މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1214 ވަނަ ޞަފްޙާ

ފަރެސްމާތޮޑާ އެއާޕޯޓު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފަރެސްމާތޮޑާ އެއާޕޯޓު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

Lގދ. ފަރެސްމާތޮޑާ އެއާޕޯޓް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫގެ ދަށުން ކޯޒްވޭ ހެދުމަށް ބޭނުންވާ ސްޕަން ޕައިލްތަށް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ . ސައިޓުގައި މިހާރު ކުރިއަށްދަނީ ބްރިޖް މަސައްކަތަށް ބޭނުންވާ ޝަޓަރިން އާއި ބާ ބެންޑިންގެ މަސައްކަތްތައް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 9,780 އަކަ […]

އަޙްމަދު ވަހީދު
ސްޕެނިޝް ލީގް: ކަޑިޒް ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލީގް: ކަޑިޒް ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލީގުގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ކަޑިޒް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި، އެ ޓީމުން ކަޑިޒްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނެތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިފައި ވަނީ ފުރަތަމަ ހާފުގެ ފަހުކޮޅެވެ. މި ލަނޑު 40 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ކަޑިޒްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އެޑާ މިލިއާޓޯއެވެ. މެޗުގައި […]

އިބްރާހިމް ޚަލީލް
ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި

ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި

މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ. އެ އޮތޯރިޓީން މި އިލްމާސް ކުރެއްވީ އެ ހާދިސާގައި ނިޔާވި މީހުންގެ މައުލޫމާތުކަމަށް ބުނެ، ބައެއް ފަރާތްތަކުން ފޮޓޯ އާއި މައުލޫމާތުތައް ފަތުރަމުންދާތީ އެވެ. މިކަމާއިގުޅިގެން އެންޑީއެމްއޭ އިން ވަނީ މިފަދަ ހިތާމަވެރި ވަގުތެއްގައި އެމީހުންގެ އާއިލާގެ މީހުންގެ އިހްސާސްތަކަ...

މުޙައްމަދު އަފްރާޙް
ކަރަބޯ ކަޕް: އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

ކަރަބޯ ކަޕް: އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

ކަރަބޯ ކަޕް ނުވަތަ އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިން އެސްޓަންވިލާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ އެސްޓަން ވިލާއިންނެވެ. ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިތާ ތިން މިނެޓްގެ […]

އިބްރާހިމް ޚަލީލް
މޮޅަދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

މޮޅަދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ހއ. މޮޅަދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މި ފެރީ ހަޓް ހެދުމުގެ މަސައްކަތުގެ ތެރެއިން ކިއޮސްކަކާއި ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ވަނީ ހަދައިފައެވެ. މިއީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ. ޒޯން 1 ގައ...

އަޙްމަދު ވަހީދު
ފުޓްބޯޅައިގައި ގަދަބާރެއް ކަމުގައިވާ ޖަރުމަނުގެ ވޯލްޑްކަޕް ސްކޮޑް އިޢުލާންކޮށްފި

ފުޓްބޯޅައިގައި ގަދަބާރެއް ކަމުގައިވާ ޖަރުމަނުގެ ވޯލްޑްކަޕް ސްކޮޑް އިޢުލާންކޮށްފި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ، ފުޓްބޯޅައިގެ ގަދަ ބާރު ޖަރުމަނުން މި މަހު ވިހިވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ދާނެ ޓީމް އެކުލަވާލައިފިއެވެ. މިފަހަރު ޖަރުމަނުން އެކުލަވާލި ޓީމުގައި އަނިޔާގެ ސަބަބުން ޑޯޓްމަންޑަށް ކުޅެމުން އަންނަ މާކޯ ރެއުސްއާއި ލެއިޕްޒިގް އަށް ކުޅެމުން އަންނަ ޓީމޯ ވާނާ ހިމަނާފައި ނުވެއެވެ. ނަމަވެސް ޖަރުމަނުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އިރު، ފައިނަލުގައި ލަނޑުޖަހައި […]

އިބްރާހިމް ޚަލީލް
އަންނައަހަރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން: މިނިސްޓަރ

އަންނައަހަރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން: މިނިސްޓަރ

އަންނައަހަރުގެ ދިރާސީ އަހަރު ފެށޭއިރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން ކަމަށް ތައުލީމާއިބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ބަޖެޓު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނެވެ. އެގޮތުން ރާއްޖޭގެ ހުރިހައި ސްކޫލެއް ހިންގުމަށް ދިވެހި ޕްރިންސިޕަލުން ހަމަޖެއްސުމަކީ ރައީސްގެ މުހިއްމު އެއް ސިޔާސަތު ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުގެ މުހިއްމު އެއް ސިޔާސަތަކީ ކޮންމެ ރަށެއްގެ ސްކޫލްގައި ވެސް އެރަށަކަށް ނިސްބ...

