މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1215 ވަނަ ޞަފްޙާ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ސެމީގައި ލަޔަންއާއި ބީޗް ސިޓީ އަދި އައްޓޯ އެފްސީއާއި ޒީރު

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ސެމީގައި ލަޔަންއާއި ބީޗް ސިޓީ އަދި އައްޓޯ އެފްސީއާއި ޒީރު

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި އައްޓޯ އެފްސީ ޖާގަ ހޯދައިފިއެވެ. އިއްޔެ ގްރޫޕް އޭގެ ފަހު މެޗުގައި ބައްދަލު ކޮށްފައި ވަނީ އައްޓޯ އެފްސީއާއި އަތިރިކޮޅު ލެޖެންޑްސްއެވެ. މި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އައްޓޯއެވެ. މި މެޗުގައި އައްޓޯއަށް ލަނޑުތައް ކާމިޔާބު […]

އިބްރާހިމް ޚަލީލް
2023 ވަނަ އަހަރުގެ ބަޖެޓަކީ ''ސުމެއްގެ'' ބަޖެޓެއް: ދުންޔާ

2023 ވަނަ އަހަރުގެ ބަޖެޓަކީ ''ސުމެއްގެ'' ބަޖެޓެއް: ދުންޔާ

2023 ވަނަ އަހަރަށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ”ސުމެއްގެ” ބަޖެޓެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އޯއައިސީގެ ނައިބު ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު، ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. ދުންޔާ ވިދާޅުވީ، ކުރިއަށް އޮތް 2023 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި 43 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުންގެ ލާރި އިސްރާފު ކުރުމަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ. ”ހަމަ ސުމެއްގެ ބަޖެޓެއް. ދިވެހިންގެ ކުރިމަގު، ދަރަނީގެ ދަނތުރައެއްގައި […]

އަލީ އާދިލް
ކަރަބޯ ކަޕް: ޕެނަލްޓީގައި ޑާބީ ކައުންޓީ ބަލިކޮށް ޗެމްޕިއަން ލިވަޕޫލް ހަތަރުވަނަ ބުރަށް

ކަރަބޯ ކަޕް: ޕެނަލްޓީގައި ޑާބީ ކައުންޓީ ބަލިކޮށް ޗެމްޕިއަން ލިވަޕޫލް ހަތަރުވަނަ ބުރަށް

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގެ ތިންވަނަ ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޑާބީ ކައުންޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނ ބުރުން ލިވަޕޫލް ޖާގަ ހޯދައިފިއެވެ. ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމުންކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން، މެޗުގެ ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ލިވަޕޫލުން މެޗު ކާމިޔާބު ކޮށްފައި ވަނީ ޕެނަލްޓީގައި 3-2 ގެ […]

އިބްރާހިމް ޚަލީލް
އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 10 އަކަށް، 31 މީހަކު ވަގުތީ ހިޔާތަކަށް

އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 10 އަކަށް، 31 މީހަކު ވަގުތީ ހިޔާތަކަށް

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން އެހާދިސާއާއި ގުޅިގެން މިހާތަނަށް 31 މީހަކު ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ވިދާޅުވެފައެވެ. އެއީ 13 ދިވެހީންނާއި 18 ބިދޭސީންނެވެ. ރޭ ދަންވަރު 12:27 ހާއިރު މި ހާދިސާ ހިނގާފައިވަނީ މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގަ އެވެ. މި […]

މުޙައްމަދު އަފްރާޙް
ކަރަބޯ ކަޕް: ތިންވަނަ ބުރުން ޗެލްސީއާއި އާސެނަލް ކަޓައިފި

ކަރަބޯ ކަޕް: ތިންވަނަ ބުރުން ޗެލްސީއާއި އާސެނަލް ކަޓައިފި

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގެ ތިންވަނަ ބުރުގައި އާސެނަލްއާއި ބްރައިޓަން ބައްދަލުކުރި މެޗުން އާސެނަލް ބަލިވެ މުބާރާތުން ކެޓިއިރު، ރޭ މެންޗެސްޓާ ސިޓީ އަތުން ބަލިވެ ޗެލްސީ ވެސް މުބާރާތުގެ ތިންވަނަ ބުރުން ވަނީ ކަޓާފައެވެ. ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ބްރައިޓަން އިން ވަނީ 3-1 ގެ ނަތީޖާއިން އާސެނަލް ބަލިކުރުމަށް ފަހު މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ އާސެނަލުންނެވެ. މި […]

