އިހަވަންދިއްޕޮޅު ‘ރަސްތަރި’ ގުރްއާން މުބާރާތުގެ އުލިގަމު އޮޑިޝަންގައި ބައިވެރިވާން ހުޅުވާލައިފި އެވެ. މި މުބާރާތަކީ އިހަވަންދިއްޕޮޅުގެ ފަސް ރަށަށް ހުޅުވާލައިގެން އިހަވަންދޫ ކައުންސިލުން ބާއްވަން ނިންމާފައިވާ މުބާރާތެކެވެ. ތިލަދުންމަތި އުތުރުބުރި އުލިގަމު ކައުންސިލު އިދާރާ އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 17 އިން 20 ގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަ...
މުޙައްމަދު އަފްރާޙް
ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” އަންހެން ކެޓަގަރީގެ ފައިނަލުގެ ފަހު ޖާގަ ޓާފް ކުއީން ހޯދައިފިއެވެ. އަންހެން ކެޓަގަރީގެ ލީގު ބުރުގެ ފަހު މެޗުގައި ރޭ ޒީރު ސްޓާރސްއާއި ޓާފް ކުއީން ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން މޮޅުވެގެން ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުޞަތު ޒީރު ސްޓާރސްއަށް އޮތް ނަމަވެސް މެޗު އެއްވަރުވުމުން ފައިނަލުގެ […]
އިބްރާހިމް ޚަލީލް
ބޮޑު ތިލަދުންމަތީގެ ދެ ރަށަކާއެކު 7 ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި އެވެ. އެގޮތުން ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ރަށްތަކަކީި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ އާއި ކ. ތުލުސްދޫ އެވެ. އަދި އދ. މާމިގިލި، ވ. ފެލިދޫ އާއި ތ. ވިލުފުށީގައި ވެސް ހޮސްޕިޓަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާން ކުރައްވާފަ އެވެ. ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މި […]
މުޙައްމަދު އަފްރާޙް
ޖަރުމަނު ލީގުގައި ބަޔާން މިޔުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކުރިއިރު، އެ ޓީމަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭއަށް އަނިޔާ ވެއްޖެއެވެ. ރޭ ބަޔާންގެ އަމިއްލަ ދަނޑުގައު ކުޅުނު މެޗު އެ ޓީމުން ވާޑާ ބްރެމެންގެ މައްޗަށް ކުރި ހޯދާފައި ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ލީގުގެ ބަޔާން ދައްކަމުން އަންނަ މޮޅު ކުޅުން އެ ޓީމުން ރޭގައި ވެސް ވަނީ ތަކުރާރު ކޮށްފައެވެ. ރޭގެ […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ތަމްސީލް ކުރައްވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު މެންބަރުކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތޯލިބު އެވެ. ތޯލިބުގެ މި މައްސަލާގައި ފާހަގަ ކުރަށްވާފައި ވަނީ، ކޮޕް-27 ސަމިޓުގައި ރައީސް ނަޝީދު އަވަށްޓެ...
