ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމަށް، މއ.އެރަލްސީ، އަޙްމަދު މަމްދޫހް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަމްދޫހަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ....
ޔުމްނާ ޢަލީ
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ރައްޔިތުންނަށް ގެއްލުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ފައިސާ އަނބުރާ ހޯދައިދެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނި ގޮތުގައި، 2026 ޖުލައި 26 އިން އޯގަސްޓް 1 ގެ ނިޔަލަށް ހިނގި ހަފުތާގައި ސްކޭމްގެ 42 މައްސަލައެއް އެ މުއައްސަސާ އަށް ވަނީ ރިޕޯޓުކޮށްފައެވެ. މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގައި ޖުމްލަ 334,549.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާއިރު، ފުލުހުންގެ އަވަސް މަ...
ޔުމްނާ ޢަލީ
ސްޓްރަސްބާގަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު ވެލެންޓިން ބާކޯ، ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ސޮއިކޮށްފިއެވެ. އުމުރުން 21 އަހަރުގެ ބާކޯ ވެގެން ގޮސްފައިވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ޗެލްސީއާ ގުޅުނު ހަވަނަ ކުޅުންތެރިޔާއަށެވެ. މި ސީޒަނުގައި ޗެލްސީން ވަނީ ބާކޯގެ އިތުރުން މޯގަން ރޮޖާސް، ޑެނީ ވެލްބެކް، އެމަނުއަލް އެމެގާ، މެކްސެންސް ލަކްރޮއާ އަދި މާކޯ ޕަލެސްޓްރާ ގެނެސްފައެވެ. ޗެލްސީން ބާކޯ ހޯދުމަށް ހޭދަކުރި ފީ ހާމަކޮށްފައި ނުވި ނަމަވެސް، އޭނާ […]
އަޙްމަދު ވަހީދު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖަޕާނުގެ ފައިނޭންސް މިނިސްޓަރު، ދެ ގައުމުން ގުޅިގެން މާކެޓަށް ނުފޫޒު ފޯރުވިކަން ކަށަވަރުކޮށްދެއްވުމާ ގުޅިގެން، ޖަޕަނީޒް ޔެންއާ އަޅާބަލާއިރު އެމެރިކާ ޑޮލަރުގެ އަގު ހޯމަ ދުވަހު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ. ނިމިދިޔަ ހަފްތާގެ ފަހުކޮޅާ ހަމައަށް ޑޮލަރެއްގެ އަގު ހުރީ 163 ޔެންއަށްވުރެ މަތީގައެވެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޑޮލަރުގެ އަގު ޔެންއާ އަޅާބަލާއިރު އުފުލުނު އެންމެ މަތީ މިންވަރެވެ. ނަމަވެސް، ރެގިއުލޭޓަރުން މާކެޓުގެ ތެރެއަށް ވަދެފައިވާ […]
ނާޒިމާ އަލީ
އީރާނަށް ދޭން އުޅުނު ވަރުގަދަ ހަމަލާތަކެއް މަޑުޖައްސާލުމަށްފަހު، އެ ގައުމާއެެކު ހިނގަމުންދާ ހަ މަސްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އާ މަޝްވަރާތަކެއް ހޯމަ ދުވަހު ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އާދިއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ހޯރްމުޒް ކަނޑުއޮޅީގެ މައްސަލައަށާއި އީރާން ނިއުކްލިއާ ހަތިޔާރުން ސަލާމަތްކުރުމުގެ މައްޗަށް ކަމަށެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނަށް ދޭނ...
ނާޒިމާ އަލީ
މިސްރުގެ އުތުރު އިރުމަތީ ސަރަހައްދުތަކަށް ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރިކްޓަރ މިންގަނޑުން 5.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މިސްރުގެ ލޯކަލް ގަޑިން ފަތިހު 3:00 ހާއިރު އައި މި ބިންހެލުމުގެ އަސަރު ގާހިރާ ހިމެނޭހެން ގިނަ ސަރަހައްދުތަކަކަށް ވަނީ ކޮށްފައެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ސުއޭޒްގެ އުތުރުން ގާތްގަނޑަކަށް 41 ކިލޯމީޓަރު ދުރަށެވެ. މިއީ އިސްމާއިލިއާ ޕްރޮވިންސް ކައިރި ސަރަހައްދެކެވެ. ބިންހެލުން އައިސްފަ...
ނާޒިމާ އަލީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަކީ އެ އިދާރާ ހިންގުމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ ވޯލްޑް ކަޕްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާއިން ރޭވި ރޭވުމާ ގުޅިގެން އުފެދިފައިވާ ހިތްހަމަނުޖެހުންތަކުގެ ތެރެއިންނެވެ. “ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް އޭނާއަކީ އެންމެ ރަނގަޅު މީހާ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން” ބޮޑުވަ...
އަޙްމަދު ވަހީދު
ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ ޚިޠާބުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވުމާއި، ޤައުމުގެ ކަންކަމުގައި ބަސް ބުނުމުގެ މިނިވަންކަން ޒުވާނުންނަށް އޮންނަން...
ޝިއުނާ އާދަމް
އިނގިރޭސިވިލާތާއި، ޔޫކްރެއިން އަދި ބަލްގޭރިއާއިން އީރާނާ ދެކޮޅަށް ކުރެވޭ އެއްވެސް ހަނގުރާމައެއްގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަން އެ ގައުމުތަކުން ދީފައިވާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ވިލާތުގެ އެކި ގައުމުތަކާއެކު ކުރެވުނު ޑިޕްލޮމެޓިކް މަޝްވަރާތަކުގައި އެ ގައުމުތަކުން އީރާނާ ދެކޮޅަށް ކުރެވޭ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިނުވާނެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އީރާނުގެ ފޮރިން މިނިސްޓަރު އަރަގްޗީ އާއި އިނގިރޭސި ފޮރިން ސެކްރެޓަރީ އެޑް...