އިބްރާހިމް ޚަލީލް
އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 9 އަށް އަރައިފި

އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 9 އަށް އަރައިފި

މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި ނިޔާވި މީހުންގެ ޢަދަދު 9 އަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ނިޔާވެފައިވާ އިތުރު މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ”ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ދާދި ދެންމެއަކު ވަނީ ފެނިފައި، މިހާރު ނިޔާވި މީހުންގެ އަދަދަކީ 9” އެމްއެންޑީއެފުން ވިދާޅުވިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ރޭގެ ހާދިސާގައި މިހާތަނަށް 9 މީހަކު ނިޔާވެފައިވާ ކަމަށް ވިދާޅުވެފައިއެވެ. ރޭގައި އަލިފާން ރޯވީ މާލޭ މާފަންނު، ނިރުފެހި […]

ޙުސައިން ޝަހުދީ
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ސާބިއާ

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ސާބިއާ

ސާބިއާ މިނިވަން ގައުމަކަށް ވުމުގެ ކުރިން، ފުޓްބޯޅައިގެ ތާރީހުގައި ގުޅިފައި އޮތީ ކުރީގެ ޔޫގޮސްލާވިއާ އަދި ސާބިއާ އެންޑް މޮންޓެނީގްރޯއާ އެވެ. ކުރީގެ ޔޫގޮސްލާވިއާ އިން ވަނީ ދެ ފަހަރު ވޯލްޑް ކަޕްގެ ހަތަރު ވަނަ މަގާމު ހޯދައިފަ އެވެ. އަދި ގިނަ އަހަރުތަކެއްގައި ވޯލްޑް ކަޕްގައި ވާދަކުރި އެވެ. ޔޫގޮސްލާވިއާގެ ފަހު ވޯލްޑް ކަޕަކީ 1998 ގެ މުބާރާތެވެ. ޔޫގޮސްލާވިއާ ރޫޅުމަށް ފަހު، އުފެދުނު ސާބިއާ އެންޑް މޮންޓެނީގްރޯ އިން 2006ގެ ވޯލްޑް ކަޕްގައި ވާދަކުރި […]

ތިލަދުން
އަލިފާނުގެ ހާދިސާ: 8 މީހަކު ނިޔާވެއްޖެ

އަލިފާނުގެ ހާދިސާ: 8 މީހަކު ނިޔާވެއްޖެ

މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި 8 މީހަކު ނިޔާވެއްޖެއެވެ. އެމްއެންޑީއެފް މީޑިއާއިން ފަތިހު 5:46 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ގަރާޖުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އެއަށްފަހު ސިފައިން ވަނީ އަލިފާނުގެ ހާދިސާ ހިނގި ތަނަށް ވަދެފައެވެ. ”އެ ގޭގައި ދިރިއުޅޭ މީހުންގެ ފަރާތުން އިނގިފައި ވަނީ 9 މީހުން މަދުކަމަށް، މިހާތަނަށް 9 މީހުން ފެނުނު އިރު 8 މީހުން ވަނީ ނިޔާވެފައި، އެކަކު […]

ޙުސައިން ޝަހުދީ
ހަންގޭރީން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ އަދަދު އިތުރުކޮށްފި

ހަންގޭރީން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ އަދަދު އިތުރުކޮށްފި

ހަންގޭރީން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ އަދަދު އިތުރުކޮށްފި އެވެ. އެގޮތުން އެ ގައުމުން ދިވެހިންނަށް ކޮންމެ އަހަރަކު ދޭ ސްކޯލާޝިޕްގެ އަދަދު މިހާރުވަނީ 25 އަށް އިތުރުކޮށްފަ އެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއާއި އިގްތިސޯދީ އަދި ކުޅިވަރުގެ ދާއިރާ އިން ހަންގޭރީ އާ އެކު ދިވެހި ސަރުކާރުން މިއަދުވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެގައުމުގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ...

