މިފަހަރުގެ ވޯލްޑް ކަޕްގައި ކޭޕް ވާޑްގެ ގައުމީ ޓީމާއެކު ތާރީޚީ ކާމިޔާބީތަކެއް ހޯދި އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ، ޗިލީގެ ކޮލޯ ކޮލޯއާ ގުޅުމަށް އާދީއްތަ ދުވަހު އެގައުމަށް ގޮސްފިއެވެ. އޭނާ ޗިލީއަށް މިދިޔައީ އޭނާގެ ޓްރާންސްފާއާ މެދު ސުވާލު އުފެދުނު އެތައް ދަތިތަކަކަށް ފަހުގައެވެ. ސެންޓިއާގޯގެ އެއާޕޯޓަށް އޭނާ އައުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދުންމާރި އާއި ދިދަތަކާއެކު އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޗިލީގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ކޮލޯ […]
އަޙްމަދު ވަހީދު
ހދ. ނާގޯށި ހިމެނޭހެން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ރަށެއްގެ ހެޑްލީސް ޙައްޤެއް ނުވަތަ ހަރުމުދަލެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީޑީސީން މިކަން ހާމަކުރީ އެ ކުންފުނީގެ ބައެއް ރަށްތައް ވިއްކާލަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެމްޓީޑީސީން ބުނީ ހދ. ނާގޯށި، ގދ. މަގުއްދުވާ، އަދި ބ. ކިހަވައްހުރަވަޅި އަކީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓް ތ...
ޔުމްނާ ޢަލީ
ޔޫރޮޕާ ލީގުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗެއްގައި އިސްރާއީލުގެ މަކާބީ ތެލް-އަވީވްގެ ސަޕޯޓަރުން ބަޑިބޭސް ބޭނުންކުރުމާ ގުޅިގެން، އެ ކްލަބުގެ ކުރިއަށް އޮތް ހޯމް މެޗު ސަޕޯޓަރުން ނުވައްދާ ހުސް ދަނޑެއްގައި ކުޅުމަށް ޔޫއެފާއިން ހޯމަ ދުވަހު އަމުރުކޮށްފިއެވެ. މި ނިންމުމާ ގުޅިގެން، އަންނަ ބުރާސްފަތި ދުވަހު ޖޯޖިއާގެ ބަޓޫމީގައި ސީއެސްކޭއޭ ސޯފިއާއާ ދެކޮޅަށް މަކާބީ ކުޅޭ މެޗު ކުރިއަށްދާނީ އެއްވެސް ސަޕޯޓަރަކު ނުވައްދައެވެ. މިއީ މިދިޔަ ހަފުތާގައި ޝެރިފް ޓިރަސްޕޯލް އަތުން 1-0 އިން މަކާބީ […]
އަޙްމަދު ވަހީދު
ށ. ނަރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަކިކޮށް، އެމް.ޑަބްލިޔު.އެސް.ސީ ނުވަތަ އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހަސަނާ ވަނީ ނަ...
ޔުމްނާ ޢަލީ
ހަނގުރާމަ ހުއްޓާލައި މެދުއިރުމައްޗަށް ދާއިމީ ސުލްހަ ގެނައުމަށް އެއްބަސްވުމަކަށް އަންނަން ބޭނުންނަމަ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް އީރާނުން ޑިމާންޑްކޮށްފިއެވެ. މިއީ އީރާނުގެ ހާރިޖީ ސިޔާސަތާއި ސަރަހައްދީ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން އެ ގައުމުން ތަކުރާރުކޮށް ކުރަމުންދާ މުހިންމު އިލްތިމާސެކެވެ. ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އީރާނުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހާއި...
ނާޒިމާ އަލީ
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާޒުގެ އޮފީހުން ހުޅުވައިލައިފައިވާ މުއްދަތު އިތުރުކޮށްފިއެވެ. މި މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރަތަމަ ހުޅުވައިލީ ޖުލައި 13 ގައެވެ. އެއިރު ކުރިމަތިލުމަށް ދިން ސުންގަޑިއަކީ 28 ޖުލައި 2026 އެވެ. ރައީސް އޮފީހުން މިއަދު ބުނީ މިހާރު ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ 12:00 ކަމަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރ...