ޔުމްނާ ޢަލީ
ހދ. މަކުނުދޫ، އަހުމަދު ޝަވަން މުހައްމަދަކީ އެރަށު ސްކޫލުގެ ގްރޭޑް 1 ގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. އުފެދުމުގައި ވެސް އެއްފައި ނެތް، މި ކުޑަކުޑަ ޝަވަން އަންނަނީ ދިރިއުޅުމުގެ މައިދާނުގައި އަޒުމް ވަރުގަދަ، ކެރޭ އަދި މުޖުތަމައަށް އޭނާގެ ފަރާތުން ވެސް މަންފާއެއް ލިބޭނެކަން އަމަލާއި ބަހުން ދައްކަމުން ނެވެ. އޭނާ އެ އަންނަނީ ކުޅިވަރުކުޅޭ ކުދިންނާއި މީހުންނަށް ނަމޫނާ ދައްކަމުން ނެވެ. ސްކޫލާއި ގޭތެރޭގަ އެވެ. އަދި ކުޅިވަރުގެ މައިދާނުގައި ވެސް މެއެވެ. […]
މުޙައްމަދު އަފްރާޙް
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހދ. ކުޅުދުއްފުށި ސިޓީގައި މިހާރުކުރިއަށްދާ ނޯތް ޒޯން އިންޓަރ ސްކޫލް ނެޓްބޯލް މުބާރާތުގައި ރެ ކުޅުނު މެޗުތައް ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުން ކާމިޔާބުކޮށްފި އެވެ. ރޭ ކުޅެފައިވަނީ 17 އަހަރުން ދަށުގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރި މެޗު 10 ޝޫޓު 7 ޝޫޓުން ކާމިޔާބުކުރީ ޖަލާލުއްދީން ސްކޫލެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ […]
މުޙައްމަދު އަފްރާޙް
އަންނަ އަހަރަށް ދައުލަތުން ލަފާކުރައްވާފައިވާ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ކޯވިޑާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއިއެކު ދިމާވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެވި ގޮތެއްގައި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ބަޖެޓްގެ ތަސައްވުރާއި ގުޅޭގޮތުން މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ނެވެ. އަމީރު ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި މިގޮންޖެހުންތަކާއިއެކު...
މުޙައްމަދު އަފްރާޙް
ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ލަޔަންއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ. އިއްޔެ ގްރޫޕް އޭގައި ލަޔަންއާއި ލާޒިއޯ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ލަޔަންއެވެ. މި މެޗުގައި ލަޔަންއަށް ލަނޑުތައް ޖަހައި ދީފައި ވަނީ މުޙައްމަދު އާދަމްގެ އިތުރުން އިބްރާހީމް އާދަމެވެ. […]
އިބްރާހިމް ޚަލީލް
އިޓާލިއަން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނާއި ކްރެމޮނީޒޭއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، އެއްވަނާގައި އޮތް ނަޕޯލީން އެމްޕޯލީ ބަލިކޮށް ލީޑު ފުޅާކޮށްފިއެވެ. ރޭ ނަޕޯލީގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 ގެ ނަތީޖާއިން އެމްޕޯލީ ބަލިކޮށްފައެވެ. މިއީ މި ސީޒަންގައި އާދަޔާ ޚިލާފް ރަނގަޅު ފޯމެއްގައި އޮތް ނަޕޯލީން އިޓާލިއަން ލީގުގައި ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅެވެ. ރޭގެ މެޗުގައި ވެސް ނަޕޯލީން ވަނީ އެ ޓީމު މި […]
އިބްރާހިމް ޚަލީލް
ށ. މާއުނގޫދޫގައި ރޭ ހިނގި މާރާމާރީއާއި ގުޅިގެން ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ދެންނެވުމުން ފުލުހުންގެ ޚިދުމަތުން ”ތިލަދުން” އަށް ވިދާޅުވީ، މާއުނގޫދޫގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީފައިވާ ކަމަށް ރޭ 12:40 ގައި އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާވި 31 އަހަރުގެ މީހާއަށާއި، 25 އަހަރުގެ މީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށާއި، އަދި 31 އަހަރުގެ މީހާއަށް […]
ތިލަދުން
މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީއާއި އެޗްޑީސީއާއި ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރު އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ. މި އެމްއޯޔޫގެ މައިގަޑު މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމެވެ. މިއީ އެޗްޑީސީއިން ހާއްސަ އެހީ...
