ރ. އުނގޫފާރު ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއޫގެ ދަށުން، 41,980 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 162 މީޓަރުގެ ބޭރުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 18.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ގަރައްގީ...
އަޙްމަދު ވަހީދު
ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެއެވެ. ޔޫރޮޕާ ލީގުގެ އަށް ގްރޫޕްގެ އެއްވަނަ ހޯދި ޓީމްތަކަށް މުބާރާތުގެ ދެވަނަ ބުރުން ޑައިރެކްޓް ޖާގަތައް ލިބިފައިވާއިރު، އަށް ގްރޫޕުން ދެވަނައަށް ދިޔަ ޓީމްތައް ޔޫރޮޕާ ލީގުގެ ޕްލޭއޮފްގައި، ވާދަކުރަން ޖެހޭނީ ޗެމްޕިއަންސް ލީގުގެ އަށް ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން ތިން ވަނައަށް ދިޔަ ޓީމްތަކުގެ ތެރެއިން ޓީމަކާއެވެ. މިގޮތުން މި ޓީމްތަކުގެ މެދުގައި މިއަދު ގުރުއަތުލާފައިވާއިރު ބާސާ ބައްދަލުކުރަން ޖެހިފަ...
އިބްރާހިމް ޚަލީލް
މި ސީޒަންގައި ސައުތެމްޓަންގެ ނަތީޖާތައް ދަށްވުމާއި ގުޅިގެން އެ ޓީމްގެ ކޯޗުގެ މަޤާމުގައި ހުރި ރަލްފް ހަސަންހުޓްލް އެ މަޤާމުން ވަކިކޮށްފިއެވެ. އޭނާ މަޤާމުން ވަކިކުރިކަން ހާމަކޮށް އެ ކުލަބުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މި ވަގުތަކީ އެ ޓީމްގެ މެނޭޖްމެންޓުން ޤަބޫލްކުރާ ގޮތުގައި ޓީމަށް ބަދަލު ގެންނަން އެކަށީގެންވާ ވަގުތު ކަމަށެވެ. އެ ކުލަބުން އިތުރަށް ބުނެފައި ވަނީ ހަސަންހުޓްލް ވަނީ ފާއިތުވި ދުވަސްތަކުގައި ކުލަބުގެ ކުރިއެރުމަށް މަސައްކަތް ކޮށްދީފައި ކަމަށާއި، އޭނާގެ […]
އިބްރާހިމް ޚަލީލް
މާލޭގެ އެކިއެކި ސަރަހައްދު ތަކުގައި އަމިއްލަ ޚަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން ވިދާޅުވެފައި ވަނީ މާލޭ ސިޓީ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން އެ ސިޓީގެ އެކިއެކި ސަރަޙައްދު ތަކުގައި، އަމިއްލަ ޙަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، ވުމާއިއެކު އެކަމަށް އެދި އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައް...
އިބްރާހިމް ޚަލީލް
ކ. ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފި އެވެ. މި ވެވުނު އެއްބަސްވުމުގެ ދަށުން، 27 މަސް ދުވަހުގެ ތެރޭގައި ޕޮލިޓެކްނިކް ތަރައްޤީކޮށް ހިންގަން ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި އެއްބަސްވުން އެކުލަވާލެވިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ. ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ހާއްސަކޮށްފައިވީނަމަވެސް ތަފާތު އެހެނިހެން ދާ...