މުޙައްމަދު އަފްރާޙް
މާލޭގެ ގަރާޖެއްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލައިފި

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލައިފި

މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ ރޯވި އަލިފާން އެއްކޮށް ނިއްވާލައިފިއެވެ. މާލޭ އިސްކަންދަރު މަގާއި، ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގެއެއްގައި ހުރި ގަރާޖެއްގައި އަލިފާން ރޯވީ ރޭ 12:27 ހާއިރުއެވެ. އެމްއެންޑީއެފް މީޑިއާއިން ފަތިހު 5:46 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ގަރާޖުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. މިހާދިސާގައި ބަޔަކު ނިޔާވެފައިވާ ކަމަށް ޚަބަރު ފެތުރިފައިވާއިރު، އެކަމާބެހޭ ތަފްސީލް އަދި ކަމާބެހޭ އިދާރާތަކުން ސާފުކޮށެއް ނުދެއްވައެވެ. ”މި...

ޙުސައިން ޝަހުދީ
މާލޭގެ ގަރާޖެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ގަރާޖެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ، މާލޭ އިސްކަންދަރު މަގާއި، ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް މިރޭ 12:27 ހާއިރު ލިބިފައިވާ ކަމަށެވެ. ”އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުން” މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފަ ވެއެވެ. މި ހާދިސާއާއި ގުޅިގެން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި އެމްއެ...

ޙުސައިން ޝަހުދީ
ޓްވީޓުކުރިތާ 24 ގަޑިއިރުތެރޭ އެޗްޑީސީން މައްސަލަ ހައްލު ކޮށްދީފި

ޓްވީޓުކުރިތާ 24 ގަޑިއިރުތެރޭ އެޗްޑީސީން މައްސަލަ ހައްލު ކޮށްދީފި

ނުކުޅެދުންތެރިކަން ހުންނާތީ ގޮނޑީގައި އިންނަ ކުއްޖަކަށް މަގު ހުރަސްކުރުމުގައި ދަތިވާތީ އެކަން ހައްލުކޮށްދިނުމަށް އެދި ޓްވީޓް ކުރިތާ 24 ގަޑިއިރުތެރޭ އެޗްޑީސީއިން އިޖާބަދީފިއެވެ. ހުޅުމާލެ ހިޔާޓަވަރު 11 ކައިރީ ދުއްވާ އެއްޗެހި ޕާކުކުރަން ޚާއްސަކޮށް ހަދާފައިހުރި ސަރަހައްދުގައި އަތުރާފައި ހުންނަ ގާތަށް ޑިޒައިން ކޮށްފައި ހުންނަގޮތުން އެތަނުން ފުރޮޅުލީ ގޮނޑީގައި ވަދެނިކުމެ ހަދަން އުނދަގޫ ވާތީ ބެލެނިވެރިޔާ އެކަން ފާހަގަކޮށް ޓްވީޓެއް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ޓްވީޓުކޮށްފައިވަނީ ގިނަ ބަޔަކު...

އަޙްމަދު ވަހީދު
މާނޭއަށް އަނިޔާވެ ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު!

މާނޭއަށް އަނިޔާވެ ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު!

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭއަށް އަނިޔާވެ މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ގެއްލުމުގެ ބިރާއި ކުރިމަތިލާން ޖެހިއްޖެއެވެ. މާނޭއަށް އަނިޔާވެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ބަޔާންއާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗުގައެވެ. ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެޗުގެ 15 ވަނަ މިނެޓުގައި ދަނޑުމަތީ ފަރުވާދިނުމަށް ފަހު އިތުރަށް އޭނާއަށް ކުޅުން ކުރިއަށް ނުގެންދެވުމުން މެޗުގެ […]

އިބްރާހިމް ޚަލީލް
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދޭން އާ ރޫޓެއް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދޭން އާ ރޫޓެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެމުން އަންނަ އާރްޓީއެލް ބަހުގެ ޚިދުމަތް ފުޅާކުރުމަށް އިތުރު ބަސް ރޫޓަކުން ދަތުރުތައް ފަށަން ތާވަލުކޮށްފި އެވެ. އެމްޓީސީސީން ބުނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާރް5 ގެ ނަމުގައި ތައާރަފު ކޮށްފައިވާ އާ ރޫޓުން ދަތުރުތައް ފަށާނެކަމަށެވެ. މިއީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓުތަކާ ގުޅުވައިދިނުމުގެ ބޭނުމުގައި […]