ޔުމްނާ ޢަލީ
ހއ. އުލިގަމުން ބިން ގަތުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ. އުލިގަމު ކައުންސިލުން މި ފުރުސަތު އަލުން ހުޅުވާލީ، އެ ރަށުން ބިން ގަތުމަށް 25 މެއި 2025 ގައި ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިން ގަތުމަށް ހުށަހަޅާފައި ނުވާތީއެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވިއްކުމަށް ހަމަޖެހިފައިވަނީ އުލިގަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުން 2،500 އަކަފޫޓުގެ ތިން ބިމެވެ. މި ބިންތައް ގަތުމަށް ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި […]
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހުނަރުތައް ދަސްކޮށްދީ އަހުލުވެރިކުރުމަށް ހިންގާ “ޑިޖިޓަލް ފޯ އޯލް” ޕްރޮގްރާމްގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދޭނެ ލޯކަލް ޕާޓްނަރުން ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ޒަމާނީ ޓެކްނޮލޮޖީގެ ފުރުސަތުތައް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ގައުމީ ހަރަކާތެކެވެ. މިކަމަށްޓަކައި ރަށްރަށުގެ ކައުންސިލްތ...
އިބްރާހިމް އަސްވާޤް
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އެ އޮފީހުން ކުރި އިއުލާނެއްގައިވާ ގޮތުން، މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވަ...
އިބްރާހިމް އަސްވާޤް
ހއ. ކެލާގެ މަގުހެދުމުގެ މަޝްރޫއުގައި ކޭބަލް ހޮޅި ވަޅުލުމަށް މަގު ކޮންނަމުން ދަނިކޮށް، ހަ ފޫޓުގެ ބާ ފާރެއް ވެއްޓި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި މިހާދިސާ ގައި އަނިޔާވެފައިވަނީ، އެރަށުގެ އުމުރުން 60 އަހަރުން މަތީގެ ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މިއަދު ހަވީރު ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހާކު […]
އިބްރާހިމް އަސްވާޤް
ށ. ކަނޑިތީމުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި ޢިއުލާންގައި ކަނޑިތީމު ކައުންސިލުން ބުނީ މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ކަނޑިތީމު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1750 އަކަފޫޓުގެ ދެ ބިމެކެވެ. އެއީ ބިން ނަންބަރު LT-026 އަދި LT-027 އެވެ. މި ބިންތަ...
ޔުމްނާ ޢަލީ
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ ރޯޑްމެޕްގެ ދެވަނަ މަރުހަލާއަށް ހަމާސްއިން އެއްބަސްވެ، ސުލްހައިގެ އުންމީދުތައް އާވެފައިވަނިކޮށް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ލާއިންސާނީކަން އިތުރުކޮށްފިއެވެ. ޣައްޒާގެ ސިވިލް ޑިފެންސްއިން ހާމަކުރި ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް 10 އަށްވުރެ ގިނަ ވައިގެ ހަމަލާދީފައެވެ. މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން މަދ...
ނާޒިމާ އަލީ
މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓްތައް ކައިރިން މީހަކު ހައްޔަރުކޮށްފުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ޝަބްނަމީގެ، ޝިޢާން އަޙްމަދު (20އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ. ޝިޢާން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލުކުރަމުން...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި އަލަށް ގާއިމްކުރުމަށް ނިންމާފައިވާ ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްގީ ކުރުމަށްޓަކައި ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ހަމަޖައްސައިފިއެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްގީ ކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ސަހަރާ ހުރި ބިމުން އެކަމަށް ބޭނުންވާ ޖާގަ ހަމަޖައްސައިދީފައިވާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝ...
ޝިއުނާ އާދަމް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ސ.ހުޅުދޫ، ގޯރަންވިލާ ފާޠިމަތު ދިޔާނާ، މިއަދު ޢައްޔަންކުރައްވައިފިއެވެ. ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިޔާނާއާ މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވާފައެވެ. ދިޔާނާ ސަޢީދަކީ ތަޢުލީމީ ގޮތުން މަތީ ފާސްތަކެއް ހާސިލްކުރައްވާފައި...
އަލީ އާދިލް
ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށާއި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާ...
އަޙްމަދު ވަހީދު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ. ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ތާރީހު ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ތާރީހާ މެދު ގައުމީ މަޖިލީހުގައި ބަހުސް ކުރިއިރު ބައެއް މެންބަރުން ވަނީ ހިޔާލު ތަފާތުވުން ފާޅުކުރައްވާފަ އެވެ. ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ގައުމީ މަޖިލީހުގެ […]
އަލީ އާދިލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމަށް، މއ.އެރަލްސީ، އަޙްމަދު މަމްދޫހް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަމްދޫހަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ....
ޔުމްނާ ޢަލީ