ނާޒިމާ އަލީ
ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ހޮވާލެވޭ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތައް ތަރައްޤީކުރުމަށް މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ، މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެއްކަމަށެވެ. މ...
ޔުމްނާ ޢަލީ
ހުޅުމާލެއަކީ އާއިލާތަކަށް އިތުރަށް ހިތްފަސޭހަ އަދި ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޑްވޮކޭޓިންގ ފޯ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން ހުޅުމާލޭގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ތިމާވެށީގެ ރައްކާތެރިކަމާއި، މޫސުމީ...
އިބްރާހިމް އަސްވާޤް
އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައި މެޗުގައި، ކޮލަމްބަސް ކްރޫ އާއި އިންޓަ މިއާމީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ކޮލަމްބަސް ކްރޫއިން ވަނީ މިއާމީގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ. މި ނަތީޖާއާއެކު އިންޓަ މިއާމީން ޖެހިޖެހިގެން ހަ މެޗުން މޮޅުވަމުން އައި އައުމަށް ހުއްޓުމެއް އައި ނަމަވެސް، އެ ޓީމު ވަނީ ބަލިނުވެ ހަތް މެޗު ފުރިހަމަކޮށްފައެވެ. މެޗުގެ […]
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރުމަށްޓަކައި ހަތް ފަރާތަކަށް މަގުކޮނުމުގެ ލައިސަންސް ދޫކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރެވޭނީ ހަމައެކަނި މި ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ލައިސަންސް ދޫކުރުމާއެކު، މަގު ކޮނެ، މަގުގައި ތަކެތި ވަޅުލުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މަގުގައި ތަކެތި ވަޅުލައިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ކަމ...
ޝިއުނާ އާދަމް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން “ސްޕެޝަލް ކޮންސްޓެބިއުލަރީ” ހިދުމަތް އެ ހޮސްޕިޓަލުގައި ފެށުމަށް މަޝްވަރާކޮށްފިއެވެ. މި ހިދުމަތް ފެށުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ކޭއާރުއެޗްގެ ސީއީއޯ ނާޒިމާ އަލީ އާއި އެ ހޮސްޕިޓަލުގެ އިސް މެނޭޖްމަންޓް ޓީމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ވަނީ ބައިވެފައެވެ. ކޭއާރުއެޗުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ހޮސްޕިޓަލުން ފަރުވާ ހޯދާ ބ...
ޔުމްނާ ޢަލީ
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމުތަކަށް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ގޮތަށް ހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ. މި ބޭފުޅުން ވާދަކުރައްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ގައުމީ ކޮންގްރެސްގަ އެވެ. ޕީއެންސީގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމ...
ޔުމްނާ ޢަލީ
ސަރުކާރުގެ އެންމެ ބޮޑު އެއް ޢަޒުމަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ އަދި އަޚްލާޤު ރަނގަޅު ޞިއްޙަތު ހެޔޮ ކުދިންތަކެއް ބިނާކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމާއި ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ފައްޓަވާފައިވާ ދިވެހި ވަތަނީ ޚިދުމަތުގެ މަޤްޞަދަކީ މަސައްކަތްކުރާހިތްވާ، ޤައުމަށް ޚިދުމަތްކުރާހިތްވާ ހަށިހެޔޮ ޖީލެއް...
ޔުމްނާ ޢަލީ
އީރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލް ހަމަލާތަކުން އިޒްރޭލު ދިފާއުކުރުމަށް ބޭނުންވާ މިންވަރަށް އެމެރިކާގެ ކަނޑުގެ އަސްކަރީ މަނަވަރުތައް ނެތް ކަމުގެ އިންޒާރު، ޔޫރަޕްގައި ތިބޭ އެމެރިކާގެ ސިފައިންގެ އެންމެ މަތީ ކޮމާންޑަރު ޕެންޓަގަންއަށް ދީފައިވާކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫއެސް ޔޫރަޕިއަން ކޮމާންޑް (އީޔޫކޮމް) ގެ ވެރިޔާ އަދި ނޭޓޯގެ ސުޕްރީމް އެލައިޑް ކޮމާންޑަރު ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވަނީ އިޒްރޭލު ދިފާއުކުރުމަށް ބޭނުންވާ މިންވަރ...
ނާޒިމާ އަލީ
ށ. ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީ ފުޓްސަލް ބޯޅަ ހަދިޔާކޮށްފިއެވެ. ނަރުދޫ ކައުންސިލްގެ ފަރާތުން މި ބޯޅަތައް ރަމްޒު ސްޕޯޓްސް އެކަޑަމީއާ ހަވާލުކޮށްދެއްވާފައި ވަނީ ކައުންސިލްގެ ނައިބު ރައީސް އަހްމަދު މާހިރެވެ. ނަރުދޫ ކައުންސިލުން ބުނިގޮތުގައި މިއީ ރަމްޒު ސްޕޯޓްސް އެކަޑަމީން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައާއި އަދި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގައި ބޭނުންކުރުމަށް ދެވުނު އެހީތެރިކަމެކެވެ. މި އެހީތެރިކަމާއި ގުޅިގެން ރަމްޒު ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއް...
ޔުމްނާ ޢަލީ