
ދިރާސީ އަހަރުގެ ކިޔެވުންނިމި ދަރިވަރުންގެ ބޮޑުޗުއްޓީއެއް ފެށުނީއެވެ. ކިޔެވުމާއި، ކިޔަވަން ގެންގުޅުނު ފޮތްތަކާއި، މުދައްރިސުންގެ އަގުހުރި އިރުޝާދުތައްވެސް ދަބަހާއި، ފޮތްތަކާއިއެކު ގޭގެ ކޮންމެވެސް ކަނެއްގައި ބަހައްޓާފައި ހުރިހާ ކުދިންނާއި ބެލެނިވެރިން ދިގު ޗުއްޓިއަކަށް ދަތުރުފެށީއެވެ. ކިޔެވުމާއި ފިލާވަޅުތައް ދަސްކުރުމުގެ ވަރުބަލިކަމާއި ލޮޑުކަން ފިލުވާލަން ލިބުނު ރަނުގެ ފުރުޞަތެކެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ ޗުއްޓީގެ ދުވަސްތައް އެކުގައި ކިޔަވާފޮތްތަކާއި އެކަހެރިވެ، ދުރުގައި ހޭދަކުރުމަކީ ދަރިވަރުނ...
ޤާސިމް މުޙައްމަދު
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތް މި އަހަރުގެ އަޟްހާ އީދު ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ. ނެއްލައިދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ކުޅިވަރުގެ ރޫޙް އާލާކޮށް ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އެޅުމުގެ އިތުރުން އެ ރަށަކީ އެއްބައި ވަންތަ ރައްޔިތަކު ދިރިއުޅޭ ރަ...
އިބްރާހިމް ޚަލީލް
ސްލޮވާކިއާގައި އުދުހޭ ކާރު “އެއާ ކާ” އުދުހުމުގެ ހުއްދަ އެ ޤައުމުގެ ޓްރާންސްޕޯޓް އޮތޯރިޓީ (އެސްޓީއޭ) އިން ދީފިއެވެ. މިއީ އުދުހޭ ކާރަކަށް ގައުމަކުން ހުއްދަ ދިން ފުރަތަމަ ފަހަރެވެ. މިއާއެކު ސްލޮވާކިއާ އަދި ދުނިޔޭގެވެސް ދަތުރުފަތުރަށް އީޖާދީ ބަދަލުތައް އަންނާނެ ކަމަށް ލަފާ ކުރެއެވެ. އެއާ ކާރަކީ ދެ ސީޓު ހުންނަ ކާރެކެވެ. އާއްމު ކާރުތަކާއި އެއްގޮތަށް ހުންނަ މި ކާރުގައި ފިޔަހުރެއެވެ. އެއީ ފްލައިޓުތައްހެން އުދުހުމުގައި ބޭނުން ކުރެވޭ ފިޔައެވެ. އެ ފިޔަ ހުންނަނީ […]
އަޙްމަދު ވަހީދު
ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް […]
އަޙްމަދު ވަހީދު
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއް...
ޔުމްނާ ޢަލީ
މި އަހަރު އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން ޖުމްލަ 18 ރަށެއްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. އީދުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ތިލަދުންމަތީގެ ތިން ރަށަކީ ހއ.ބާރަށް، ހއ.ދިއްދޫގެ އިތުރުން ހއ.ވަށަފަރެވެ. ދެން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ނ. ވެލިދޫ، ނ. ހޮޅުދޫ، ނ. ފޮއްދޫ، ރ. މާކުރަތު، ބ. ފުޅަދޫ، ބ. ދަރަވަންދޫ، ބ. އޭދަފުށި، ކ. […]
އިބްރާހިމް ޚަލީލް