ދުނިޔޭގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅީގައި އަތުރާފައިވާ ކަނޑުގެ މައިންތައް ނައްތާލައި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވިލާތުގެ ގައުމުތަކަށް އެ ފުރުސަތު ދިނުމަށް އީރާނުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ މީގެ ކުރިން މިފަދަ ކަންކަމުގައި އީރާނުން ގެންގުޅުނު ހަރުކަށި ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ. ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިއްރު ޑިޕްލޮމެޓިކް މަޝްވަރާތަކެއްގައި އީރާނުގެ އޮފިޝަލުން ވަނީ ވިލާތުގެ...
ނާޒިމާ އަލީ
މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އިސްލާމީ މަރުކަޒު އަޅަން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ، އެ ރަށު އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހޯރަފުށީގައި އިސްލާމީ މަރުކަޒެއް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް [...
އަލީ އާދިލް
ވޯލްޑް ކަޕްގައި ކޭޕް ވާޑަށް ތާރީޚީ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު ބުބިސްޓާ، މޮރޮކޯގެ ކްލަބެއް ކަމަށްވާ އާރްއެސް ބާކޭންއާ މިދިޔަ އަންގާރަ ދުވަހު ގުޅިއްޖެއެވެ. އާރްއެސް ބާކޭންއިން ހާމަކުރި ގޮތުގައި، އާންމު ނަމުން ނަމަ ބުބިސްޓާ ގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެޑްރޯ ބްރީޓޯ އެ ކްލަބާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ މި މަގާމާ ހަވާލުވީ، ޓިއުނީޝިއާގެ ގައުމީ ޓީމާ ހަވާލުވުމަށް އެ ކްލަބް ދޫކޮށްދިޔަ މޮއިން ޝައުބާނީގެ ބަދަލުގައެވެ. ކޭޕް ވާޑްގެ […]
އަޙްމަދު ވަހީދު
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރުން ހޮވުމަށް ބާއްވަން ނިންމާފައިވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. އައު ދައުރުގެ ރަށު ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރަކު އިންތިޚާބު ކުރުމަށް ކުރިން ތާވަލުކޮށްފައި އޮތީ ކުރިއަށް އޮތް ހޮނިހިރު ދުވަހަށެވެ. ނަމަވެސް، އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތ...
ޔުމްނާ ޢަލީ
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ކަށުނަމާދާއި ޖަނާޒާ އަންގާރަ ދުވަހު ބާއްވައިފިއެވެ. މި ޖަނާޒާ ބާއްވާފައިވަނީ ގައްޒާ ސިޓީގެ ސަބްރާ އަވަށުގައެވެ. ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ދިދަ އޮޅާފައިވާ މި ހަށިތައް ބާއްވާފައިވަނީ އެމީހުން ޝަހީދުވި އިމާރާތްތަކުގެ ކައިރީގައެވެ. މި ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، މިއީ ފަލަސްތީނުގެ ތާރީޚުގައިވެސް އެއްފަހަރާ އެނ...
ނާޒިމާ އަލީ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ މޮޓޫ ޓާކީ އާއި، ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ޕްރޮފެސަރ އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ޖައިކާ ޝޯޓް-ޓާމް އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ ޕްރޮފެސަރ ތޯޝީރޯ ނިޝިޒާވާ ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އެ ސިޓީގެ ކައުންސިލާއެކު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސ...
ޝިއުނާ އާދަމް
މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތައްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމް މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި ރައްޔިތުންނަށް 1,368,844.56 ރުފިޔާގެ ބޮޑު މާލީ ގެއްލުމެއް ލިބިފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ހުށަހެޅުނު މައްސަލަތަކުގެ 43.33 އިންސައްތަ ނުވަތަ 78 މައްސަލައ...
ޔުމްނާ ޢަލީ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޤާނޫނީ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާމެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށް އެ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ. ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި އަދި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައިފާސްކުރުމަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން އެ ސަރވިސްއާ މަތިކު...
ޔުމްނާ ޢަލީ
ށ. ނަރުދޫގައި ޚާއްޞަ ދީނީ ޕްރޮގްރާމެއް މި އޯގަސްޓް މަހުގެ 6 އަދި 7 ގައި ކުރިއަށް ގެންދިޔުމަށް ތައްޔާރުވާން ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އިސް ދައުރެއް އަދާކުރާ .ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނީ މިއީ “މަންފާ ދަތުރު” ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ “މަންފާ ދަތުރު” ގެ ނަމުގައި .ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަމްޒު ސްޕޯޓްސް […]
ޔުމްނާ ޢަލީ
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ މާލީ ހިސާބުތަކާއި އޮޑިޓް ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 30,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު ރެގިއުލޭޓްކުރާ އިދާރާ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޓީސީސީ ޖޫރިމަނާކުރަން ނިންމީ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ގަވާއިދާ އެ ކުންފުނިން ހިލާފުވުމާ ގުޅިގެން ކ...
ޔުމްނާ ޢަލީ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ މޮޓޫ ޓާކީ އާއި، ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ޕްރޮފެސަރ އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ޖައިކާ ޝޯޓް-ޓާމް އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ ޕްރޮފެސަރ ތޯޝީރޯ ނިޝިޒާވާ ކުޅުދުއްފުށި ސިޓީއަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބޭފުޅުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބް...