އަޙްމަދު ވަހީދު
އަންހެނުންނަށް ވަޒީފާ އަދާކުރުމުގެ ފަހި ފުރުސަތު ކަށަވަރުކުރުމަށް، ސްޓެލްކޯގައި ޑޭކެއާ ސެންޓަރެއް ހުޅުވައިފި

އަންހެނުންނަށް ވަޒީފާ އަދާކުރުމުގެ ފަހި ފުރުސަތު ކަށަވަރުކުރުމަށް، ސްޓެލްކޯގައި ޑޭކެއާ ސެންޓަރެއް ހުޅުވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި ޑޭ ކެއާ ސެންޓަރެއް ހުޅުވައިފިއެވެ. މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީއެވެ. މިއީ އަންހެނުންނަށް ބާރުވެރިކަން ހޯދައިދީ ވަޒީފާ އަދާކުރުމުގެ ފަހި ފުރުސަތު ކަށަވަރުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްނަގައިގެން އޮފީސް މާހައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތުގެ ތެރެއިން ހުޅުވި ފުރަތަމަ ޑޭ ކެއ...

އަޙްމަދު ވަހީދު
ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެ: މެޓް

ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެ: މެޓް

ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން  ފެށިގެން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ދ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ސަމާލު ނެރެފައި ވަނީ މިއަދު 18:45 އިން ފެށިގެން މިރޭ 23:45 އާއި ހަމައަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ވިދާޅުވި […]

އިބްރާހިމް އަސްވާޤް
ފެރިދޫ ކައުންސިލުގެ ހުރިހައި މެމްބަރުން އެމްޑީޕީ އަށް ސޮއިކޮށްފި

ފެރިދޫ ކައުންސިލުގެ ހުރިހައި މެމްބަރުން އެމްޑީޕީ އަށް ސޮއިކޮށްފި

އަރިއަތޮޅު އުތުރުބުރި ފެރިދޫ ކައުންސިލުގެ ހުރިހައި މެމްބަރުން ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފި އެވެ. ފެރިދޫ ކައުންސިލް މެންބަރުންގެ އިތުރުން ފެރިދޫގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ވެސް މިއަދު ވަނީ އެމްޑީޕީ އަށް ސޮއިކޮށްފައެވެ. މި ބޭފުޅުން އެމްޑީޕީއާ ގުޅުނީ ފަސް ދޮޅަހަށް ވުރެ ގިނަ މެންބަރުޝިޕް ފޯމާ އެކުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެރިދޫގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސް ވެސް...

މުޙައްމަދު އަފްރާޙް
މާއުނގޫދޫ މާރާމާރީ: ޒަޚަމްވެގެން ކޭއާރުއެޗަށް ގެންދިޔަ މީހާގެ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލައިފި

މާއުނގޫދޫ މާރާމާރީ: ޒަޚަމްވެގެން ކޭއާރުއެޗަށް ގެންދިޔަ މީހާގެ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލައިފި

ށ. މާއުނގޫދޫ މާރާމާރީގައި ވަޅީގެ ޒަހަމާއިއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ގެންދިޔަ ޒުވާނާގެ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލެވިއްޖެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗުން ވިދާޅުވީ، މާއުނގޫދުއިން މިއަދު ފަތިހު އެ ހޮސްޕިޓަލަށް ވަޅީގެ ޒަހަމާއިއެކު ގެންދިޔަ 31 އަހަރުގެ ޒުވާނާގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލާފައިވާ ކަމަށެވެ. ”މިއަދު 05:00 ގައި ހޮސްޕިޓަލުގެ އެމަރޖެންސީ ޑިޕާރޓްމެންޓަށް ށ. މާއުނގޫދޫއަށް ނިސްބަތްވާ ފިރިހެނެއް ގެނެވުނީ ވާތު އަރިކ...

ތިލަދުން