އަޙްމަދު ވަހީދު
ލަލީގާގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއިން އޮސަސޫނާ ގެ މައްޗަށް ބާސާއިން ކުރި ހޯދައިފިއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނުމެޗުން ފުރަތަމަ ލަނޑުޖަހައި ލީޑް ނެގީ އޮސަސޫނާއިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 6 ވަނަ މިނެޓުގައި ރުބެން ގާސިއާގެ އެހީތެރިކަމާއެކު ޑޭވިޑް ގާސިއާ އެވެ. އޮސަސޫނާއިން ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް ބާސާއަށް އިތުރު ހާސްކަމަކާ ކުރިމަތިލާންޖެހުނީ ބާސާގެ އިތުބާރު ފޯވާޑް ލެވަންޑޮސްކީއަށް މެޗުގެ 31 ވަނަ މިމެޓުގައި ދެވަނަ ރީދޫކާޑަކާއެކު […]
އަލީ ރިޔާޟް
ށ. މާއުނގޫދޫގައި މާރާމާރީއެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. މާއުނގޫދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ”ތިލަދުން” އަށް ވިދާޅުވީ، ތިން މީހަކަށް އަނިޔާ ވެގެން ރޭ އެ ސިއްހީ މަރުކަޒަށް ގެނައުމުން ފަރުވާ ދީފައިވާ ކަމަށެވެ. އެމީހުންނަށް އަނިޔާވެގެން ސިއްހީ މަރުކަޒަށް ގެނައީ ރޭ 12:30 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ. އެތަނުން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު، އަނިޔާވި އެކަކަށް ވަނީ އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލައިފައެވެ. އެމީހާ ފޮނުވާލީ ރޭ […]
ތިލަދުން
ޗާގޯސް މައްސަލައިގާ އިންޑިއާ ސަރުކާރުން، ދިވެހި ސަރުކާރާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހާރިޖީ ވަޒީރާއި ބަންޑާރަ ނައިބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ތިލަދުން” ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ޝާހިދު ވިދާޅުވީ އެފަދަ މަޝްވަރާއެއް އިންޑިއާ ސަރުކާރާ ކުރަން ވެސް ނުޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ ސިޔާދަތީ މައްސަލައެއް ކަމަށާއި މިކަންކަން ކުރިއަށް ގެންދަނީ މިނިވަން ގައުމެއްގެ […]
މުޙައްމަދު އަފްރާޙް
ހުޅުމާލޭގެ 1000 (ވެށިފަހިމާލެ) ފުލެޓު މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވިފައިވާ ފުލެޓުތަކުގައި ކުލަ ލުމުގެ މަސައްކަތް އެޗްޑީސީ އިން ފަަށައިފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަސައްކަތް ކުރަމުން އަންނަނީ ފްލެޓް ނަންބަރު 83 އިން 112 އަށް އެއްމެދު އިމާރާތްތަކުގެއެވެ. އެގޮތުން، ބޭރުފާރުގެ ކުލަ އައުކުރުމެގެ މަސައްކަތް މިދިޔަ މަހުގެ 23 ގައި ވަނީ ފަށައިފައެވެ. މި މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރުފާރާއި، ފުލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި ކުލަލެވޭނެއެވެ. އަދި ފުލެޓުގެ ރެނދު ބެއްދުމުގެ […]
އަޙްމަދު ވަހީދު
އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތައް ފުނަދޫ ސްކޫލާއި ޖަލާލުއްދީން ސްކޫލުން ކާމިޔާބުކޮށްފި އެވެ. 13 އަހަރުން ދަށުގެ މި ދެ މެޗުގެ ތެރެއިން ފުނަދޫ ސްކޫލުން މެޗު ކާމިޔާބުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ބައްދަލުކޮށް 12 ޝޫޓު 3 ޝޫޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ފުނަދޫ ސްކޫލުގެ ގޯލް އެޓޭކަރ އަލައިކާ އަބްދުލް އަލީމް އެވެ. މިއަދުގެ ދެވަނަ […]
މުޙައްމަދު އަފްރާޙް
އުސޫލާ ހިލާފަށް ހދ. ހަނިމާދޫ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިން މައްސަލައެއްގައި ތިން މީހަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް (ޕީޖީ) ފޮނުވައިފި އެވެ. މިއީ ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް އެރަށު ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރި މައްސަލައެކެވެ. ޕީޖީ އޮފިހަށް ހުށަހަޅާފައިވަނީ ހަނިމާދޫ ކައުންސިލްގެ އިދާރާއިން 2016 ވަނަ އަހަރުގެ ކޮށްފައިވާ އިއުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާ...
މުޙައްމަދު އަފްރާޙް