މުޙައްމަދު އަފްރާޙް
ރަޝްފޯޑާއި ވިލްސަން އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑަށް، ސަންޗޯއަށް ފުރުޞަތެއްނެތް

ރަޝްފޯޑާއި ވިލްސަން އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑަށް، ސަންޗޯއަށް ފުރުޞަތެއްނެތް

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އިންގްލެންޑުގެ ސްކޮޑުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކޯސް ރަޝްފޯޑާއި ނިއުކާސަލްގެ ފޯވާޑް ވިލްސަންއަށް ހިމަނާފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޖޯޑަން ސަންޗޯއަށް ފުރުޞަތު ގެއްލިއްޖެއެވެ. މީގެ އިތުރުން އޭސީ މިލާނުގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފިކަޔޯ ޓްމޯރީއާއި ބްރެންޓްފޯޑްގެ ފޯވާޑް އިވާން ޓޮނޭގެ އިތުރުން ވެސްޓް ހޭމްގެ ފޯވާޑް ބޮވެންއަށް އިންގްލެންޑްގެ ސްކޮޑުން ޖާގަ ލިބިފައި ނުވެއެވެ. މެންޗ...

އިބްރާހިމް ޚަލީލް
ޕޮލިޓެކްނިކްގެ 9 ކޯހަކުން 35 ދަރިވަރުން ދަސްވެނިވެއްޖެ

ޕޮލިޓެކްނިކްގެ 9 ކޯހަކުން 35 ދަރިވަރުން ދަސްވެނިވެއްޖެ

ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށްޓަކައި 2020 ވަނަ އަހަރު މޯލްޑިވްސް ޕޮލިޓެކްނިކްއިން ފެށި 9 ކޯހަކުން 35 ދަރިވަރުން ދަސްވެނިވެއްޖެ އެވެ. މިއަދު ޕޮލިޓެކްނިކްގައި އޮތް ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ. މިރަސްމިއްޔާތުގައި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ، މިނިސްޓަރ ވިދާޅުވީ މަސައްކަތަށް ނިކުމެ ދާއިރާއިން މަސައްކަތ...

މުޙައްމަދު އަފްރާޙް
މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް

މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ކަރަންކާގެ ކުރިމަތީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ”ރިޕޯޓު ލިބުނީ 21:23 ގައި” އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ގޭގައި ރޯވި އަލިފާން 21:42 ގައި ނިއްވާލެވިފައިވާ ކަމަށެވެ. މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު ރޭ ހިނގި ހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައި...

އަލީ އާދިލް
އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް

ދިވެހި އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފަ އެވެ. އެއް ޖިންސުން ގުޅުން ހިންގި މައްސަލަ އާއި އެ މަންޒަރު ރެކޯޑްކުރި މައްސަލާގައި އަލަމްގީރު މިހާރު ވެސް ދަނީ ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ކްރިމިނަލް ކޯޓުން މިއަދު އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް އިއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ […]

ހުސައިން ހަބީބް
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެއަށް ފަސްކުރައްވައިފި

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެއަށް ފަސްކުރައްވައިފި

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ނިންމާފައިވާ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެއަށް ފަސްކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިއޮތް ރަސްމީ ޖަލްސާ މާދަމާ ރެޔަށް ފަސްކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މި ޖަލްސާ މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާގޮތައް ސަރުކާރުން ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ....

މުޙައްމަދު އަފްރާޙް
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަަކަށް އެހީތެރިވެދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަަކަށް އެހީތެރިވެދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަަކަށް އެހީތެރިވެދިނުމަށް އިދިކޮޅު ޕާޓީ ޕްރިގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާ ގައި ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ސަރުކާރަށް ގޮވާލައި، ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ޙަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުން ގެ އިތުރުން އެހީތެރިވި ޢާންމު ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގ...