ޔުމްނާ ޢަލީ
މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ކޭބަލް ރޯލެއް ހއ. އަތޮޅަށް ގެންދިއުމުގެ ފްރައިޓް ޗާޖަށް އެކަނި 2 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ރެކްރޫޓްކުރުމާއި، ޕްރޮމޯޝަން ދިނުމުގެ އިތުރުން މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ އ...
އަލީ އާދިލް
ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ “ޖަވާޙިރުލް ޤުރުއާން މުބާރާތް 1448” އިންތިޒާމުކުރުމަށް އެ ރަށުގެ “ޑްރާފް އެންޑް ކްރާފްޓް” އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާލީ އިބްރާޙިމް އެވެ. އަދި ޑްރާފް އެންޑް ކްރާފްޓްގެ ފަރާތުން ސޮއިކުރެއްވީ ޝިފާން ޙަސަން އެވެ. ހަނިމާދޫ ކައުންސިލުން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން މުބާރާތް ކުރިއ...
އައިޝަތު ޢާދަމް
މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރައްވާ އިހުތިރާމް ފާޅުކުރުމުގެ ގޮތުން، އެ ގައުމުގެ ވެސްޓަން ސަހާރާ ހުރަސްކޮށް ހަދާ އެއް ބިލިއަން ޑޮލަރުގެ ހައިވޭއަށް ޓްރަމްޕްގެ ނަން ދިނުމަށް ނިންމަވައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ނިންމެވުމަކީ ޓްރަމްޕްގެ ވެރިކަމުގައި މޮރޮކޯއާ މެދު ބެހެއްޓެވި ގާތް ގުޅުމުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ރަސްގެފާނު ވަނީ ވިދާޅުވެފައެވެ. މޮރޮކޯގެ ދައުލަތުގެ މީޑިއާ އެޖެންސީ (އެމްއޭޕީ) އިން ރިޕޯޓްކޮށްފަ...
ނާޒިމާ އަލީ
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ގައުމުތަކުން ދެކޮޅު ހަދަމުންދާތީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް ބޮޑަށް ރުޅިގަދަވެ ވާހަކަދައްކައިފިއެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް އެހެން ގައުމުތަކުގައި ވަޒަންވެރި ކުރުމަކީ އިސްރާއީލުގެ ޕްލޭނެވެ. ނަމަވެސް އެކަން އަދި މިހާތަނަށް ކާމިޔާބުވާގޮތެއް ނުވެއެވެ. އިސްރާއީލުގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަމުން ނަތަންޔ...
ނާޒިމާ އަލީ
ށ. ނޫމަރާގެ ބަންޑާރަ ބިންތަކުގައި ކައުންސިލްގެ ހުއްދައެއް ނެތި ރުއްގަސް އިންދަމުންދާ ދިއުން ހުއްޓުވުމަށާއި، މިގޮތަށް އިންދާ ރުއްގަހަށް އެއްވެސް ބަދަލެއް ނުދޭނެކަމަށް އެރަށު ކައުންސިލުން އަންގައިފިއެވެ. ނޫމަރާ ކައުންސިލުން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބަންޑާރަ އެއްވެސް ބިމެއްގައި ރުކެއް ނުވަތަ ގަހެއް އިންދަންވާނީ ކައުންސިލަށް އެންގުމަށްފަހު، ކައުންސިލުން ދައްކާ ސަރަޙައްދުތަކެއްގައި ކަމަށެވެ. އަދި މިގޮތަށް އިންދާ ރުއް ނުވަތަ ގަސް ކައުންސިލްގައި ދަފްތަރުކޮށް، އެކަން ކަށަވަރުކުރުމަކީ އ...
އިބްރާހިމް އަސްވާޤް
މިފަހަރުގެ ވޯލްޑް ކަޕްގައި ކޭޕް ވާޑްގެ ގައުމީ ޓީމާއެކު ތާރީޚީ ކާމިޔާބީތަކެއް ހޯދި އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ، ޗިލީގެ ކޮލޯ ކޮލޯއާ ގުޅުމަށް އާދީއްތަ ދުވަހު އެގައުމަށް ގޮސްފިއެވެ. އޭނާ ޗިލީއަށް މިދިޔައީ އޭނާގެ ޓްރާންސްފާއާ މެދު ސުވާލު އުފެދުނު އެތައް ދަތިތަކަކަށް ފަހުގައެވެ. ސެންޓިއާގޯގެ އެއާޕޯޓަށް އޭނާ އައުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދުންމާރި އާއި ދިދަތަކާއެކު އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޗިލީގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ކޮލޯ […]
އަޙްމަދު ވަހީދު
ހދ. ނާގޯށި ހިމެނޭހެން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ރަށެއްގެ ހެޑްލީސް ޙައްޤެއް ނުވަތަ ހަރުމުދަލެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީޑީސީން މިކަން ހާމަކުރީ އެ ކުންފުނީގެ ބައެއް ރަށްތައް ވިއްކާލަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެމްޓީޑީސީން ބުނީ ހދ. ނާގޯށި، ގދ. މަގުއްދުވާ، އަދި ބ. ކިހަވައްހުރަވަޅި އަކީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓް ތ...
ޔުމްނާ ޢަލީ