މުޙައްމަދު އަފްރާޙް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ކުޅޭ ބުުރުގައި މިިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ މިދިޔަ އަހަރުގެ ފައިނަލުގައި މިދެޓީމު ބައްދަލުކުރި މެޗުން ރިއާލު މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. 2018 ވަނަ އަހަރުވެސް މޮ ދެޓީމު ވަނީ ފައިނަލުގައި ބައްދަލު ކޮށްފައެވެ. އެފަހަރުވެސް މުބާރާތް ކާމިޔާބު ކުރީ ރެއާލްއިންނެވެ. މީގެ އިތުރުން 2020/2021 ވަނަ އަހަރުގެ ސީޒަނުގެ ކުއާޓާ ފައިނަލުގައި ރެއާލުން ވަނީ ލިވަޕޫލް ކަޓުވާލައިފަ […]
އަލީ ރިޔާޟް
ފުރަތަމަ ފަހަރަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ނުފަޅާ ކުރާ ސާޖަރީ (ލެޕަރޮސްކޯޕިކް ސާރޖަރީ-ކީހޯލް އޮޕަރަޝަން) ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މިއަދު ކޭ.އާރު.އެޗްގެ އޮޕަރޭޝަން ތިއޭޓަރގައި ކުރެވުނު ލެޕަރޯސްކޯޕިކް ސާރޖަރީއަކީ އެ ހޮސްޕިޓަލްގައި އަދި ރާއްޖޭން އުތުރުގައި ވެސް ކުރެވެނު މި ފަދަ ފުރަތަމަ އޮޕަރޭޝަނެވެ. ކޭއާރްއެޗުން މައުލޫމާތު ދެއްވި ގޮތުގައި ލެޕަރޮސްކޯޕިކް ސާރޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިޔަރ ކޮންސަލްޓަންޓް އިން ޖެނަރަލް ސާރޖަރީ، ޑރ. އަބްދުﷲ އުބައިދު ލީޑް ކ...
މުޙައްމަދު އަފްރާޙް
އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ. މި މުބާރާތުގެ ފުރަތަމަ މެޗު ގައި މިއަދު ހަވީރު 15:45 ގައި ބައްދަލުކުރާނީ 13 އަހަރުން ދަށުގެ ށ. ފުނަދޫ ސްކޫލާއި ހދ. ނެއްލައިދޫ ސްކޫލެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލެވެ. މިއީވެސް 13 އަހަރުން ދަށުގެ މެޗެކެވެ. މީގެ އިތުރުން މިރޭ ވެސް ދެ މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ. 17 އަހަރުން […]
މުޙައްމަދު އަފްރާޙް
ހއ.މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި، ހއ.އުތީމު، ސީވިއު، އަލްއުސްތާޛު ޙަސަން ފަޔާޟް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރައްވަން ނިންމަވައިފިި އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިކަން އިޢުލާންކުރައްވާފައިވަނީ މިއަދު އެވެ. ޖޭއެސްސީން ވިދާޅުވީ، ޙަސަން ފަޔާޟް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރައްވަން ފައްޓަވާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން ޖޭއެސްސީން ވިދާޅުވީ، ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އ...
އިބްރާހިމް އަސްވާޤް
ދޫނިދޫ ޖަލަށް ވަގަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިއީ މިފަދަ މައްސަލައެއްގައި ފުލުހެއްގެ މައްޗަށް ޖަލު ހުކުމެއް އައި ފުރަތަމަ ފަހަރެވެ. މި މައްސަލާގައި ޖަލަށްލީ ޕޮލިސް ކޮންސްޓަބަލް ލ. ދަނބިދޫ ނާއިސް، އަނަސް އަލީގެ މައްޗަށެވެ. އަނަސްގެ މައްޗަށް އެ ހުކުމް އައީ 2020 ވަނަ އަހަރު ދޫނިދޫގައި އޭނާ އުޅެނިކޮށް، ޖަލަށް ފޯނު ވައްދަން އުޅޭކަމަށް މައުލޫމާތު ލިބިގެން އޭނާގެ ހަށިގަނޑު ފާސް […]
ހުސައިން ހަބީބް
އައިއެމް ޕޮސިބްލް ކެމްޕެއިން ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ. މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ ޕެރަލިމްޕިކް ވެލިއުސް އާއި ޕެރާ ސްޕޯޓްސް އާ ބެހޭ ގޮތުން ދަސްކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ފިޒިކަލް އެޑިއުކޭޝަނާއި ސްކޫލުގައި އެހެނިހެން ހަރަކާތްތަކުގައި ހިމަނަން ދަސްކޮށްދިނުމެވެ. އިއްޔެ ފެށި މި ޕްރޮގްރާމު މިރޭ ނިމޭއިރު، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުގައި ހއ އަދި ހދ އަތޮޅުގެ 12 ސްކޫލަކުން 29 […]
މުޙައްމަދު އަފްރާޙް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައިވާ، މުޙައްމަދު ފިރާޟް އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީން ދިރާސާ ކުރުމަށްފަހު، ކޮމެޓީން ވަނީ އޭނާ އަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެއަށްފަހު އޭނާ އަށް ރުހުން އޮތްތޯ ބަލަން މަޖިލީހުގެ ތަޅުމު...