މުޙައްމަދު އަފްރާޙް
އެތުލާންޓާ ބަލިވެ، ރޯމާ އެއްވަރުވީއިރު އިންޓައަށް ބޮޑު މޮޅެއް

އެތުލާންޓާ ބަލިވެ، ރޯމާ އެއްވަރުވީއިރު އިންޓައަށް ބޮޑު މޮޅެއް

އިޓާލިއަން ލީގުގައި ރޭ ލެއްޗޭ އަތުން އެތުލާންޓާ ބަލިވެ، ސަސުއޯލޯއާއި ރޯމާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު އިންޓަ މިލާނުން ބޮޑު މޮޅެއް ހޯދައިފިއެވެ. ރޭ ލެއްޗޭގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 ގެ ނަތީޖާއިން އެތުލާންޓާ ބަލިކޮށްފައެވެ. މެޗު ފަށައިގެން ފުރަތަމަ ފަސްމިނެޓް ތެރޭ ލީޑުނަގާނެ ރަނގަޅު ފުރުޞަތެއް ވަނީ އެތުލާންޓާގެ ފޯވާޑް ޒަޕާޓާއަށް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ލެއްޗޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް […]

އިބްރާހިމް ޚަލީލް
މަހްލޫފްގެ މައްސަލަ ބަލާ ގާޒީ ބަދަލުވެ، އަޑުއެހުން ކެންސަލް

މަހްލޫފްގެ މައްސަލަ ބަލާ ގާޒީ ބަދަލުވެ، އަޑުއެހުން ކެންސަލް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ މައްސަލަ ބަލާ ގާޒީ ބަދަލުވެ އަދި މައްސަލާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ނެގި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރާ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިން ބެއްލެވީ ގާޒީ މުހައްމަދު މިސްބާހެވެ. އޭނާ ކުރިން ނިންމެވީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ފަހުން ހައި ކޯޓުން ނިންމާފައިވަނީ […]

ހުސައިން ހަބީބް
އަލިފާނުގެ ހާދިސާފަދަ ކަންކަން ހިނގުމަށް ދިމާވާ އެންމެބޮޑު މައްސަލައަކީ މާލެ ތޮށްޖެހުން: ރައީސް

އަލިފާނުގެ ހާދިސާފަދަ ކަންކަން ހިނގުމަށް ދިމާވާ އެންމެބޮޑު މައްސަލައަކީ މާލެ ތޮށްޖެހުން: ރައީސް

އަލިފާނުގެ ހާދިސާފަދަ ކަންކަން ހިނގުމުގައި އެންމެބޮޑު މައްސަލައަކީ މާލެ ތޮށްޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ސަރަަހައްދަށް ވަޑައިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށެވެ. އެންމެބޮޑު މައްސަލައަކީ މާލޭގައި ތޮށްޖެހިފަ އޮތް އޮތުން ކަމަށާއި ދިރުއުޅުމުގެ ހާލަތު އޮތްގޮތްކަން ފާހަގަކު...

މުޙައްމަދު އަފްރާޙް
މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިއްޖެ

މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިއްޖެ

މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިއްޖެ އެވެ. ދިވެހި ފުލުހުންގެ އިދާރާ އިން ވިދާޅުވީ ރޭ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް އިދާރާ އިން ކުރަމުން އަންނަކަމަށެވެ. އެހެންވެ، މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އެ […]

މުޙައްމަދު އަފްރާޙް
ޗެމްޕިއަން ފްރާންސް، މޮޅެތި ކުޅުންތެރިން ހިމެނޭ ވޯލްޑް ކަޕް ސްކޮޑް އިޢުލާންކޮށްފި

ޗެމްޕިއަން ފްރާންސް، މޮޅެތި ކުޅުންތެރިން ހިމެނޭ ވޯލްޑް ކަޕް ސްކޮޑް އިޢުލާންކޮށްފި

މި މަހުގެ ވިހިވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސްގެ ފައިނަލް ސްކޮޑް އިޢުލާން ކޮށްފައިވާއިރު، އެ ޓީމުގައި މުޅިންހެން ހިމެނެނީ ޔޫރަޕުގެ ބޮޑެތި ޓީމްތަކަށް ކުޅެމުން އަންނަ ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ. މޮޅެތި ގިނަ ކުޅުންތެރިނަތަކެއް ހިމެނޭ ފްރާންސް މިފަހަރު ވޯލްޑް ކަޕް ތަށި ދިފާއުކުރަން ނުކުންނައިރު ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި މިއީ އެ ޓީމަށް ކުރެވިދާނެ ކަމެކެވެ. ވޯލްޑްކަޕް ތަށި ޖެހިޖެހިގެން އެންމެ ފަހުން ކާމިޔާބު ކޮށްފައި ވަނީ 1962 […]

އިބްރާހިމް ޚަލީލް