ޔުމްނާ ޢަލީ
ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 92 ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދިޔަ “ފުޓްބޯޅަ ފޯރި” ކެމްޕޭނުގެ ދަށުން ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗެއް ބަލާލަން ގަތަރަށް ދާ މީހުންގެ ގުރުއަތު ނެގުން މިރޭ ބާއްވާނެއެވެ. މި ޕްރޮމޯޝަނުގެ ދަށުން ހަތަރު ކަސްޓަމަރުންނަށް އުރީދޫއިން ފުރުސަތު ދޭނެއެވެ. މި ޕްރޮމޯޝަނުގައި އުރީދޫގެ ކުރީގެ ކަސްޓަމަރުންނާއި އަލަށް ގުޅުނު ކަސްޓަމަރުންނަށް ވެސް ފުރުސަތު ހުޅުވާލިއެވެ. މި ފުރުސަތުގެ ދަށުން ގުރުއަތު ނެގުން އޮންނާނީ މިރޭ 11:00 ގައި ރާއްޖެޓީވީ މެދުވެރިކޮށެވެ. އުރީދޫ އިން ވަނީ މި […]
އަޙްމަދު ވަހީދު
ރާއްޖޭގެ ލެޖެންޑަރީ ފިލްމީ ތަރި މަރިޔަމް ނިޝާ، ވެރިކަންކުރާ މައިޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކޮށްފިއެވެ. އޭނާ އެ ޕާޓީއަށް ސޮއިކޮށްފައި މިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރިތާ މަދު ދުވަސްކޮޅެެއްގެ ތެރޭގަ އެވެ. އޭނާ ޖޭޕީއަށް ސޮއި ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ނިޝާ އެމްޑީޕީއަށް ސޮއިކުރިކަން ހާމަކުރީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާރސަން (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) އެވެ. ނިޝާ، […]
މުޙައްމަދު އަފްރާޙް
އަންނަ 2023 ވަނަ އަހަރަށް ސަރުކާރުން ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން މާދަމާ ފެށުމަށް ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޝެޑިއުލްގައިވާގޮތުން އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއެކު ބަޖެޓު ބަހުސް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ފަށައިގެން ރޭގަނޑު 10 ޖަހަންދެން ކުރިއަށް ގެންދާނެ ކަމަށާއި އެކަމަކު ބުރާސްފަތި ދުވަހު ރޭގަނޑު 10 ޖަހާއިރު ބަހުސް […]
މުޙައްމަދު އަފްރާޙް
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ދަޢުވަތު ދިނުމަކީ، ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ވަޒީފާއެވެ. އެންމެ މަތިވެރި، އެންމެ މާތް ވަޒީފާއެވެ. މާތް ﷲ ގެ ދީނަށް ދަޢުވަތު ދިނުމޭ ބުނުމުން، ބައެއް މީހުންގެ ހިތަށް އަރަނީ، އެއީ ހަމައެކަނި ޢިލްމުވެރީންގެ ޒިންމާއެއް ކަމުގައެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތެދެކެވެ. ޢިލްމުވެރީންނަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ވާރުތަވެރީންނެވެ. އެ ބޭކަލުން ވާރުތައިގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދުލެއް ނުކުރައްވައެވެ. ދޫކުރެއްވީ ޢިލްމެވެ. އެ ޢިލްމު ލިބިއްޖެ މީހަ...
ޝެއިޚް ޝަފީއު އަބްދުﷲ
ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި އިއްޔެ ކުޅުނު އަންހެން ކެޓަގަރީގެ މެޗުގައި ޓާފް ކުއީންއާއި ސީއެސް ވިމެންސް ބައްދަލުކުރި މެޗު އެއްވަރުވީއިރު، ފިރިހެން ކެޓަގަރީގައި ޒީރު ސްޕޯޓްސް ކުލަބާއި ލެންޓާން އެފްސީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޒީރު ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި އިރު، ލަޔަންއާއި އަތިރިކޮޅު ލެޖެންޑްސް ބައްދަލުކުރި މެޗު ލަޔަންއިން ކާމިޔާބު ކޮށްފިއެވެ. ޓާފް ކުއީންއާއި ސީއެސް ވިމެންސް ބައްދަލުކުރި މެޗު ނިމިފައި...
އިބްރާހިމް ޚަލީލް